Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ޑޮނަލްޑް ޓްރަމްޕް

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވަނީ މެކްރޮންގެ ބާރާއި ނުފޫޒާމެދު ސުވާލު އުފައްދަވައި، އޭނާގެ ރިޔާސީ ދައުރު ނިމޭތީ އޭނާ އާ އެކު މަސައްކަތް ކުރަން އެއްވެސް މީހަކު ބޭނުންނުވާނެ ކަމަށް ވިދާޅުވެފައި.

ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 13:17
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އދ.ގެ 80 ވަނަ އދ.ގެ އާންމު މަޖިލީހުގައި، ނިއުޔޯކް ސިޓީ ގައި ބައްދަލުކުރައްވަނީ - ސެޕްޓެމްބަރ 23، 2025.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އދ.ގެ 80 ވަނަ އދ.ގެ އާންމު މަޖިލީހުގައި، ނިއުޔޯކް ސިޓީ ގައި ބައްދަލުކުރައްވަނީ - ސެޕްޓެމްބަރ 23، 2025. | ރޮއިޓަސް

ފްރާންސް ގެ ރައީސް އެމަނުއެލް މެކްރޮން އާއެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި އެއީ ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ އަތީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޣައްޒާ ގެ ސުލްހައިގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އިއުތިރާޒު ކުރެއްވި ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން، ފްރާންސުން އެތެރެކުރާ ވައިން އާއި ޝެމްޕޭނުން %200 ގެ ޓެރިފް (އިމްޕޯޓް ޑިއުޓީ) އެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

މިއާމީގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޓްރަމްޕް ވަނީ މެކްރޮންގެ ނުފޫޒާ މެދު ސުވާލު އުފައްދަވައި، ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުންކުރައްވާނީ އޭނާ އަށް ފިއްތުންތައް ކުރިމަތިކުރުވާ ބާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

"އޭނާ (މެކްރޮން) އާ އެކު މަސައްކަތްކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވޭ، ސަބަބަކީ ވަރަށް އަވަހަށް އޭނާގެ ރިޔާސީ ދައުރު ހަމަވާނެ،" ޓްރަމްޕް ވިދާޅުވިއެވެ. "އެހެންވީމާ އެއީ މައްސަލައެއް ނޫން. އެމީހުން އަހަރެމެންނާ ދެކޮޅުވެރިވާނަމަ، އަހަރެމެން އެ ގައުމުގެ ވައިން އާއި ޝެމްޕޭނުން 200% ގެ ޓެރިފް ނަގާނަން. އޭރުން އޭނާ ބޯޑުގައި ބައިވެރިވާނެ. އެކަމަކު އޭނާ ބައިވެރިވުން މަޖުބޫރެއް ނޫން."

މެކްރޮންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ހަމަވާނީ 2027 ވަނަ އަހަރުގެ މެއި މަހުއެވެ. ފްރާންސްގެ ގާނޫނު ބުނާގޮތުން ތިންވަނަ ދައުރަކަށް އޭނާ އަށް ކުރިމައްޗެއް ނުލެއްވޭނެ އެވެ.

"ބޯޑް އޮފް ޕީސް" އަކީ އިޒްރޭލާއި ހަމާސްއާ ދެމެދު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްގެން އުފައްދާފައިވާ ބައިނަލްއަގުވާމީ އިދާރާއެކެވެ. މި ބޯޑުގައި ބައިވެރިވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނޭހެން ދުނިޔޭގެ އެކި ލީޑަރުންނަށް ވަނީ ދައުވަތު އަރުވާފަ އެވެ.

މީގެ އިތުރުން، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ގެންގުޅުއްވާ ރޭވުންތައް ޓްރަމްޕް ވަނީ އަލުން ތަކުރާރު ކުރައްވާފައެވެ. އަދި ވިލާތުގެ ގައުމުތަކުން މިކަމާ މާބޮޑަށް ދެކޮޅު ހަދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. "އަހަރެމެން އެތަން (ގްރީންލޭންޑް) ހޯދަން އެބަޖެހޭ. އެމީހުންނަކަށް އެތަން ރައްކާތެރިއެއް ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ގްރީންލޭންޑް ޑެންމާކުގެ މިލްކެއްގެ ގޮތުގައި އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޑެންމާކުގެ ލީޑަރުންނަކީ "ވަރަށް ރަނގަޅު ބައެއް" ކަމަށެވެ. ނަމަވެސް އެތައް ސަތޭކަ އަހަރެއްގެ ތާރީޚެއް ގްރީންލޭންޑާއި ޑެންމާކާ ގުޅޭ ގޮތުން އޮތުމަކީ އެތަނުގެ މިލްކުވެރިކަން ލިބޭނެ ސަބަބެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މީގެ 500 އަހަރު ކުރިން އެތަނަށް ބޯޓެއް ގޮސްފައި އަނބުރާ އައުމަކީ އެ ބިމުގެ މިލްކުވެރިކަން ލިބޭނެ ކަމެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް ޓްރަމްޕް އެ އިޝާރާތް ކުރެއްވީ ކޮން "ބޯޓަކަށް" ކަމެއް ސާފެއް ނުވެއެވެ.

ޑެންމާކުން ގްރީންލޭންޑުގައި އިސްތިއުމާރީ ބާރު ހިންގަން ފެށީ 1721 ވަނަ އަހަރުއެވެ. އަދި 1953 ވަނަ އަހަރު އެއީ ޑެންމާކުގެ ބައެއްގެ ގޮތުގައި ހަމަޖެހުނެވެ. 2009 ވަނަ އަހަރު ޑެންމާކުން ވަނީ ގްރީންލޭންޑަށް އަމިއްލަ ވެރިކަމުގެ ބާރުތައް ދީފައެވެ. ނަމަވެސް ޚާރިޖީ ސިޔާސަތާއި ދިފާއީ ކަންކަން އަދިވެސް ބަލަހައްޓަނީ ޑެންމާކުންނެވެ.

ނިމިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވަނީ، ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބޭނުންވިޔަސް ނުވިޔަސް، "ދުނިޔޭގެ ސަލާމަތަށްޓަކައި" ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ. އަދި ހޮނިހިރު ދުވަހު އޭނާ ވަނީ، ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ދަންދެން، އިނގިރޭސިވިލާތް ހިމެނޭހެން ވިލާތުގެ އަށް ގައުމަކުން އެތެރެކުރާ މުދަލުން 25% ގެ ޓެރިފް ނަގާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ގްރީންލޭންޑް ހޯދުމަށް އަސްކަރީ ބާރުގެ ބޭނުންކުރުމަކީ ވެސް ޓްރަމްޕް ދުރުކަމެއްގެ ގޮތުގައި ނުދެކެއެވެ. ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، ޓްރަމްޕް އެންމެ ބޮޑަށް ބޭނުންފުޅުވަނީ އެ ރަށް ގަތުމަށެވެ.

ޓްރަމްޕްގެ މި އިންޒާރުތަކާ ގުޅިގެން، ވިލާތުގެ ގައުމުތަކުން މިހާރު ދަނީ އެމެރިކާއާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅުތައް އެޅުމަށާއި، ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ މުދަލުން ޓެރިފް ނެގުމާ މެދު މަޝްވަރާ ކުރަމުންނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެނުއެލް މެކްރޮންގްރީންލޭންޑްބޯޑް އޮފް ޕީސްޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

20 ޖެނުއަރީ 2026
ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

20 ޖެނުއަރީ 2026
ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު