Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-ޣައްޒާ

ޣައްޒާ އަށް އިޒްރޭލުން ހަމަލާ ދީ ތިން ނޫސްވެރިން ހިމެނޭހެން 11 ފަލަސްތީީނު މީހުން ޝަހީދުކޮށްލައިފި

ތިން ނޫސްވެރިން ޝަހީދު ކޮށްލީ ޣައްޒާގެ މެދުތެރޭގެ ނެޓްޒަރިމް ކޮރިޑޯ ކައިރީގައި ހިނގަމުންދިޔަ ކަންކަން ރިޕޯޓް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 18:40
ޣައްޒާ އަށް އިޒްރޭލުން ހަމަލާދީ ޝަހީދު ކޮށްލި ތިން ނޫސްވެރިން

ޣައްޒާ އަށް އިޒްރޭލުން ހަމަލާދީ ޝަހީދު ކޮށްލި ތިން ނޫސްވެރިން | އަލް ޖަޒީރާ

ބުދަ ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި، ދެ ކުޑަކުދިންނާއި ތިން ނޫސްވެރިން ހިމެނޭހެން މަދުވެގެން 11 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފި އެވެ. މި ހަމަލާތަކުގައި އިތުރު ހަ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލްބުރުޝް އަލްޖަޒީރާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބުދަ ދުވަހު އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި ތިން ފޮޓޯގްރަފަރުންނަކީ މިސުރުން ގައްޒާއަށް ފޮނުވާ އެހީގެ މަސައްކަތްތައް ބަލަހައްޓާ "އީޖިޕްޝަން ކޮމިޓީ ފޯ ޣައްޒާ ރިލީފް" ގައި މަސައްކަތް ކުރަމުންދިޔަ ބައެއް ކަމަށެވެ.

އަލްޖަޒީރާ އަށް މައުލޫމާތު ދިން މެޑިކަލް އޮފިޝަލުންނާއި އެ މީހުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނި ގޮތުގައި، ތިން ނޫސްވެރިން ޝަހީދު ކޮށްލީ ޣައްޒާގެ މެދުތެރޭގެ ނެޓްޒަރިމް ކޮރިޑޯ ކައިރީގައި ހިނގަމުންދިޔަ ކަންކަން ރިޕޯޓް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، އެ މީހުން ދަތުރުކުރި އުޅަނދަށް އިޒްރޭލުން ދިން ހަމަލާއެއްގަ އެވެ. މި ހަމަލާގައި ހަތަރުވަނަ މީހަކު ވެސް ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާގެ ޓީމުން ރިޕޯޓްކޮށްފައިވެ އެވެ.

އިންޓަނެޓްގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަލާ ދީފައިވާ އުޅަނދު އޮތީ މަގުގެ އެއްފަރާތުގައި އެއްކޮށް އަނދާ އަޅިއަށް ވެފައެވެ.

އެ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު މަންސޫރު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ބުނި ގޮތުގައި، އެ ނޫސްވެރިން މަސައްކަތް ކުރަމުން ދިޔައީ އަލަށް ހެދި ވަގުތީ ހިޔާވަހިކަމެއްގެ މަންޒަރުތައް ނެގުމަށެވެ. އަދި މި ހަމަލާ ދީފައި ވަނީ އިޒްރޭލުގެ ކޮންޓްރޯލް އޮންނަ ސަރަހައްދާ ފަސް ކިލޯމީޓަރު ދުރުން ކަމަށާއި، އެ އުޅަނދަކީ މިސުރުގެ ކޮމިޓީއަށް ނިސްބަތްވާ އުޅަނދެއްކަން އިޒްރޭލުގެ އަސްކަރިއްޔާ އަށް އެނގޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް، އިޒްރޭލުގެ އަސްކަރީ ރޭޑިއޯއިން ސަލާމަތީ މަސްދަރަކާ ހަވާލާދީ ބުނެފައި ވަނީ، ޣައްޒާގެ މެދުތެރޭގައި އުޅަނދަކަށް ހަމަލާދިނީ އޭގައި ތިބި މީހުން ޑްރޯން ބޭނުންކޮށްގެން އިޒްރޭލު ސިފައިންގެ މައުލޫމާތު އެއްކުރަމުން ދިޔުމުން ކަމަށެވެ.

އެއް އާއިލާއަކުން ތިން މީހުން ޝަހީދުވުން

ގައްޒާގެ މެދުތެރޭގެ ދީރުލް ބަލާހްގެ އިރުމަތީ ސަރަހައްދަށް ދިން އެހެން ހަމަލާއެއްގައި، އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ޝަހީދުވެފައިވާ ކަމަށް އަލްއަގްސާ މާޓީއަސް ހޮސްޕިޓަލުން ވަނީ ނޫސްވެރިންނަށް ކަށަވަރުކޮށްދީފަ އެވެ. މީގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ޝަހީދުވީ ބައްޕައަކާއި އޭނާގެ ދަރިފުޅުގެ އިތުރުން އެ އާއިލާގެ އެހެން މީހެކެވެ.

ޣައްޒާގެ ދެކުނުގައި، އިޒްރޭލު ސިފައިން ބަޑިޖަހައި 13 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލާފައިވާ ކަމަށް އަލްޖަޒީރާގެ ޓީމުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭޕީ އިން ހޮސްޕިޓަލުގެ މުވައްޒަފުންނާ ހަވާލާދީ ބުނި ގޮތުގައި، މި ކުއްޖާ ޝަހީދުކޮށްލީ ބަނީ ސުހައިލާގެ އިރުމަތީ އަވަށުން ދަރު ހޮވަން އުޅެނިކޮށެވެ. އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯއަކުން، ހޮސްޕިޓަލުގެ އެނދުމަތީގައި އޮތް އެ ކުއްޖާގެ ހަށިގަނޑު ކައިރީގައި ބައްޕަ ރޮއި ހިތާމަ ކުރާ މަންޒަރު ފެނެ އެވެ.

މީގެ އިތުރުން، ޣައްޒާގެ ދެކުނުން ޚާން ޔޫނިސް ސަރަހައްދަށް ދިން ހަމަލާއެއްގައި 32 އަހަރުގެ އަންހެނަކު ޝަހީދުވެފައިވާ އިރު، އުތުރުގައި ދިން ހަމަލާތަކެއްގައި އިތުރު ދެ މީހަކު ޝަހީދުވެފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިޒްރޭލް-ޣައްޒާޣައްޒާޔޫތު މިނިސްޓްރީމުނީރު އަލްބުރުޝްއީޖިޕްޝަން ކޮމިޓީ ފޯ ޣައްޒާ ރިލީފްނެޓްޒަރިމް ކޮރިޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު