Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދެކުނު އެފްރިކާ

ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި

ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީން އިޒްރޭލުގެ ސަފީރު ބޭރުކޮށްލުމަށް އަމުރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ރައީސް ރާމަފޯސާ އަށް ހުތުރު ބަހުން އެއްޗެހި ކިޔުމާއި، އިޒްރޭލުގެ އިސް އޮފިޝަލުންގެ ޒިޔާރަތްތަކުގެ މައުލޫމާތު ފޮރިން މިނިސްޓްރީއާ ހިއްސާ ނުކުރުމުގެ ތުހުމަތުގައި. މިކަމަށް ރައްދު ދެމުން އިޒްރޭލުން ވެސް ދެކުނު އެފްރިކާގެ އިސް ޑިޕްލޮމެޓް ބޭރުކޮށްލުމަށް އަންގައިފައިވޭ.

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2026 | ހޮނިހިރު 07:43
ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ހުންނަ އިޒްރޭލު އެމްބަސީ ކައިރިއަށް، ފަލަސްތީނުގެ ރައްޔިތުންނާ އެކު ސާބިތުކަން ހާމަކުރުމަށް ގިނަ އަދަދެއްގެ ދެކުނު އެފްރިކާގެ މީހުން އެއްވެ މުޒާހަރާ ކުރަނީ - ނޮވެމްބަރު 02، 2017.

ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ހުންނަ އިޒްރޭލު އެމްބަސީ ކައިރިއަށް، ފަލަސްތީނުގެ ރައްޔިތުންނާ އެކު ސާބިތުކަން ހާމަކުރުމަށް ގިނަ އަދަދެއްގެ ދެކުނު އެފްރިކާގެ މީހުން އެއްވެ މުޒާހަރާ ކުރަނީ - ނޮވެމްބަރު 02، 2017. | ގެޓީ އިމޭޖަސް

ދެކުނު އެފްރިކާގެ ސިޔާދަތަށް ގޮންޖަހައި، ޑިޕްލޮމެޓިކް އުސޫލުތަކާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ ގައުމުގައި ހުންނަވާ އިޒްރޭލުގެ ސަފީރު ބޭރުކޮށްލުމަށް ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީން އަމުރުކޮށްފި އެވެ.

ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަނުން ހުކުރު ދުވަހު ބުނީ، އިޒްރޭލު އެމްބަސީގެ ޝާޒޭ ޑަފެއަރ އެރިއަލް ސައިޑްމަން އަކީ އެ ގައުމަށް ބޭނުންނުވާ މީހެއް ކަމަށް ކަނޑައަޅައި، 72 ގަޑިއިރު ތެރޭގައި ގައުމުން ބޭރުވުމަށް އަންގާފައިވާ ކަމަށެވެ.

ސައިޑްމަން އާ ދެކޮޅަށް ދެކުނު އެފްރިކާ އިން ކުރާ ތުހުމަތުތަކުގެ ތެރޭގައި، ސޯޝަލް މީޑިއާގައި އެ ގައުމުގެ ރައީސް ސިރިލް ރާމަފޯސާ އަށް ވަރަށް ހުތުރު ބަހުން އެއްޗެހިކިޔާ، އިޒްރޭލުގެ އިސް އޮފިޝަލުންތަކެއް އެ ގައުމަށް ކުރި ކަމަށް ބުނާ ޒިޔާރަތްތަކުގެ މައުލޫމާތު ގަސްދުގައި ފޮރިން މިނިސްޓްރީ އާ ހިއްސާ ނުކުރުން ހިމެނެ އެވެ.

އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ އަމަލުތަކަކީ ޑިޕްލޮމެޓިކް އިމްތިޔާޒުތަކުގެ ނާޖާއިޒު ފައިދާ ނެގުމާއި، ވިއެނާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފުވުން ކަމަށެވެ. އަދި މި އަމަލުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި ޑިޕްލޮމެޓިކް އުސޫލުތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އިޒްރޭލުގެ ސަރުކާރުން ފޮނުވާ ޑިޕްލޮމެޓުންނަކީ ދެކުނު އެފްރިކާގެ ޖުމްހޫރިއްޔާ އަށާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް އިހުތިރާމް ކުރާ ބަޔަކަށް ހެދުމަށް ވެސް އެ ގައުމުން ވަނީ ގޮވާލާފަ އެވެ.

ދެކުނު އެފްރިކާގެ މި ނިންމުމާ ގުޅިގެން އިޒްރޭލުގެ ޚާރިޖީ ވުޒާރާ އިން ވަނީ ދެކުނު އެފްރިކާގެ އިސް ޑިޕްލޮމެޓް، ޝޯން އެޑްވާޑް ބައިނަވެލްޑް އަކީ އެ ގައުމަށް "ބޭނުންނުވާ މީހެއް"  ކަމަށް ކަނޑައަޅައި، 72 ގަޑިއިރުގެ ތެރޭގައި ގައުމުން ފޭބުމަށް އަންގާފަ އެވެ.

މީސްމީޑިއާ ގައި އާންމުކުރި ބަޔާނެއްގައި އިޒްރޭލުގެ ވުޒާރާ އިން ބުނީ، ކުރިއަށް އޮތް ތަނުގައި އިތުރު ފިޔަވަޅުތައް އެޅުމާ މެދު ވިސްނާނެ ކަމަށެވެ.

ބައިނަވެލްޑް އަކީ ފަލަސްތީނުގެ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ ދެކުނު އެފްރިކާގެ ސަފީރެވެ. ދެކުނު އެފްރިކާ ސަރުކާރުގެ ވެބްސައިޓުގައިވާ ގޮތުން، އޭނާ މަސައްކަތް ކުރައްވަނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގައި ހުންނަ އޮފީހެއްގަ އެވެ.

ދެކުނު އެފްރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ކްރިސްޕިން ފިރީ ވިދާޅުވީ، އިޒްރޭލުން ކުރިމަތިކުރާ ހުރަސްތަކުގެ ސަބަބުން، ސަފީރުގެ ފަތްކޮޅު ހުށަހަޅަން ޖެހިފައިވަނީ ފަލަސްތީނު ހިސޯރު ކޮށްގެން އުޅޭ އިޒްރޭލު މެދުވެރިކޮށް ކަމަށާއި، މިއީ ޖޯކެއް ފަދަ ދަތި އިންތިޒާމެއް ކަމަށެވެ.

ފިރީ 'އެކްސް'ގައި ލިޔުއްވާފައިވާ ގޮތުގައި، މިއީ ފަލަސްތީނުގެ މިނިވަން ދައުލަތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން އެއްބަސްވެފައިވާ ކަންކަމަށް އިޒްރޭލުން އިހުތިރާމް ކުރުމަށް އިންކާރު ކުރާކަން ހާމަވާ ކަމެކެވެ.

މިކަން މި ހިނގީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ގުޅިގެން ދެކުނު އެފްރިކާ އާއި އިޒްރޭލާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ދެކުނު އެފްރިކާ އިން ވަނީ ބައިނަލްއަގުވާމީ އަދުލުގެ މަޖިލީހަށް (އައި.ސީ.ޖޭ) މައްސަލަ ހުށަހަޅާފަ އެވެ.

އެ ދުވަސްވަރު ދެކުނު އެފްރިކާ އިން ބުނެފައި ވަނީ، އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ރަހުމުކުޑަ ހަމަލާތަކާއި، އެއްވެސް ބެލުމެއް ނެތި ބާރުގެ ބޭނުންކުރުމުގެ ސަބަބުންނާއި، އަދި ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކުރަމުންދާތީ، އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތްދަތި ހާލަތާ މެދު އެ ގައުމުން އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

ދެކުނު އެފްރިކާ-އިޒްރޭލުސިރިލް ރާމަފޯސާޣައްޒާބައިނަލްއަޤްވާމީ ޢަދުލު އިންސާފު ކޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާންގެ މަސްރަހު ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އިން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި

އީރާންގެ މަސްރަހު ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އިން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި

31 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026
"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު