Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވޯލްޑް އިކޮނޮމިކް ފޯރަމް

ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ ހަމާސް އިން ބޭނުން ވަނީ ހަތިޔާރު ބަހައްޓަންތޯ، ނުވަތަ ނޫންތޯ ވަރަށް އަވަހަށް އެމެރިކާ އަށް އިނގޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 07:31
ވޯލްޑް އިކޮނޮމިކް ފޯރަމްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ.

ވޯލްޑް އިކޮނޮމިކް ފޯރަމްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ. | ގެޓީ އިމޭޖަސް

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތަށް ޖެހޭނީ ހަތިޔާރު ބަހައްޓަން ކަމަަށާއި، އެހެން ނޫނީ އެ ޖަމާއަތް ނައްތާލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ ސްވިޒަލެންޑުގެ ޑާވޯސްގައި ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެ ވަޑައިގެން ތަޤުރީރު ކުރައްވަމުންނެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ ހަމާސް އިން ބޭނުން ވަނީ ހަތިޔާރު ބަހައްޓަންތޯ، ނުވަތަ ނޫންތޯ ވަރަށް އަވަހަށް އެމެރިކާ އަށް އިނގޭނެ ކަމަށެވެ. 

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ހަމާސް އިން އެކަން ނުކޮށްފި ނަމަ، އެ ޖަމާއަތް ނައްތާލާނެ ކަމަށެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ހަމާސް އާ ދެކޮޅަށް މިފަދަ އިންޒާރުތައް ދެއްވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ، މެދު އިރުމަތީގެ ސުލްޙަ ޔަޤީން ކުރުމަށްޓަކައި މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާ އިން އީރާން އަށް ދިން ހަމަލާ އަކީ ބޭނުންތެރި ހަމަލާ އެއް ކަމަށެވެ. 

އެމެރިކާ އިން އީރާންގެ ނިއުކްލިއާ މަރުކަޒު ތަކަށް އަމާޒުކޮށް ހަމަލާ ދީފައިވާއިރު، އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އަބަދު ވެސް ޓްރަމްޕް ގެންދަވަނީ ދެއްވަމުންނެވެ. އެއާ އެކު، އެ ތަޤުރީރުގައި ޓްރަމްޕް ވަނީ އީރާން އަކީ މެދު އިރުމަތީގެ "ބުލީ"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. 

ހަމާސް ޖަމާއަތާއި، އީރާންގެ އިތުރުން، ޓްރަމްޕް ވަނީ ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ވާހަކަ ވެސް ދައްކަވައިފަ އެވެ. އެގޮތުން ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމަ ކުރަމުން އަންނަތާ ގާތް ގަނޑަކަށް ހަތަރު އަހަރުވެފައިވާއިރު، ދެ ޤައުމުގެ ރައީސުން ވެސް ބޭނުން ވަނީ ހަނގުރާމަ ނިންމުމަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕްގެ ތަޤުރީރުގައި އޭނާ ވަނީ، އެމެރިކާ އަކީ ދުނިޔޭގެ އިޤްތިސާފދީ އިންޖީނުގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި މުޅި ދުނިޔޭގެ ކުރިއެރުން ބަރޯސާ ވަނީ އެމެރިކާ އަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެމެރިކާ އިން ގްރީންލޭންޑު ހޯދުމުގެ ވާހަކަ ޓްރަމްޕް ވަރަށް ގަދައަށް ދައްކަވަމުން އަންނައިރު، އެކަމުގެ ސަބަބުން ޔޫރަޕުގެ ބައިވެރިންގެ ނުރުހުން އެމެރިކާ އަށް އަމާޒުވެފައިވެ އެވެ. ނަމަވެސް، ޓްރަމްޕްގެ ތަޤުރީރުގައި ވަނީ ޔޫރަޕަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެމެރިކާގެ ކުރިއެރުމުގެ ވާާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ ކުރިއަރާ އިރު، ދުނިޔޭގެ ހުރިހާ ތަނެއް ވެސް ކުރި އަރާނެ ކަމަށެވެ. އަދި އެއީ ތާރީޚު ކަމަަށާއި، އެކަން ފެންނަން އޮތީ އެގޮތުގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ރައީސް ޑޮނަލްޑް ޓްރަމްޕްހަމާސްރަޝިޔާ-ޔޫކްރެއިންވޯލްޑް އިކޮނޮމިކް ފޯރަމްރަޝިޔާ-ޔޫކްރެއިން ހަނގުރާމަޣައްޒާ ހަނގުރާމައެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

21 ޖެނުއަރީ 2026
މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

21 ޖެނުއަރީ 2026
ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

21 ޖެނުއަރީ 2026
މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު