Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ފައުޑިން އެކްޒެކެޓިވް ބޯޑިގައި ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާ ވެސް ހިމެނިވަޑައިގަންނަވާ. ހަމަ އެހެންމެ، ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވެސް މި ބޯޑުގައި ހިމެނުމަށް ޓްރަމްޕް ވަނީ ނިންމަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2026 | ހޮނިހިރު 07:05
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އާއި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ބްލެއާ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އާއި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ބްލެއާ | އޭއެފްޕީ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ފަހު، ޣައްޒާގެ ސުލްހަ އަށް އެމެރިކާ އިން އުފައްދާ "ބޯޑް އޮފް ޕީސް"ގައި ހިމެނޭ މެމްބަރުން އިއުލާން ކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް ނެގުމުގެ މަތިން ވަނީ، ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭނެއް ހުށަހަޅައިފަ އެވެ. އެ ޕްލޭންގައި ވަނީ ޣައްޒާގެ ސުލްހަ އަށް ބޯޑެއް އެކުލަވާލުމަށް ވެސް ކަނޑައަޅައިފަ އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ހުކުރު ދުވަހު ވަނީ އެ ބޯޑު އިއުލާން ކޮށްފަ އެވެ. އެގޮތުން އެ ބޯޑުގެ ފައުޑިން މެމްބަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެމެރިކާގެ ސެކްރެޓަރީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ އެވެ. ބެލްއާ އަކީ ކުރިން ވެސް މި ބޯޑުގައި ހިމެނޭނެ ކަމަށް ރިޕޯޓު ކޮށްފައިވާ ފަރާތެކެވެ. 

ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ފައުޑިން އެކްޒެކެޓިވް ބޯޑިގައި ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރާޑް ކުޝްނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ހަމަ އެހެންމެ، ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވެސް މި ބޯޑުގައި ހިމެނުމަށް ޓްރަމްޕް ވަނީ ނިންމަވައިފަ އެވެ.

ޣައްޒާގެ ބައިނަލްއަޤުވާމީ ސުލްޙަ ބެލެހެއްޓުމުގެ ބޭރުގެ ކޮމާންޑުގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ މޭޖާ ޖެނަރަލް ޖެސްޕާ ޖެފާސް އެވެ. ޖެފާސް އަކީ އެމެރިކާ މެދުވެރިކޮށް ލުބުނާން އާއި އިސްރާއީލްއާ ދެމެދު ފާއިތުވި ހަތް އަހަރު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރުމުގައި އެމެރިކާގެ ފަރާތުން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. 

މި ބޯޑުގައި ސީނިއާ އެޑްވައިޒަރުންގެ ގޮތުގައި އަރިހެލް ލައިޓްސްޓޯމް އާއި، ޖޯޝް ގްރޫންބައުމް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވައިޓް ހައުސް އިން ވަނީ ހާމަ ކޮށްފަ އެވެ. މި ބޯޑު ހުކުރު ދުވަހު އިއުލާން ކުރާނެ ކަމަށް މީގެ ކުރިން ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މި ބޯޑު އުފެއްދުމުގެ މަޤުސަދަކީ ޣައްޒާގައި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމު ކުރުމާއި، އެ ސަރަހައްދުގައި އަމާންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރުމެވެ. އިސްރާއީލް އާއި ހަމާސްއާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގައި ޣައްޒާގެ ބޮޑު އިންސައްތައެއް ހަލާކުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފަ އެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕް އެކުލަވާލެއްވި ބޯޑުގައި އެމެރިކާގެ ސިޔާސީ އިސް ބޭފުޅުންގެ އިތުރުން، ބައިނަލްއަޤުވާމީ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު، މިއީ މެދު އިރުމަތީގެ ސަރަހައްދުގައި ސުލްޙަ ޤާއިމު ކުރުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެއް ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ޣައްޒާޑޮނަލްޑް ޓްރަމްޕްބޯޑް އޮފް ޕީސްއިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާއިޒްރޭލު-ހަމާސްމާކޯ ރޫބިއޯ ޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

07 ޖޫން 2026

ހަމާސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

07 ޖޫން 2026
ހަމާސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
06 ޖޫން 2026

ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"

06 ޖޫން 2026
ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"
03 ޖޫން 2026

ޣައްޒާގައި ޚިދުމަތްކުރި ސާޖަން ހަމާވީ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކޮށްފި

03 ޖޫން 2026
ޣައްޒާގައި ޚިދުމަތްކުރި ސާޖަން ހަމާވީ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކޮށްފި
02 ޖޫން 2026

ޓްރަމްޕް: އިޒްރޭލާއި ހިޒްބުﷲ ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ

02 ޖޫން 2026
ޓްރަމްޕް: އިޒްރޭލާއި ހިޒްބުﷲ ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ
29 މެއި 2026

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި

29 މެއި 2026
ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު