Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ސުލްޙައިގެ ބޯޑުގެ ދަށުން އުފައްދާފައިވާ ޣައްޒާގެ އެގްޒެކެޓިވް ބޯޓުގެ މެމްބަރުންގެ ލިސްޓު އިއުލާން ކުރުމުގައި އިސްރާއީލްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް. އަދި އެކަމަކީ އިސްރާއީލްގެ ސިޔާސަތާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2026 | އާދީއްތަ 06:26
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓަސް

ޣައްޒާގެ ހަނގުރާމަ އަށް ފަހު، ޣައްޒާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި އެވެ. 

ޣައްޒާގެ ގަވަނިން ބޮޑީ އިން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މިޞްރުގެ ވެރި ރަށް ކައިރޯގައި ރަސްމީކޮށް މަސައްކަތް ފަށައިފަ އެވެ. 

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ސުލްޙައިގެ ބޯޑުގެ ދަށުން އުފައްދާފައިވާ ޣައްޒާގެ އެގްޒެކެޓިވް ބޯޓުގެ މެމްބަރުންގެ ލިސްޓު އިއުލާން ކުރުމުގައި އިސްރާއީލްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަމަކީ އިސްރާއީލްގެ ސިޔާސަތާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. 

ޣައްޒާ ގަވަނިން ކޮމެޓީގައި ޖުމުލަ 15 މެމްބަރުން ހިމެނެ އެވެ. އެ ކޮމެޓީގެ ލީޑަރަކީ ފަލަސްޠީނު އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް އަލީ ޝާތު އެވެ. އިސްރާއީލްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ މައްސަލައިގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް، އިސްރާއީލްގެ ފޮރިން މިނިސްޓަރަށް ބޮޑު ވަޒީރު އަންގަވާފައިވާ ކަމަށެވެ. 

ޣައްޒާ ހަނގުރާމަ ކުރިއަށް ދާތާ އެއްތައް ދުވަހެއް ވެފައިވާއިރު، ހަނގުރާމަ އަށް ފަހު ޣައްޒާ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މި ކޮމެޓީ އުފައްދާފައި ވަނީ ބައިނަލްއަޤުވާމީ މަސައްކަތް ތަކެއްގެ ދަށުންނެވެ. އެ ކޮމެޓީގެ މަސައްކަތަކީ ޣައްޒާގައި އިދާރީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އާބާދީ އަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެމެހެއްޓުމެވެ. 

އިސްރާއީލް އިން މި ކޮމެޓީއާ ދެކޮޅު ހަދާފައިވާއިރު، ޣައްޒާގައި ސުލްޙަ ޤާއިމު ކުރުމާއި، ހަނގުރާމަ އަށް ފަހު އެ ސަރަހައްދު އަލުން އަރާސްތު ކުރުމުގެ މަސައްކަތް ތަކަށް ހުރަސް ތަކެއް ކުރިމަތި ވެދާނެ ކަމުގެ ކަންބޮޑުވުން މިހާރު ވަނީ ބޮޑުވެފަ އެވެ. ބައިނަލްއަޤުވާމީ މުޖުތަމައުން ޣައްޒާގައި ސުލްޙަ ޤާއިމު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނައިރު، އިސްރާއީލް އާއި ފަލަސްޠީނުގެ ފަރާތްތަކާ ދެމެދު އެއްބަސްވުމެއް ނެތުމަކީ އެންމެ ބޮޑު ގޮން ޖެހުމެވެ. 

މި ކޮމެޓީ އުފެއްދުމުގައި ފަލަސްޠީނު އޮތޯރިޓީގެ ބައިވެރިވުމާއި، ބައިނަލްއަޤުވާމީ ފަރާތް ތަކުގެ އެއްބާރުލުން ލިބިފައިވާއިރު، އިސްރާއީލް އިން މިކަމާ ދެކޮޅު ހެދުމުން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އިތުރު ހުރަސް ތަކެއް ކުރިމަތި ވާނެ ކަމަށް ބެލެވިފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

ޣައްޒާބެންޖަމިން ނަތަންޔާހޫއަލީ ޝާތުމާކޯ ރޫބިއޯ ފަލަސްތީނު އޮތޯރިޓީޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2026

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

17 ޖެނުއަރީ 2026
ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި
16 ޖެނުއަރީ 2026

ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
15 ޖެނުއަރީ 2026

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ

15 ޖެނުއަރީ 2026
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު މާސްކް ކުންފުނިން އަލުން ސުއޭޒް ކެނަލް އާއި ރަތް ކަނޑުން ދަތުރުތައް ފަށަނީ
14 ޖެނުއަރީ 2026

75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި

14 ޖެނުއަރީ 2026
75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި
14 ޖެނުއަރީ 2026

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

14 ޖެނުއަރީ 2026
ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު