Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް-އެމެރިކާ

ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދަނިކޮށް އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި

އެމެރިކާގެ ބޭރުގެ އެހީ އެންމެ ގިނައިން ލިބޭ ގައުމުގެ ގޮތުގައި އޮވެ، އިޒްރޭލުން ދަނީ އެ ފައިސާ ބޭނުންކޮށްގެން މެދުއިރުމަތީގެ ސަރަހައްދުގައި އުދުވާނީ ހަނގުރާމަތައް ހިންގަމުން.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 09:08
ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިމުގައި ގާއިމު ކޮށްފައިވާ ނެވަޓިމް އެއާ ބޭސްގައި އެފް-35 ފަޔަރ ޖެޓެއް - ޖެނުއަރީ 18، 2026.

ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިމުގައި ގާއިމު ކޮށްފައިވާ ނެވަޓިމް އެއާ ބޭސްގައި އެފް-35 ފަޔަރ ޖެޓެއް - ޖެނުއަރީ 18، 2026. | ޕްރެސްޓީވީ

ޣައްޒާ ގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުން ދިޔަ ނަމަވެސް، އެމެރިކާ އިން އިތުރު އެފް-35 މަތިންދާބޯޓުތަކެއް އިޒްރޭލަށް ފޯރުކޮށްދީފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ އިން ވަނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ އެފް-35 މަތިންދާބޯޓުގެ އާ ޝިޕްމަންޓެއް އެ ގައުމަށް ފޯރުކޮށްދީފަ އެވެ. މިއާއެކު އިޒްރޭލަށް ލިބިފައިވާ މިފަދަ ފަސްވަނަ ޖީލުގެ ހަނގުރާމަމަތީ އުޅަނދުތަކުގެ އަދަދު ވަނީ 48 އަށް އަރާފަ އެވެ. މި އެހީ ފޯރުކޮށްދީފައި މިވަނީ ޣައްޒާ ގައި ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގަ އެވެ.

މި ފަހަރު ފޮނުވި ބޯޓުތަކަކީ 50 އެފް-35 ބޯޓު ގަތުމަށް އިޒްރޭލާ އެކު އެމެރިކާ އިން ކުރިން ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިން ބޯޓުތަކެކެވެ. މީގެ އިތުރުން 2024 ވަނަ އަހަރު އިތުރު 25 ބޯޓަށް އޯޑަރު ދީފައިވާއިރު، އެ ބޯޓުތައް 2028 ވަނަ އަހަރުން ފެށިގެން ލިބެން ފަށާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ އިން އިޒްރޭލަށް ދޭ އަސްކަރީ އެހީ އަކީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ހަމަޖެހިފައިވާ ކަމެކެވެ. މީގެ ދަށުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރު އަސްކަރީ އެހީގެ ގޮތުގައި ފޯރުކޮށްދެ އެވެ. މި ފައިސާ ބޭނުންކޮށްގެން އިޒްރޭލަށް އެމެރިކާގައި އުފައްދާ އަސްކަރީ އާލާތްތަކާއި ހަތިޔާރު ގަތުމުގެ ފުރުސަތު ލިބެ އެވެ. 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެމެރިކާގެ ކޮންގްރެސްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އިޒްރޭލަށް ވިއްކުމަށް ހުއްދަ ދީފައިވާ ހަތިޔާރާއި އަސްކަރީ އެހީގެ ޕެކޭޖުތަކުގެ އަގު ދިހަވަރަކަށް ބިލިއަން ޑޮލަރަށް އަރަ އެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރުން ވެސް ދަނީ މި ސިޔާސަތު ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންނެވެ. އެގޮތުން 2025 ވަނަ އަހަރު، އެންމެ ފަހުގެ ހަމަލާދޭ ހެލިކޮޕްޓަރުތަކާއި ހަނގުރާމަމަތީ އުޅަނދުތައް ހިމެނޭހެން ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ކޮންގްރެސް އަށް ވަނީ ހުށަހަޅާފަ އެވެ.

އެމެރިކާގެ ބޭރުގެ އެހީ އެންމެ ގިނައިން ލިބޭ ގައުމުގެ ގޮތުގައި އޮވެ، އިޒްރޭލުން ދަނީ އެ ފައިސާ ބޭނުންކޮށްގެން މެދުއިރުމަތީގެ ސަރަހައްދުގައި އުދުވާނީ ހަނގުރާމަތައް ހިންގަމުންނެވެ. އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާގެ ބޮޑު އެހީތެރިކަމަކާއެކު އިޒްރޭލުން ޣައްޒާ ގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 71,500 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 171,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

އެމެރިކާގެ އިސްނެގުމާއެކު 2025 އޮކްޓޯބަރު 10 ގައި ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، އިޒްރޭލުގެ އުދުވާންތައް ވަގުތުން ހުއްޓާލުމާއި، އަސީރުން ބަދަލުކުރުމާއި، ޣައްޒާ އިން ސިފައިން ބޭލުމުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމާއި ރަފަހް ބޯޑަރު ހުޅުވުމެވެ. ނަމަވެސް، އިޒްރޭލުން ވަނީ މި ހުރިހާ ޝަރުތުތަކަކާ ވެސް މިހާތަނަށް ޚިލާފުވެފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، އިޒްރޭލުން ހިންގާ މި ނުރައްކާތެރި ޖަރީމާތަކުގައި އެމެރިކާ ސަރުކާރުގެ ބައިވެރިވުން ވަރަށް ބޮޑެވެ. އަދި ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންގެ ލޭ އޮހޮރުވުމުގެ ޒިންމާ އެމެރިކާ އިން އުފުލަންޖެހޭނެ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޣައްޒާއެމެރިކާއެފް-35ފަލަސްތީނުއިޒްރޭލް-އެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

18 ޖެނުއަރީ 2026
ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި

ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި

18 ޖެނުއަރީ 2026
ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

18 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

17 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު