Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

26 ޖެނުއަރީ 2026 | ހޯމަ 04:04

ދެ ޓީމަށް އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށް ރައީސް މުޢިއްޒު ނިންމަވާފައި މި ވަނީ، ދެ ޓީމުން ވެސް ފުޓުބޯޅަ އަދި ފުޓްސަލްގެ ކާމިޔާބެއް ހާސިލު ކޮށްފައި ވަނިކޮށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2026 | ހޯމަ 04:04
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާ ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމުގެ ތެރެއިން

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާ ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމުގެ ތެރެއިން | ރައީސް އޮފީސް

ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓުބޯޅަ ޓީމާއި، ފުޓްސަލް ޓީމަށް އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިޔުއެއްގައި މިކަން އިއުލާން ކުރެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) އެވެ. އެގޮތުން ޤައުމީ ފުޓުބޯޅަ ޓީމާއި، ފުޓްސަލް ޓީމުގެ ހުރިހާ ކުޅުންތެރިން އަދި އޮފިޝަލުންނަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދެއްވުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

ދެ ޓީމަށް އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށް ރައީސް މުޢިއްޒު ނިންމަވާފައި މި ވަނީ، ދެ ޓީމުން ވެސް ފުޓުބޯޅަ އަދި ފުޓްސަލްގެ ކާމިޔާބެއް ހާސިލު ކޮށްފައި ވަނިކޮށެވެ. އެގޮތުން ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ މިދިޔަ އަހަރު ސްރީ ލަންކާގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. 

އޭގެ ފަހުން މި މަހު ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަ ކުރަމުން އަންނަ ރާއްޖޭގެ ފުޓްސަލް ޓީމުން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މިއީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، ރާއްޖެ އަކީ މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނެވެ. އަދި މިއީ ފުޓްސަލްގެ ބައިނަލްއަޤުވާމީ ތައްޓެއް ރާއްޖެ އަށް ލިބުނު ފުރަތަމަ ފަހަރެވެ. 

ޤައުމީ ފުޓުބޯޅަ ޓީމާއި، ފުޓްސަލް ޓީމަށް އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށް ރައީސް ނިންމެވިއިރު، މިއީ ޤައުމީ ފުޓުބޯޅަ ޓީމާ ރައީސް ބައްދަލު ކުރެއްވި ދުވަހު ނިންމަވާފައިވާ ނިންމުމެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. ސައުތު އޭޝިއަން ސުޕަރ ކަޕް ކާމިޔާބު ކުރި ރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމާ ރައީސް ބައްދަލު ކުރެއްވީ 2025 ވަަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ޤައުމީ ފުޓްސަލް ޓީމުދިވެހި ގައުމީ ފުޓުބޯޅަ ޓީމުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2026

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

25 ޖެނުއަރީ 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި
25 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

25 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި
25 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް

25 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް
25 ޖެނުއަރީ 2026

އައު ސްޓޭޑިއަމް އެއް އެޅުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނިކޮށް، ގްރާންޓެއް ނުލިބިގެން ދަނޑު އެޅުމުގެ މަސައްކަތް ނުކުރެވި އޮތް ކަމަށް ވަޒީރު ވިދާޅުވެއްޖެ

25 ޖެނުއަރީ 2026
އައު ސްޓޭޑިއަމް އެއް އެޅުމަށް 25 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނިކޮށް، ގްރާންޓެއް ނުލިބިގެން ދަނޑު އެޅުމުގެ މަސައްކަތް ނުކުރެވި އޮތް ކަމަށް ވަޒީރު ވިދާޅުވެއްޖެ
24 ޖެނުއަރީ 2026

ފަހަތުން އަރައި މޮޅުވެ، ފުޓްސަލްގެ ފުރަތަމަ ތައްޓާ އެކު ރާއްޖެ ތާރީޚުގެ ތެރެއަށް

24 ޖެނުއަރީ 2026
ފަހަތުން އަރައި މޮޅުވެ، ފުޓްސަލްގެ ފުރަތަމަ ތައްޓާ އެކު ރާއްޖެ ތާރީޚުގެ ތެރެއަށް
24 ޖެނުއަރީ 2026

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

24 ޖެނުއަރީ 2026
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް
24 ޖެނުއަރީ 2026

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

24 ޖެނުއަރީ 2026
2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް
24 ޖެނުއަރީ 2026

ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

24 ޖެނުއަރީ 2026
ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް
22 ޖެނުއަރީ 2026

ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް

22 ޖެނުއަރީ 2026
ހަތަރު ވަނަ މެޗުގައި ނޭޕާލް ބަލިކޮށް، ރާއްޖެ އިން ތައްޓާ ގާތަށް
21 ޖެނުއަރީ 2026

ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް

21 ޖެނުއަރީ 2026
ތިން ވަނަ މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެ ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް