Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް

17 ޖެނުއަރީ 2026 | ހޮނިހިރު 04:15

މޮޅާއެކު، މާޒިޔާ އިން ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 43 ޕޮއިންޓާ އެކު. މިފަހަރުގެ ލީގުގައި މާޒިޔާ ވަނީ ކުޅުނު 14 މެޗުން މޮޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2026 | ހޮނިހިރު 04:15
މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ސަމޫހު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ސަމޫހު އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި މާޒިޔާ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ، މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް މާޒިޔާ އިން ވަނީ ރަނގަޅަށް ކުޅެ، ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް، އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި މާާޒިޔާ އިން ލީޑު ޖެހީ ސަމޫހު އަލީ ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި އަޙުމަދު އައިހަމް ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ.

މޮޅާއެކު، މާޒިޔާ އިން ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 43 ޕޮއިންޓާ އެކު އެވެ. މިފަހަރުގެ ލީގުގައި މާޒިޔާ ވަނީ ކުޅުނު 14 މެޗުން މޮޅުވެފަ އެވެ. އެއް މެޗުން އެ ޓީމު އެއްވަރުވެފައިވާއިރު، މާޒިޔާ އިން މި ވަނީ ލީގު ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. 

އެގޮތުން ލީގުގައި އޮޑި ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާ ކުޅޭ މެޗުން އޮޑި މޮޅު ނުވެއްޖެ ނަމަ، މާޒިޔާ އަށް ލީގު ކަށަވަރު ވާނެ އެވެ. އެ މެޗުން އޮޑި މޮޅުވެއްޖެ ނަމަ، ލީގުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންކުލަބު އީގަލްސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
13 ޖެނުއަރީ 2026

ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި

13 ޖެނުއަރީ 2026
ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި
12 ޖެނުއަރީ 2026

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި
12 ޖެނުއަރީ 2026

ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

12 ޖެނުއަރީ 2026
ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް
11 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި

11 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި
11 ޖެނުއަރީ 2026

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
07 ޖެނުއަރީ 2026

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

07 ޖެނުއަރީ 2026
ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ
06 ޖެނުއަރީ 2026

ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި

06 ޖެނުއަރީ 2026
ގްރީން ބަލިކޮށް، ބުރު ހަތަރު ވަނައިގައި
05 ޖެނުއަރީ 2026

ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި

05 ޖެނުއަރީ 2026
ޔޫވީ ބަލިކޮށް، މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި
28 ޑިސެމްބަރު 2025

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

28 ޑިސެމްބަރު 2025
ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް