Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ފަހު ވަގުތު ވެލެންސިއާ ބަލިކޮށް، އޮޑި ދެ ވަނައިގައި

މޮޅާއެކު ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި އޮޑި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 35 ޕޮއިންޓާ އެކު. އޮޑި އަތުން ބަލިވި ވެލެންސިއާ މިހާތަނަށް 15 މެޗު ކުޅެފައިވާއިރު، އެ ޓީމަށް ލިބެނީ އަށް ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 04:00
މެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑީގެ އަޔަ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އޮޑީގެ އަޔަ އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާއާ ދެކޮޅަަށް ކުޅުނު މެޗުން މޮޅުވެ، އޮޑި ސްޕޯޓްސް ކުލަބުން ދެ ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އޮޑި އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އޮޑި އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވެލެންސިއާ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން އޮޑި ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އޮޑި އަށް ލީޑު ނަގައިދިނީ އަޔާޒު އަޙުމަދު އެވެ. މިއީ މި ފަހަރު އޮޑި އަށް ބަދަލުވި ފަހުން އަޔާޒް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެެވެ. އެ ލަނޑާ އެކު، އޮޑިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެލެންސިއާ އިން ވަނީ ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަހުތު ހަމަވާން ނުވަ މިނެޓަށް ވެފައި ވަނިކޮށް ވެލެންސިއާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އައިދު މުޙައްމަދު ޖަވީޒް އެވެ. 

މެޗު އެއްވަރު ވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ފަހު ވަގުތު އޮޑިން ވަނީ ލަނޑު ޖަހައި މެޗުން މޮޅުވެފަ އެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ވެސް ފަސް ވަނަ މިނެޓުގައި އޮޑީގެ ދެ ވަނަ ލަނޑު ޖަހައި މެޗުން އެ ޓީމު މޮޅު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ގާނިއު އަޓަންޑާ އެވެ.

މޮޅާއެކު ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި އޮޑި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 15 މެޗުން 35 ޕޮއިންޓާ އެކު އެވެ. އޮޑި އަތުން ބަލިވި ވެލެންސިއާ މިހާތަނަށް 15 މެޗު ކުޅެފައިވާއިރު، އެ ޓީމަށް ލިބެނީ އަށް ޕޮއިންޓެވެ. 10 ޓީމު ވާދަ ކުރާ ލީގުގައި ވެލެންސިއާ އޮތީ ނުވަ ވަނައިގަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުއޮޑި ސްޕޯޓްސް ކްލަބްކުލަބު ވެލެންސިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް

އީގަލްސް އަތުން ވެސް މޮޅުވެ، މާޒިޔާ އިން ލީގު ހޯދުމާ ގާތަށް

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި

ފަހަތުން އަރައި ގްރީން އަތުން މޮޅުވެ، އޮޑި ދެ ވަނައިގައި

13 ޖެނުއަރީ 2026
ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

12 ޖެނުއަރީ 2026
ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

12 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު