Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އީޔޫ

އީޔޫ ގައުމުތަކުގެ އަސްކަރިއްޔާ ތަކަކީ ޓެރަރިސްޓު ޖަމާއަތް ތަކެއް ކަމަށް އީރާނުން ކަނޑައަޅައިފި

30 ޖެނުއަރީ 2026 | ހުކުރު 17:00

އީޔޫން އައި.އާރް.ޖީ.ސީ ޓެރަރިސްޓް ލިސްޓަށް އިތުރުކުރުމާ ގުޅިގެން، އީރާނުން އެ ގައުމުތަކުގެ އަސްކަރިއްޔާތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ބަލާނެ ކަމަށް އީރާނުގެ ސަލާމަތީ އިސްއޮފިޝަލް ވިދާޅުވެއްޖެ. މިއީ އެމެރިކާ އިން އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން 2019 ގައި ފާސްކުރި ގާނޫނެއްގެ ދަށުން އެޅޭ ބަދަލުހިފުމުގެ ފިޔަވަޅެއް.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 17:00
ބެލްޖިއަމްގެ ބްރަސަލްސްގައި 2018 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު ބޭއްވި ސިޔާސީ މަޝްވަރާތަކުގެ ކުރިން (ވާއަތުން ކަނާތަށް) ޔޫރަޕިއަން ޔޫނިއަން (އީޔޫ)، އީރާން، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުގެ ދިދަ ފެންނަ މަންޒަރެއް.

ބެލްޖިއަމްގެ ބްރަސަލްސްގައި 2018 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު ބޭއްވި ސިޔާސީ މަޝްވަރާތަކުގެ ކުރިން (ވާއަތުން ކަނާތަށް) ޔޫރަޕިއަން ޔޫނިއަން (އީޔޫ)، އީރާން، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުގެ ދިދަ ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ ގައުމުތަކުގެ އަސްކަރިއްޔާތަކަކީ "ޓެރަރިސްޓް ޖަމާއަތްތަކެއް" ކަމަށް އީރާނުން ބަލާނެ ކަމަށް އެ ގައުމުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލް އަލީ ލާރިޖާނީ ވިދާޅުވެއްޖެ އެވެ. ލާރިޖާނީ ވިދާޅުވީ މިއީ އީރާނުގެ ދާޚިލީ ގާނޫނެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ވިދާޅުވީ، އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން، އައި.އާރް.ޖީ.ސީ އާ ދެކޮޅަށް އީޔޫއިން އެޅި ފިޔަވަޅުގައި ބައިވެރިވި ގައުމުތަކުގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ބަލާނެކަން ޔޫރަޕްގެ އިއްތިހާދަށް ކަށަވަރުވާނެ ކަމަށެވެ.

އަދި މިފަދަ ފިޔަވަޅެއް އެޅުމުގެ ސަބަބުން ކުރިމަތިވާނެ ހުރިހާ ނަތީޖާއަކަށް އެކަން ކުރި ޔޫރަޕްގެ ގައުމުތަކުން ޒިންމާވާން ޖެހޭނެ ކަމަށް ވެސް ލާރިޖާނީ ލިޔުއްވާފައިވެ އެވެ.

ލާރިޖާނީ މި އިޝާރާތް ކުރެއްވީ، އެމެރިކާއިން އައި.އާރް.ޖީ.ސީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އޭގެ ބަދަލުހިފުމުގެ ގޮތުން ފިޔަވަޅު އެޅުމަށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އީރާނުގެ ޕާލަމެންޓުން ފާސްކުރި ގާނޫނުގެ ހަތްވަނަ މާއްދާއަށެވެ.

އެ މާއްދާގައިވާ ގޮތުން، އައި.އާރް.ޖީ.ސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާ އިން ނިންމި ނިންމުމަށް އެއްވެސް ސިފައެއްގައި ތާއީދުކުރާ ނުވަތަ އެ ނިންމުމަށް ތަބާވާ ހުރިހާ ގައުމުތަކާ މެދު، އީރާނުން ބަދަލުހިފުމުގެ ފިޔަވަޅު އަޅާނެ އެވެ.

ޔޫރަޕްގެ އިއްތިހާދުން އައި.އާރް.ޖީ.ސީ ޓެރަރިސްޓް ލިސްޓަށް އިތުރުކުރީ، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އީރާނުގައި ރަސްކަމެއް އޮތުމަށް ތާއީދުކުރާ ފަރާތްތަކުގެ ދައުވަތަކަށް އަދި އެމެރިކާ އާއި އިޒްރޭލުގެ ލީޑަރުންގެ ހިތްވަރު ދިނުމާއެކު އީރާނުގެ އެކި ސަރަހައްދުތަކުގައި ހިންގި ހަމަނުޖެހުންތަކާ ދެކޮޅަށް އީރާނުން އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ.

އިގްތިސާދީ ދަތިތަކާ ގުޅިގެން ޖެނުއަރީ 8 އަދި 9 ވަނަ ދުވަހު އީރާނުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ ސުލްހަވެރި މުޒާހަރާތަކުގެ ނާޖާއިޒު ފައިދާ ބޭރުގެ އެހީ ލިބޭ ހަތިޔާރު އެޅި ހަނގުރާމަވެރިންނާއި ޓެރަރިސްޓުން ނަގައި، އެ މުޒާހަރާތައް ވަނީ މީހުން މެރުމާއި، މިސްކިތްތަކާއި، ކްލިނިކްތަކާއި، އެމްބިއުލާންސްތަކާއި ބަސްތަކުގައި ހުޅުޖެހުމުގެ އިތުރުން ދައުލަތުގެ އަދި އަމިއްލަ މުދަލަށް ބޮޑެތި ގެއްލުންދޭ ހަރާކަތަކަށް ބަދަލުކޮށްލާފައި ކަމަށް އީރާނުން ބުނެ އެވެ.

މަގުމަތީގައި ހަމަނުޖެހުން ހިންގި މީހުންނާއި ހަތިޔާރު އެޅި ޓެރަރިސްޓުންނަށް ފައިސާ އާއި، ތަމްރީނާއި، މީޑިއާގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ އާއި އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން ސީދާ ގޮތެއްގައި ބައިވެރިވެފައިވާކަން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އައިއާރުޖީސީއީރާންޢަލީ ލަރިޖާނީއީރާނު-އީޔޫ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2026

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

30 ޖެނުއަރީ 2026
އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި
30 ޖެނުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ

30 ޖެނުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2026

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026
ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން
30 ޖެނުއަރީ 2026

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026
"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި
30 ޖެނުއަރީ 2026

އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

30 ޖެނުއަރީ 2026
އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ
29 ޖެނުއަރީ 2026

އައިއާރްޖީސީ އަކީ "ޓެރަރިސްޓް ޖަމާޢަތެއް" ކަމަށް ވިލާތުގެ އިއްތިހާދުން ކަނޑައެޅުމާ ގުޅިގެން އެ ނިންމުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

29 ޖެނުއަރީ 2026
އައިއާރްޖީސީ އަކީ "ޓެރަރިސްޓް ޖަމާޢަތެއް" ކަމަށް ވިލާތުގެ އިއްތިހާދުން ކަނޑައެޅުމާ ގުޅިގެން އެ ނިންމުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ
29 ޖެނުއަރީ 2026

އީރާނުގެ އައިއާރުޖީސީ އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހިމަނައިފި

29 ޖެނުއަރީ 2026
އީރާނުގެ އައިއާރުޖީސީ އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހިމަނައިފި
29 ޖެނުއަރީ 2026

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

29 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟
29 ޖެނުއަރީ 2026

ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

29 ޖެނުއަރީ 2026
ޕުޓިން އާއި އަލް ޝަރާ ބައްދަލު ކުރައްވައި، ސީރިއާގައި ރަޝިޔާގެ ސިފައިން ތިބުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި
28 ޖެނުއަރީ 2026

އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް