Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އީޔޫ

އައިއާރްޖީސީ އަކީ "ޓެރަރިސްޓް ޖަމާޢަތެއް" ކަމަށް ވިލާތުގެ އިއްތިހާދުން ކަނޑައެޅުމާ ގުޅިގެން އެ ނިންމުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

ބުރާސްފަތި ދުވަހުގެ ބަޔާނުގައި އަރަގްޗީ ވަނީ ވިލާތުގެ "ދެފުށްކެހެރި" ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 18:46
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ. | ގެޓީ އިމޭޖަސް

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަކީ "ޓެރަރިސްޓް ޖަމާޢަތެއް" ކަމަށް ވިލާތުގެ އިއްތިހާދުން (އީ.ޔޫ) ކަނޑައެޅުމާ ގުޅިގެން އެ ނިންމުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ވިލާތުގެ އަމިއްލަ މަސްލަހަތަށް ގެއްލުން ހުރި، ސްޓްރެޓެޖިކް ގޮތުން ހެދި ބޮޑު ގޯހެކެވެ.

ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި އަރަގްޗީ ވިދާޅުވީ، މުޅި ސަރަޙައްދަށް ފެތުރިގެންދާނެ ފަދަ ބޮޑު ހަނގުރާމައެއް ފެށުނަ ނުދިނުމަށްޓަކައި ބައެއް ޤައުމުތަކުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތުގައި ވިލާތުގެ އެއްވެސް ޤައުމެއް ނުހިމެނޭ ކަމަށެވެ.

"ވިލާތުން އުޅެނީ މި ހުޅުގަނޑު އިތުރަށް ރޯކުރުމަށް. އެމެރިކާގެ އެދުމުގެ މަތީން 'ސްނެޕްބެކް' މަރުޙަލާ ކުރިއަށް ގެންދިއުމަށް ފަހު، މިހާރު އަނެއްކާ ވެސް މިވަނީ އީރާނުގެ ރަސްމީ އަސްކަރިއްޔާ އަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ބުނެ ސްޓްރެޓެޖިކް ބޮޑު ގޯހެއް ހަދާފައި،" އޭނާ ވިދާޅުވި އެވެ.

"ސްނެޕްބެކް" އަކީ 2015 ވަނަ އަހަރުގެ އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުގައި ހިމެނޭ މާއްދާއެކެވެ. މީގެ ދަށުން، އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމުގެ ޝަރުޠުތަކާ ޚިލާފުވެއްޖެ ކަމަށް ބެލެވިއްޖެނަމަ، އެ އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އުވާލާފައިވާ އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމަލީގޮތުން އަލުން އިޢާދަވާނެ އެވެ.

2025 ވަނަ އަހަރުގެ އޮގަސްޓް މަހު، ވިލާތުގެ ތިން ބާރު ކަމަށްވާ ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތުން (އީ3) ވަނީ އީރާނުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ މި މަރުޙަލާ ރަސްމީކޮށް ފަށާފަ އެވެ.

ތެހެރާނުން މި ނިންމުން ބަލައިނުގަނެ ބުނެފައި ވަނީ، އީ3 ގެ ޤައުމުތަކުން އެމީހުންގެ އަމިއްލަ ޒިންމާތައް އަދާކުރުމުގައި ފޭލްވެފައިވާ ކަމަށެވެ. ޚާއްޞަކޮށް އެމެރިކާ އެއްބަސްވުމުން ވަކިވުމަށް ފަހު އީރާނަށް ލިބޭނެ ކަމަށް ބުނި އިޤްތިޞާދީ ފައިދާތައް ހޯދައިދިނުމަށް ނުކުޅެދި، ވޮޝިންގޓަނާ މާ ބޮޑަށް ގުޅުން ބަދަހިކުރުމުން، އެ ޤައުމުތަކުން އެއްބަސްވުމުގެ ބައިވެރިންގެ ގޮތުގައި ތިބުމުގެ ޙައްޤު ގެއްލިފައިވާ ކަމަށް އީރާނުން ބުނެ އެވެ.

ބުރާސްފަތި ދުވަހުގެ ބަޔާނުގައި އަރަގްޗީ ވަނީ ވިލާތުގެ "ދެފުށްކެހެރި" ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ޣައްޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި، އީރާނުގެ އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި ވާހަކަދެއްކުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އީ.ޔޫ ގެ މި ނިންމުމަކީ އެ އިއްތިހާދުގެ ބާރު ކުޑަވަމުންދާކަން ފޮރުވުމަށްޓަކައި ހިންގާ ދެއްކުންތެރި އަމަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސަރަޙައްދުގައި ބޮޑު ހަނގުރާމައެއް ފެށިއްޖެ ނަމަ، ހަކަތައިގެ އަގުތައް އުފުލިގެންދިއުން ފަދަ ކަންކަމުގެ ނޭދެވޭ އަސަރު ވިލާތަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ. އަދި އީ.ޔޫ ގެ މިހާރުގެ އަމަލުތަކަކީ އެމީހުންގެ އަމިއްލަ މަސްލަހަތަށް ގެއްލުންދެނިވި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އީ.ޔޫ ގެ މި ނިންމުމަކީ ވިލާތުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށް ފަހު ނިންމި ނިންމުމެކެވެ. މީގެ ސަބަބުން ތެހެރާނާއި ވިލާތުގެ ޤައުމުތަކުގެ ވެރިރަށްތަކާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: ޕްރެސް ޓީވީ

އައިއާރުޖީސީއީޔޫއައްބާސް އަރަގްޗީއީރާނު-އީޔޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުގެ އައިއާރުޖީސީ އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހިމަނައިފި

އީރާނުގެ އައިއާރުޖީސީ އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހިމަނައިފި

29 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާނެ" ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުނެފި

އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާނެ" ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުނެފި

28 ޖެނުއަރީ 2026
އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

28 ޖެނުއަރީ 2026
އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު