Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

28 ޖެނުއަރީ 2026 | ބުދަ 19:06

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމަށް އިޓަލީން ވިލާތުގެ އިއްތިޙާދު (އީޔޫ) އަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ވެސް ޖަރުމަނުގެ ޗާންސެލަރ ވަނީ ތާއީދު ކުރައްވާފަ.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 19:06
ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް.

ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް. | ރޮއިޓާސް

އީރާނުގެ ސަރުކާރުގެ ބާކީ އޮތް "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް ވިދާޅުވެއްޖެ އެވެ.

މާރޒް މިހެން ވިދާޅުވީ، އީރާނުގެ ސަރުކާރަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް  ދެއްވަމުން ގެންދަވާ އިންޒާރުތައް ވަރުގަދަ ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

ރުމޭނިއާގެ ބޮޑުވަޒީރު އާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރޒް ވިދާޅުވީ، "އަމިއްލަ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަމާއި ބިރުވެރިކަން ހިންގައިގެން ނޫނީ ވެރިކަމުގައި ދެމި ނޯވެވޭނެ ނިޒާމެއްގެ ދުވަސްތައް ވަނީ ގުނަން ފެށިފައި،" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ހަފްތާތަކެއްގެ މުއްދަތު މިކަމަށް ނެގި ނަމަވެސް އީރާނުގެ ސަރުކާރަކީ ޤައުމު ހިންގުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް މިހާރު އޮތް ބައެއް ނޫން ކަމަށެވެ.

މިފަހުން އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާ ބުނުމަށް އިޝާރާތް ކުރައްވައި ޗާންސެލަރ ވިދާޅުވީ، "މިއިން އެނގެނީ މުއްލާއިންގެ މި ނިޒާމަށް ވެރިކަމުގައި ހިފަހައްޓާލެވެނީ ހަމައެކަނި ބިރުވެރިކަން ފަތުރައިގެން ކަމެވެ."

މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމަށް އިޓަލީން ވިލާތުގެ އިއްތިޙާދު (އީޔޫ) އަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ވެސް މާރޒް ވަނީ ތާއީދު ކުރައްވާފަ އެވެ.

މިކަމާ ގުޅޭގޮތުން މާރޒް ވިދާޅުވީ، "މި ނިންމުމަށް ތާއީދުކުރުމަށް ވިލާތުގެ އިއްތިޙާދުގެ ބައެއް ޤައުމުތަކުން އަދިވެސް ފަސްޖެހޭތީ އެކަމާ ހިތާމަކުރާ" ކަމަށެވެ.

އީރާންޖަރުމަނުފްރީޑްރިކް މާރޒްރައީސް ޑޮނަލްޑް ޓްރަމްޕްއައިއާރުޖީސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

28 ޖެނުއަރީ 2026
އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު
28 ޖެނުއަރީ 2026

އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

28 ޖެނުއަރީ 2026
އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް
28 ޖެނުއަރީ 2026

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
28 ޖެނުއަރީ 2026

އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

28 ޖެނުއަރީ 2026
އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި
28 ޖެނުއަރީ 2026

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ
28 ޖެނުއަރީ 2026

އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

28 ޖެނުއަރީ 2026
އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި
28 ޖެނުއަރީ 2026

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

28 ޖެނުއަރީ 2026
އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން
27 ޖެނުއަރީ 2026

ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

27 ޖެނުއަރީ 2026
އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް