Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރުގެ މަންދޫބު އަބްދުﷲ ހާޖީ ސާދިގީ ވިދާޅުވީ އީރާނާ ދެކޮޅަށް އުދުވާނެއް ހިންގައިފި ނަމަ ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށާއި ކުލީ ސިފައިންނަށް ހަމަލާދިނުމަށް އީރާނު ތައްޔާރަށް އޮތް ކަމަށް.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 10:02
އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ފަރާތްޕުޅުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، އަބްދުﷲ ހާޖީ ސާދިގީ.

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ފަރާތްޕުޅުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، އަބްދުﷲ ހާޖީ ސާދިގީ. | ދިފާޕްރެސް.އައިއާރު

ސަރަހައްދު ގައި ހުރި ހުރިހާ އެމެރިކާ ބޭސްތަކަކާއި ކުލީ ސިފައިންނަކީ އީރާނަށް ހަމަލާދެވޭ ފަށުގައި ތިބި ބައެއް ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް ކަނޑައަޅާފައި ހުންނަވާ އެ ގައުމުގެ ލީޑަރުގެ މަންދޫބު ވިދާޅުވެއްޖެ އެވެ.

އީރާނުގެ އިސްލާމީ އިންގިލާބުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ ފަރާތްޕުޅުން އައިއާރުޖީސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވިދާޅުވީ، އީރާނާ ދެކޮޅަށް އެއްވެސް އާ އުދުވާނެއް ހިންގައިފި ނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށާއި ކުލީ ސިފައިންނަށް ހަމަލާދިނުމަށް އީރާނުގެ ހަތިޔާރު އެޅި ބާރުތައް ތިބީ ތައްޔާރަށް ކަމަށެވެ.

އަބްދުﷲ ހާޖީ ސާދިގީ މިހެން ވިދާޅުވީ، ބޭރުގެ ނުފޫޒުތަކާ ގުޅުންހުރި ފަހުގެ ހަމަނުޖެހުންތަކުގައި ޝަހީދުވި މީހުންގެ ހަނދާނުގައި، އީރާނުގެ ގުމްގައި ހުންނަ ހަޒްރަތު ފާތިމާ މަައުސޫމާގެ ރައުޟާގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

"އަސްކަރިއްޔާގެ އިނގިލިތައް ހުރީ ބަޑީގެ ޓްރިގަރ ގައި ޖައްސައިގެންނެވެ. ދުޝްމަނުންގެ ކޮންމެ އަމަލަކަށް އެއްގަމާއި ކަނޑުމަތީގައި ވަރުގަދަ ރައްދު ހަމަލާއެއް ދޭނެއެވެ. އަދި މި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ ދޭނެ އެވެ." ހާޖީ ސާދިގީ ވިދާޅުވި އެވެ.

މި ވާހަކަތައް އައިސްފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަހައްދަށް ފޮނުއްވާފައިވާ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ފްލީޓް ބޭނުންކޮށްގެން އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން، އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގި ޣައިރު ގާނޫނީ އުދުވާނުގެ ތެރޭގައި، މިދިޔަ އަހަރު އެމެރިކާ ސިފައިން އީރާނުގެ ނިއުކްލިއާ ތިން ސައިޓަކަށް ބޮން އެޅި ހަމަލާއަށްވުރެ، ދެން ދޭ ހަމަލާއެއް މާ ނުރައްކާތެރިވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

ޓްރަމްޕް އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭން ފެއްޓެވީ، އީރާނުގައި ދާދިފަހުން ކުރި މުޒާހަރާތަކުގެ ތެރެއަށް ބޭރުގެ މަދަދު ލިބިގެން ހަމަނުޖެހުން ހިންގާ ގްރޫޕްތަކުން ވަދެގަނެ ހަމަ ނުޖެހުންތައް ހިންގާފައި ވަނިކޮށްނެވެ.

ޖުމްލަ 3،117 މީހުން މަރުވި އެ ހަމަނުޖެހުންތަކުގެ ތެރޭގައި ހިމެނޭ ހަތިޔާރު އެޅި ކުލީ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

ހާޖީ ސާދިގީ ވިދާޅުވި ގޮތުގައި، އީރާނަށް ހަމަލާ ދޭނެ ކަމަށް ޓްރަމްޕް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެމެރިކާގެ އަސްކަރީ ކޮމާންޑަރުން ވަނީ އީރާނަކީ އެހެން ގައުމުތަކާ ތަފާތު ގައުމެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، އަސްކަރީ ހަމަލާއަކުން ރެކުމަށްޓަކައި ޓްރަމްޕް މިހާރު ދައްކަވަނީ ސިޔާސީ ދޮގު ބަހަނާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ މަސްތަކުގައި ދުޝްމަނުން ވަނީ ގައުމުގެ އެތެރެ އާއި ބޭރުން ގުޅިފައިވާ ފިތުނައެއް އުފައްދާފައި ކަމަށާއި އޭގެ ފުރަތަމަ މަރުހަލާއަކީ 2025 ވަނަ އަހަރުގެ ޖޫން 13 އާއި 27 އާ ދެމެދު އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން އުދުވާނީ ހަމަލާތައް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އެ ރޭވުން ނާކާމިޔާބުވުމުން، ދުޝްމަނުން ދެން ދިޔައީ ދެވަނަ މަރުހަލާއަށެވެ. އެއީ ހަމަނުޖެހުންތަކުގެ ބޭނުން ހިފައި، މީހުން މެރުމަށާއި މިސްކިތްތަކާއި ދީނީ މަދަރުސާތަކުގައި ހުޅުޖެހުމަށް ބައެއް އެޖެންޓުން ރެކްރޫޓްކުރުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، "އަހަރެމެންގެ ދިފާއީ ބާރުގެ މައިގަނޑު އަސާސަކީ ރައްޔިތުންނާއި ލީޑަރާ ދެމެދު އޮތް ވަރުގަދަ ގުޅުމެވެ. އަހަރެމެންގެ ބާރަކީ ހަމައެކަނި ހަތިޔާރެއް ނޫނެވެ. އެއީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ބޯނުލަނބާނެ ރައްޔިތުންގެ ރޫހެވެ."

މަސްދަރު: ޕްރެސް ޓީވީ

އީރާންރައީސް ޑޮނަލްޑް ޓްރަމްޕްއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއައިއާރުޖީސީއީރާން-އެމެރިކާއީރާން-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026
ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

ޓްރަމްޕް: އިނގިރޭސިވިލާތުން ޗައިނާ އާ މުއާމަލާތް ކުރުމަކީ "ނުރައްކާތެރި" ކަމެއް

30 ޖެނުއަރީ 2026
އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

އީރާނާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ޕެންޓަގަންގެ ވެރިޔާ ވިދާޅުވެއްޖެ

30 ޖެނުއަރީ 2026
އައިއާރްޖީސީ އަކީ "ޓެރަރިސްޓް ޖަމާޢަތެއް" ކަމަށް ވިލާތުގެ އިއްތިހާދުން ކަނޑައެޅުމާ ގުޅިގެން އެ ނިންމުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

އައިއާރްޖީސީ އަކީ "ޓެރަރިސްޓް ޖަމާޢަތެއް" ކަމަށް ވިލާތުގެ އިއްތިހާދުން ކަނޑައެޅުމާ ގުޅިގެން އެ ނިންމުމަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

29 ޖެނުއަރީ 2026
އީރާނުގެ އައިއާރުޖީސީ އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހިމަނައިފި

އީރާނުގެ އައިއާރުޖީސީ އީޔޫގެ ޓެރަރިސްޓް ލިސްޓުގައި ހިމަނައިފި

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު