Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕްލާންޓުން ރަޝިޔާގެ މުވައްޒަފުން ގެންދަން ތައްޔާރަށް ތިބި ކަމަށް އެ ގައުމުން ބުނެފި

އީރާނުގެ ބޫޝެހެރް ނިއުކްލިއާ ޕްލާންޓުގައި މަސައްކަތްކުރާ ރަޝިޔާގެ އެތައް ސަތޭކަ މުވައްޒަފުން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ރަޝިޔާ ތައްޔާރަށް އޮތް ކަމަށް ދައުލަތުގެ ނިއުކްލިއާ ކޯޕަރޭޝަންގެ ވެރިޔާ ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 13:47
ތެހެރާންގެ ދެކުނުން 1،000 ކިލޯމީޓަރު ދުރުގައި، ޕާޝިއަން ގަލްފްގެ އައްސޭރީގައި އޮންނަ ބޫޝެހެރް ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ބޫޝެހެރް ނިއުކްލިއާ ޕަވަރ ޕްލާންޓުގެ މައި ރިއެކްޓަރު އިމާރާތް.

ތެހެރާންގެ ދެކުނުން 1،000 ކިލޯމީޓަރު ދުރުގައި، ޕާޝިއަން ގަލްފްގެ އައްސޭރީގައި އޮންނަ ބޫޝެހެރް ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ބޫޝެހެރް ނިއުކްލިއާ ޕަވަރ ޕްލާންޓުގެ މައި ރިއެކްޓަރު އިމާރާތް. | ގެޓީ އިމޭޖަސް

އީރާނުގެ ބޫޝެހެރް ނިއުކްލިއާ ޕަވަރ ޕްލާންޓުގައި މަސައްކަތްކުރާ ރަޝިޔާގެ މުވައްޒަފުން، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އެ ތަނުން ގެންދިއުމަށް ތައްޔާރަށް އޮތް ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ދައުލަތުގެ ނިއުކްލިއާ ކޯޕަރޭޝަންގެ ވެރިޔާ އެލެކްސީ ލިކަޗޭވް އާ ހަވާލާދީ، އެ ގައުމުގެ ދައުލަތުގެ ނިއުސް އެޖެންސީ "ޓާސް" އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޫޝެހެރް ޕްލާންޓުގައި ތިބި ރަޝިޔާގެ މުވައްޒަފުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް ރަޝިޔާ އޮތީ ތައްޔާރަށެވެ.

ރަޝިޔާ އިން އީރާނަށް ބިނާކޮށްދީފައިވާ، އަދި މިހާރު އެ ގައުމުގައި ހިންގަމުންދާ ހަމައެކަނި ނިއުކްލިއާ ޕަވަރ ޕްލާންޓް ކަމަށްވާ ބޫޝެހެރް ފެސިލިޓީގައި ރަޝިޔާގެ އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވްލަޑިމިއަރ ޕުޓިން މިދިޔަ އަހަރު ވަނީ ވިދާޅުވެފަ އެވެ.

ބޫޝެހެރް ސަރަހައްދުގައި ރަޝިޔާ އިން މިހާރު ވެސް ދަނީ އިތުރު ނިއުކްލިއާ ފެސިލިޓީތަކެއް ބިނާކުރަމުންނެވެ.

ނިމިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާ އިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާތަކުގައި ބޫޝެހެރް ޕްލާންޓަށް އަމާޒުކޮށްފައެއް ނުވެއެވެ. ނަމަވެސް، އެ ސަރަހައްދަށް ހަމަލާއެއް ދީފިނަމަ، 1986 ވަނަ އަހަރު ހިނގި ޗެރްނޮބީލް ނިއުކްލިއާ ހާދިސާއާ އެއްފަދަ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ލިކަޗޭވް އެ ދުވަސްވަރު ދެއްވާފައިވެ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު ދޫކޮށްލުމަށް އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވަނީ ގޮވާލައްވާފަ އެވެ. އަދި އެފަދަ އެއްބަސްވުމަކަށް ނައިސްފިނަމަ، އެމެރިކާ އިން ދެން ދޭ ހަމަލާ އެއް މާ ނުރައްކާތެރިވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ހާލަތު ވަރަށް ގާތުން ބަލަމުން. އަދި ރަޝިޔާގެ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީއާ ގުޅިގެން، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މުވައްޒަފުން އެ ތަނުން ބޭރުކުރުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ލިކަޗޭވް ވިދާޅުވި އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް އެ ގައުމުން ދޮގުކުރާއިރު، ރަޝިޔާ އިން ބުނަމުން ދަނީ ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ހަކަތަ ބޭނުންކުރުމުގެ ހައްގު ތެހެރާނަށް އޮންނަންޖެހޭނެ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އީރާންބޫޝެހެރްއެލެކްސީ ލިކަޗޭވްރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާއީރާން-ރަޝިޔާ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2026

އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ

30 ޖެނުއަރީ 2026
އީރާނުން ހޯމޫޒް ކަނޑުއޮޅީގައި ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީން ފަށަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2026

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި

30 ޖެނުއަރީ 2026
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހުކުރު ދުވަހު އިސްތަންބޫލަށް ވަޑައިގެންފި
30 ޖެނުއަރީ 2026

އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި

30 ޖެނުއަރީ 2026
އެމެރިކާގެ އަސްކަރީ ޑިސްޓްރޯޔަރު އިޒްރޭލުގެ އީލާތު ގައި ބަނދަރުކޮށްފި
30 ޖެނުއަރީ 2026

ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން

30 ޖެނުއަރީ 2026
ސަރަހައްދުގައި ހުރި އެމެރިކާ ބޭސްތަކަކާއި ސިފައިން ތިބީ އީރާނުގެ ހަމަލާ ފޯރާ ރޭންޖުގެ ތެރޭގައި: އީރާން
30 ޖެނުއަރީ 2026

"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި

30 ޖެނުއަރީ 2026
"ދެ ގަޑިއިރުގެ ހަނގުރާމައަކަށް ނުވާނެ" ކަމަށް ބުނެ އީރާނުން ވަގުތުން ހަރުކަށި ރައްދުދޭނެ ކަމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު