Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "މީގެ ކުރިން ދުވަހަކު ވެސް ދެކިފައި ނުވާނެ" ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުނެފި

އީރާނުން ބުނަމުން ގެންދަނީ އުދުވާނީ ހަމަލާއަކަށް ވަގުތުން ރައްދު ދިނުމަށް ތައްޔާރަށް އޮތް ކަމަށާއި، އެހެން ނަމަވެސް އިންސާފުވެރި ނިއުކްލިއާ އެއްބަސްވުމަކަށް މަރުހަބާ ކިޔާނެ ކަމަށް.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 19:27
ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ދެކުނު ސަރަހައްދުގައި 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން، އީރާނުގެ "ސާއިގާ" މަރުކާގެ މިސައިލެއް ފޮނުވާލަނީ.

ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ދެކުނު ސަރަހައްދުގައި 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން، އީރާނުގެ "ސާއިގާ" މަރުކާގެ މިސައިލެއް ފޮނުވާލަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް މީގެ ކުރިން ދުވަހަކުވެސް ދެކިފާ ނުވާނެ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ބުދަ ދުވަހު ބުނެފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ މިޝަނުން ބުނެފައި ވަނީ، ދެފަރާތުގެ މަސްލަހަތަށް ބިނާކޮށް ވާހަކަދެއްކުމަށް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، މަޖުބޫރުކޮށްފި ނަމަ، އަމިއްލަ ދިފާއުގައި ނުކުމެ، މީގެ ކުރިން ދުވަހަކު ވެސް ރައްދު ނުދޭ ފަދަ ވަރުގަދަ ގޮތަކަށް އީރާނުން ރައްދު ދޭނެ ކަމަށް ވެސް މިޝަނުން ބުންޏެވެ. މި ޕޯސްޓާއެކު، އީރާނަށް ހަމަލާދިނުމަށް ބޮޑު އަސްކަރީ ފައުޖެއް ދަތުރުކުރަމުންދާ ކަމަށް ބުނެ ޓްރަމްޕް ދެއްވި އިންޒާރުގެ ސްކްރީންޝޮޓެއް ވެސް ހިމަނާފައިވެ އެވެ.

އެމެރިކާ އަށް އިންޒާރު ދެމުން، މީގެ ކުރިން އެމެރިކާ އިން ކުރި ދެ ހަނގުރާމައެއްގައި އެ ގައުމަށް ލިބުނު ގެއްލުންތަކާއި ހޭދަވި ބޮޑެތި ޚަރަދުތަކަށް ވެސް އީރާނުގެ މިޝަނުން ވަނީ އަލިއަޅުވާލާފަ އެވެ. "މީގެ ކުރިން އަފްޣާނިސްތާނާއި އިރާގު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެގަތުމުން، 7 ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިސްރާފުވެ، 7،000 އަށް ވުރެ ގިނަ އެމެރިކާ ސިފައިންގެ ފުރާނަ ވަނީ ގެއްލިފައި،" މިޝަނުން ބުންޏެވެ.

ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެކްސްގައި ވިދާޅުވީ، އީރާނުގެ ބިމަށާއި، ޖައްވަށް ނުވަތަ ކަނޑުގެ ސަރަހައްދަށް ދޭ ކޮންމެ އުދުވާނީ ހަމަލާއަކަށް ވަގުތުން ވަރުގަދަ ރައްދެއް ދިނުމަށް އެގައުމުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

އަދި ހަމަ އެއާ އެކު، ބިރުދެއްކުމާއި އިންޒާރުތަކުން އެއްކިބާވެ، ދެފަރާތަށް ފައިދާހުރި، އިންސާފުވެރި ނިއުކްލިއާ އެއްބަސްވުމަކަށް އީރާނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ އެއްބަސްވުމަކުން އީރާނަށް ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށާއި، ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް ވެސް އޭނާ އިތުރަށް ފާހަގަކުރެއްވި އެވެ.

ބުދަ ދުވަހު ޓްރަމްޕް ވަނީ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އައުކުރައްވައި، ނިއުކްލިއާ ހަތިޔާރާ ގުޅޭ އެއްބަސްވުމަކަށް އައުމަށް އޮތް ވަގުތު ކުޑަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. "މީގެ ކުރިން ވެސް އަހަރެން އީރާނަށް އެންގިން އެއްބަސްވުމަކަށް އަންނަން! އެމީހުން އެކަން ނުކުރުމުން 'އޮޕަރޭޝަން މިޑް ނައިޓް ހެމާ' ހިންގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދިނިން. ދެން ދޭ ހަމަލާ މިއަށްވުރެ މާ ނުރައްކާތެރިވާނެ!" ޓްރަމްޕް ވިދާޅުވި އެވެ.

ޖޫން މަހު އިޒްރޭލުން އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ބަލިކަށިކޮށްލުމަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާ ބައިވެރިވެ، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮން އެޅުމަށް ފަހު، ޓްރަމްޕް ގެންދަވަނީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އީރާން-އެމެރިކާރައީސް ޓްރަމްޕްއައްބާސް އަރަގްޗީއޮޕަރޭޝަން މިޑް ނައިޓް ހެމާއީރާން-އިޒްރޭލްނިއުކްލިއާ ހަތިޔާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

28 ޖެނުއަރީ 2026
އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

28 ޖެނުއަރީ 2026
އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

28 ޖެނުއަރީ 2026
އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު