Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުގެ ވެރިރަށް ތެހެރާނުގެ އިންގިލާބީ މައިދާނުގައި އާދީއްތަ ދުވަހު ހާމަ ކުރި ބޮޑު ކުރެހުމަކުން، އީރާނަށް އަސްކަރީ ހަމަލާ އެއް ނުދިނުމަށް އެމެރިކާ އަށް ސީދާ އިންޒާރެއް ދީފި

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އޮތީ ކޮންމެ ވަގުތަކުވެސް ހަމަލާދޭން ތައްޔާރަށްކަމަށް އެފައުޖުގެ ކޮމާންޑަރު ވިދާޅުވޭ.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 19:13
ޖެނުއަރީ 25، 2026 ގައި މެދުތެރޭ ތެހެރާންގެ މައިދާނެއްގައި ދައްކާލި ކުރެހުމެއްގައި މަތިންދާބޯޓު އުފުލާ ބޯޓުގެ ޑެކްގައި ހަލާކުވެފައިވާ މަތިންދާބޯޓުތައް ދައްކުވައިދޭ.

ޖެނުއަރީ 25، 2026 ގައި މެދުތެރޭ ތެހެރާންގެ މައިދާނެއްގައި ދައްކާލި ކުރެހުމެއްގައި މަތިންދާބޯޓު އުފުލާ ބޯޓުގެ ޑެކްގައި ހަލާކުވެފައިވާ މަތިންދާބޯޓުތައް ދައްކުވައިދޭ. | ސޯޝަލް މީޑިއާ

އީރާނުގެ ވެރިރަށް ތެހެރާނުގެ އިންގިލާބީ މައިދާނުގައި އާދީއްތަ ދުވަހު ހާމަ ކުރި ބޮޑު ކުރެހުމަކުން، އީރާނަށް އަސްކަރީ ހަމަލާ އެއް ނުދިނުމަށް އެމެރިކާ އަށް ސީދާ އިންޒާރެއް ދީފިއެވެ.

މަތިންދާބޯޓު އުފުލާ މަނަވަރެއްގެ މަތީގައި ހަލާކުވެފައިވާ އަސްކަރީ ބޯޓުތަކެއް ފެންނަ މި ކުރެހުމުގައި ބޭނުންކޮށްފައިވާ ޝިއާރުގައި ބުނެފައި ވަނީ ކުރާ މޮޔަ މަކަރުވެރި ކަމަކުން އާޚިރު ނަތީޖާ ހިތިވާނެ އެވެ.

އިންގިލާބީ މައިދާނުގައި މި މިއުރަލް ބެހެއްޓީ، އެމެރިކާގެ 'ޔޫ.އެސް.އެސް އަބްރަހަމް ލިންކަން' މަނަވަރާއި އެއާ އެކު ދަތުރުކުރާ އަސްކަރީ އުޅަނދުތައް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ މި އުޅަނދުތައް ފޮނުވަނީ "ފަހަރުގައި" އަސްކަރީ ފިޔަވަޅެއް އަޅަން ޖެހިދާނެތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރުގަދަ އަސްކަރީ ފްލީޓެއް އެ ސަރަހައްދަށް ދަތުރުކުރަމުން އެބަދޭ. ފަހަރުގައި އޭގެ ބޭނުން ހިފަން ނުޖެހިވެސް ހިނގައިދާނެ،" ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވިއެވެ.

އިންގިލާބީ މައިދާނަކީ ދައުލަތުން ބާއްވާ އެކި އެއްވުންތަކަށް ބޭނުންކުރާ މުހިންމު ތަނެކެވެ. އަދި ގައުމީ އެކި މުނާސަބަތުތަކާ ގުޅުވައިގެން އެތަނުގައި ހުންނަ ކުރެހުންތަކަށް ބަދަލު ގެނެ އެވެ. ހޮނިހިރު ދުވަހު އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކޮމާންޑަރު އިންޒާރު ދެއްވި ގޮތުގައި، އެ ފައުޖު އޮތީ "ކޮންމެ ވަގުތަކުވެސް ހަމަލާދޭން ތައްޔާރަށް، ބަޑީގެ ޓްރިގަރ ގައި އިނގިލި އަޅައިގެން" ކަމަށެވެ.

އެމެރިކާ އާއި އީރާން އާ ދެމެދު މަސްލަހަތު ގޯސްވި ކަމަށް އެމެރިކާ އިން ދައްކަނީ، އީރާނުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ބާރުގެ ބޭނުންކޮށް، އެތައް ބަޔަކު މަރައި އެތައް ހާސް ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ކަމަށެވެ. ތަންތާ ރޯކޮށް އިމާރާތްތަކަށް ގެއްލުންދީ ހެދި މުޒާހަރާތައް އެމެރިކާ އިން ސިފަ ކުރަމުން ގެންގޮސްފައި ވަނީ ސުލްހަވެރި މުޒާހަރާތަކެއްގެ ގޮތުގަ އެވެ. އެ ގޮތުން ސުލްހަވެރި މުޒާހަރާވެރިން މެރުން ކުރިއަށްގެންދާ ނަމަ ނުވަތަ ހައްޔަރުކުރި މީހުން މަރާ ނަމަ، އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ކުރިން ދެއްވާފައިވެ އެވެ.

ފާއިތުވި ދުވަސްތަކުގައި އިތުރު މުޒާހަރާ އެއް ހިނގާފައި ނުވާއިރު، ހައްޔަރުކޮށްފައި ތިބި 800 އެއްހާ މީހުން މެރުން ޓްރަމްޕް ގެ ސަބަބުން އީރާނުން ހުއްޓާލާފައިވާ ކަމަށް އޭނާ ދާދި ފަހުން ވިދާޅުވި އެވެ. ނަމަވެސް އީރާނުގެ ޗީފް ޕްރޮސިކިއުޓަރު ވަނީ އެއީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް، އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެން ދޭ އަސްކަރީ ހަމަލާއެއްގެ ކުރިމަތީގައި، މިދިޔަ ޖޫން މަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކަކީ "ވަރަށް އާދައިގެ" ކަމަކަށް ވެގެންދާނެ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މީސްމީޑިއާ ގައި ބުނެފައި ވަނީ، އެގައުމުގެ އެފް-15އީ މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް މިހާރު މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ހަމަ އެއާ އެކު، އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ދިފާއީ ބޭނުމަކަށްޓަކައި އެގައުމުގެ ޓައިފޫން މަތިންދާބޯޓުތައް ވަނީ ގަތަރަށް ފޮނުވާފަ އެވެ.

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްޔޫ.އެސް.އެސް އަބްރަހަމް ލިންކަންއައިއާރުޖީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

25 ޖެނުއަރީ 2026
ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ

ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ

25 ޖެނުއަރީ 2026
ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026
ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު