Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

އީރާނުން އެމެރިކާ ގެ ކަނޑުގެ މަނަވަރުތަކަށް އަމާޒުކޮށް އެއްފަހަރާ ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލުމުގެ ފުރުސަތު އެބައޮތް.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 07:58
2024 މާރިޗު 7 ވަނަ ދުވަހު، އީރާނުގެ ކަރްމާންޝާހުގެ އުޑުމަތިން އީރާނުގައި އުފައްދާފައިވާ "ޝާހިދު-136" މަރުކާގެ "ކަމިކާޒޭ" ޑްރޯނެއް އުދުހެނީ.

2024 މާރިޗު 7 ވަނަ ދުވަހު، އީރާނުގެ ކަރްމާންޝާހުގެ އުޑުމަތިން އީރާނުގައި އުފައްދާފައިވާ "ޝާހިދު-136" މަރުކާގެ "ކަމިކާޒޭ" ޑްރޯނެއް އުދުހެނީ. | ގެޓީ އިމޭޖަސް

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އީރާނުން ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ދީފާނެ ހަމަލާތަކަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އަގުބޮޑު މަނަވަރުތަކަށް އޮތް "ބޮޑު ނުރައްކަލެއް" ކަމަށް އަސްކަރީ ޑްރޯން މާހިރަކު އިންޒާރު ދީފި އެވެ.

ޑްރޯން ފަރުމާކޮށް އުފައްދާ ކުންފުންޏެއް ކަމަށްވާ 'ޑްރެގަންފްލައި' ގެ ސީ.އީ.އޯ އަދި ކޯ-ފައުންޑ ކެމަރަން ޗެލް، ފޮކްސް ނިއުސް ޑިޖިޓަލް އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، އީރާނުން އަމިއްލަަ އަށް އުފައްދާ ޑްރޯންތައް އިތުރުވެފައި ވުމުގެ ސަބަބުން، އެމެރިކާގެ 'ޔޫ.އެސް.އެސް އަބްރަހަމް ލިންކަން' އެއަރކްރާފްޓް ކެރިއަރު ފަދަ މަނަވަރުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލުކަން އެ ގައުމަށް ލިބިފައިވާ ކަމަށެވެ.

"އީރާނުގެ ޑްރޯން ގާބިލުކަމަކީ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އެއްޗެއް،" ޗެލް ބުންޏެވެ. "އީރާނުން ވަނީ އެންމެ ޒަމާނީ އަސްކަރީ ނިޒާމުތަކާ ދެކޮޅަށް ބޭނުންކުރެވޭނެ ފަދަ ނުރައްކާތެރި އުކުޅުތަކެއް ތަރައްގީކޮށްފައި."

އޭނާ އިތުރަށް ހާމަކުރި ގޮތުގައި، އީރާނުން ކަނޑުގެ މަނަވަރުތަކަށް އަމާޒުކޮށް އެއްފަހަރާ ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލުމުގެ ފުރުސަތު އެބައޮތެވެ. "ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ޑްރޯނެއް ފޮނުވާލައިފި ނަމަ، އޭގެ ތެރެއިން ބައެއް އުޅަނދުތައް ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަކީ ކަށަވަރު ކަމެއް. މިހާރު ހުރި ޒަމާނީ ދިފާއީ ނިޒާމުތަކަކީ މިފަދަ ގިނަ އަދަދެއްގެ އުޅަނދު އެއްފަހަރާ ފޮނުވާލައިގެން ދޭ ހަމަލާތަކުން ރައްކާތެރިވުމަށް ފަރުމާކޮށްފައިވާ އެއްޗެއް ނޫން. އީރާނާ ކައިރީގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަކީ މިފަދަ ހަމަލާތަކުގެ މައިގަނޑު އަމާޒަކަށް ވާނެ،" އޭނާ ބުންޏެވެ.

މި އިންޒާރު އައިސްފައި ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތައް ގަލްފް ސަރަހައްދުގައި ހަރަކާތްތެރިވާ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ޑްރޯން ކުރިއެރުން

ޗެލް ފާހަގަކުރި ގޮތުގައި، އީރާނުގެ ގިނަ އަދަދެއްގެ ޑްރޯން ބޭނުން ކޮށްގެން ދީފާނެ ހަމަލާތަކުން ސަލާމަތްވުމުގެ ގާބިލުކަން 'ޔޫ.އެސް.އެސް އަބްރަހަމް ލިންކަން' ގައި ހުރިތޯ އަދިވެސް އޮތީ ސުވާލު އުފެދިފަ އެވެ. އޭނާ ތަކުރާރުކޮށް ބުނެފައި ވަނީ އީރާނުގެ ޑްރޯން ލަޝްކަރަކީ ވަރަށް ސީރިއަސް ނުރައްކަލެއް ކަމަށެވެ.

"މި ޑްރޯންތަކުގެ ސަބަބުން ކަނޑުގެ މަނަވަރުތަކަށް ނުރައްކާކުރުމުގެ ފުރިހަމަ ގާބިލުކަން އީރާނަށް ލިބިގެންދޭ. އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަނަވަރުތަކަކީ ބޮޑެތި، ދުވެލި މަޑު، އަދި ރާޑަރުތަކަށް ފަސޭހައިން ފާހަގަވާ އެއްޗެހި. އެހެންކަމުން އެއީ ހަމަލާދޭން ވަރަށް ފަސޭހަ އަމާޒުތަކެއް،" އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ އީރާނުގެ އެންމެ ބޮޑު ބާރަކީ އަމާޒަށް ވާސިލުވެ އަމިއްލަ އަށް ގޮތަށް ފަރުމާކޮށްފައިވާ "ވަން-ވޭ ސްޓްރައިކް" ޑްރޯންތައް ކަމަށެވެ.

މީގެ އިތުރުން، އީރާނުން ވަނީ ކެޓަގަރީ އެކެއް އަދި ދޭއްގެ ޑްރޯން އުފެއްދުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށާއި، މިފަދަ އުޅަނދުތަކަކީ ކުޑަ ހަރަދަކުން ގިނަ އަދަދަކަށް އުފެއްދޭ، އަދި ހަނގުރާމައިގައި ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ވަސީލަތްތަކެއް ކަމަށްވެސް އޭނާ ބުންޏެވެ.

އެމެރިކާގެ އިންޒާރުތަކަށް އައި.އާރު.ޖީ.ސީ އިން ރައްދު ދޭނެ ކަމަށް ބުނުން

މިއާއެކު، އީރާނުގެ އަސްކަރީ އިސް ކޮމާންޑަރަކު ވަނީ އެމެރިކާގެ އިންޒާރުތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ އެމެރިކާގެ އައު އަމަލުތަކާ ގުޅިގެން އީރާނުގެ އެކި މަސްއޫލުވެރިން ދެމުންދާ އިންޒާރުތަކަށް އިތުރުވި ބޮޅެކެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އެއަރޯސްޕޭސް ޑިވިޜަންގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ސައްޔިދު މަޖީދު މޫސާވީ މިހެން ވިދާޅުވީ ނޭޝަނަލް ގާޑްސް ޑޭ އާ ގުޅިގެން ބޭއްވި ބައްދަލުވުމެއްގެ ހަވާސާގަ އެވެ.

"ޑޮނަލްޑް ޓްރަމްޕް ގިނަ ވާހަކަތަކެއް ދެއްކެވި ނަމަވެސް، އޭނާ އަށް އޭގެ ރައްދު އަމަލީ މައިދާނުން ލިބޭނެކަން ޔަގީންކުރަން ވާނެ،" މޫސާވީ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، އީރާނުގައި ހިނގަމުންދާ އިގްތިސާދީ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމާ ގުޅިގެންނެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އެ މުޒާހަރާތަކުގެ ތެރެއަށް ހަމަނުޖެހުން އުފައްދާ ބަޔަކު ވަދެފައި ވަނީ އެމެރިކާ އާއި އިޒްރޭލުގެ އެހީތެރިކަމާއެކުގަ އެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށްވެސް އީރާނުން ތުހުމަތުކުރެ އެވެ.

މޫސާވީ އިތުރަށް ވިދާޅުވީ، އީރާނުގެ އެއަރޯސްޕޭސް ޑިވިޜަން އޮތީ ދިފާއީ ގޮތުން އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ޖޫން މަހު އިޒްރޭލާއި އެމެރިކާ އިން ކުރިމަތިކުރުވި ހަމަލާތަކަށް ފަހު، އަސްކަރީ އާލާތްތައް އުފެއްދުން އިތުރުކޮށް، ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ މަސްއޫލުވެރިން ބުނަމުންދަނީ ގައުމުގެ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، ނަމަވެސް މުޒާހަރާތަކުގެ ބޭނުން ހިފައިގެން ގައުމުގައި ހަމަނުޖެހުން އުފައްދައި، ބޭރުގެ ބާރުތަކުން އީރާނުގެ ސިޔާދަތަށް އަރައިގަތުމަށް ކުރާ އެއްވެސް މަސައްކަތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

އީރާން-އެމެރިކާޑްރޯންޔޫ.އެސް.އެސް އަބްރަހަމް ލިންކަންކެމަރަން ޗެލްއައިއާރުޖީސީރައީސް ޑޮނަލްޑް ޓްރަމްޕްއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

28 ޖެނުއަރީ 2026
އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

28 ޖެނުއަރީ 2026
ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

27 ޖެނުއަރީ 2026
އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

27 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު