Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީޔޫ-އީރާން

އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

27 ޖެނުއަރީ 2026 | އަންގާރަ 18:35

އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ، އިރާނުގެ އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ހުށަހަޅުއްވާނެ ކަމަށް ހޯމަ ދުވަހު ވިދާޅުވި.

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 18:35
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ).

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ). | އޭއެފްޕީ

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ވިލާތުގެ އިއްތިހާދު (އީޔޫ) އިން ކަނޑައަޅައިފި ނަމަ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގެ އިންޒާރު އެ ގައުމުން ދީފި ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާތަކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފި އެވެ.

އިރާނުން މި އިންޒާރު ދީފައިވަނީ، އައި.އާރް.ޖީ.ސީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް އިޓަލީގެ ފޮރިން މިނިސްޓަރު ބްރަސަލްސް އަށް ބާރުއެޅުއްވުމާ ގުޅިގެންނެވެ.

އިޓަލީގެ އެންމެ އިސް ޑިޕްލޮމޭޓް އެންޓޯނިއޯ ޓަޖާނީ ހޯމަ ދުވަހު ވިދާޅުވީ، މި ހަފުތާގެ ފަހުކޮޅު ބްރަސަލްސް ގައި ބާއްވާ ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، އެހެން ބައިވެރިންނާ ގުޅިގެން މި ހުށަހެޅުން ހުށަހަޅުއްވާނެ ކަމަށެވެ.

އިރާނުގައި ކުރިއަށްދިޔަ މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމާ ގުޅިގެން، އެ ގައުމަށް ވަނީ ބައިނަލްއަގުވާމީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ތެހެރާންގެ ގްރޭންޑް ބާޒާރު ގައި އިގްތިސާދީ ދަތިތަކާ ގުޅިގެން ފެށުނު މި މުޒާހަރާތައް، މުޅި ގައުމަށް ފެތުރިގެންދިޔަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ސިޔާސީ ބަދަލުތަކަށް ގޮވާލަން ފެށުމާއެކު، މިއީ 1979 ވަނަ އަހަރުގެ ފަހުން އިރާނުގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށް ވެގެންދިޔަ އެވެ.

މި މަހުގެ ކުރީކޮޅު މުޒާހަރާތައް މަޑުޖެހިފައިވާއިރު، އިރާނުގެ ސަލާމަތީ ބާރުތަކުން ވަނީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު ހިންގި އެންމެ ލޭއޮހޮރުވުން ބޮޑު އޮޕަރޭޝަނުގައި ބާރުގެ ބޭނުންކޮށްގެން މި ހަރަކާތްތައް ހުއްޓުވާފަ އެވެ.

އިރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުން ވަނީ އިޓަލީން އިރާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕައޮލޯ އަމަޑޭއީ ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށްފަ އެވެ. އަދި އިޓަލީގެ ފޮރިން މިނިސްޓަރު ޓަޖާނީގެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށް، ވިލާތުގެ އިއްތިހާދުން މި ފިޔަވަޅު އަޅައިފިނަމަ އޭގެ ނަތީޖާ ވަރަށް ނުރައްކާތެރިވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މީގެ އިތުރުން، އިރާނާ މެދު ގެންގުޅޭ ނުބައި ސިޔާސަތުތަކާ މެދު އަލުން ވިސްނުމަށް އިރާނުގެ ޚާރިޖީ ވުޒާރާ އިން އިޓަލީގެ ސަރުކާރަށް ގޮވާލާފައިވާ ކަމަށްވެސް އިރްނާ އިން ރިޕޯޓްކޮށްފައިވެއެވެ.

އީރާންއައިއާރުޖީސީޔޫރަޕިއަން ޔޫނިއަންއިޓަލީއެންޓޯނިއޯ ޓަޖާނީބްރަސެލްސްއީޔޫ-އީރާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2026

އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީ ގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމަށް އެ ގައުމުން އަންގައިފި

26 ޖެނުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީ ގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމަށް އެ ގައުމުން އަންގައިފި
26 ޖެނުއަރީ 2026

އީރާނަށް ދޭ ކޮންމެ ހަމަލާއަކީ ހިޒްބުﷲ އަށް ވެސް އަމާޒުކުރެވޭ ހަމަލާއެއް ކަމަށް އެ ޖަމާއަތުގެ ވެރިޔާ ވިދާޅުވެއްޖެ

26 ޖެނުއަރީ 2026
އީރާނަށް ދޭ ކޮންމެ ހަމަލާއަކީ ހިޒްބުﷲ އަށް ވެސް އަމާޒުކުރެވޭ ހަމަލާއެއް ކަމަށް އެ ޖަމާއަތުގެ ވެރިޔާ ވިދާޅުވެއްޖެ
26 ޖެނުއަރީ 2026

ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި

26 ޖެނުއަރީ 2026
ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި
26 ޖެނުއަރީ 2026

އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި

26 ޖެނުއަރީ 2026
އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި
26 ޖެނުއަރީ 2026

އެމެރިކާގެ ލަޝްކަރު އީރާނާ ގާތައް - ހޫނުވަމުންދާ މަސްރަހާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް؟

26 ޖެނުއަރީ 2026
އެމެރިކާގެ ލަޝްކަރު އީރާނާ ގާތައް - ހޫނުވަމުންދާ މަސްރަހާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް؟
26 ޖެނުއަރީ 2026

ރަޝިޔާ އިން ކަލާސް އާ ވާހަކަ އެއް ނުދައްކާނެ، މަޑު ކުރަނީ އޭނާ މަގާމުން ވަކިވަންދެން

26 ޖެނުއަރީ 2026
ރަޝިޔާ އިން ކަލާސް އާ ވާހަކަ އެއް ނުދައްކާނެ، މަޑު ކުރަނީ އޭނާ މަގާމުން ވަކިވަންދެން
26 ޖެނުއަރީ 2026

އިރާގުގެ ކަތާއިބު ހިޒްބުﷲ އިން އީރާނުގެ ދިފާއުގައި "ހަނގުރާމަ އަށް ތައްޔާރުވުމަށް" ދުނިޔޭގެ ކަންކޮޅުތަކުގެ މުޖާހިދުންނަށް ގޮވާލައިފި

26 ޖެނުއަރީ 2026
އިރާގުގެ ކަތާއިބު ހިޒްބުﷲ އިން އީރާނުގެ ދިފާއުގައި "ހަނގުރާމަ އަށް ތައްޔާރުވުމަށް" ދުނިޔޭގެ ކަންކޮޅުތަކުގެ މުޖާހިދުންނަށް ގޮވާލައިފި
25 ޖެނުއަރީ 2026

އީރާނުގެ ވެރިރަށް ތެހެރާނުގެ އިންގިލާބީ މައިދާނުގައި އާދީއްތަ ދުވަހު ހާމަ ކުރި ބޮޑު ކުރެހުމަކުން، އީރާނަށް އަސްކަރީ ހަމަލާ އެއް ނުދިނުމަށް އެމެރިކާ އަށް ސީދާ އިންޒާރެއް ދީފި

25 ޖެނުއަރީ 2026
އީރާނުގެ ވެރިރަށް ތެހެރާނުގެ އިންގިލާބީ މައިދާނުގައި އާދީއްތަ ދުވަހު ހާމަ ކުރި ބޮޑު ކުރެހުމަކުން، އީރާނަށް އަސްކަރީ ހަމަލާ އެއް ނުދިނުމަށް އެމެރިކާ އަށް ސީދާ އިންޒާރެއް ދީފި
23 ޖެނުއަރީ 2026

އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ

23 ޖެނުއަރީ 2026
އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ
21 ޖެނުއަރީ 2026

ވިލާތުގެ އިއްތިހާދުގެ އިސް ބޭފުޅުން އިންޑިއާ އަށް!

21 ޖެނުއަރީ 2026
ވިލާތުގެ އިއްތިހާދުގެ އިސް ބޭފުޅުން އިންޑިއާ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް