Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު

22 ޖެނުއަރީ 2026 | ބުރާސްފަތި 14:40

އީރާނުގެ އިސްލާމީ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ޗީފް ކޮމާންޑަރު އެމެރިކާއާއި އިޒްރޭލަށް އިންޒާރުދެއްވައި ވިދާޅުވީ އެފަރާތްތަކުން ގޯސް ހިސާބެއް ޖަހައިފިނަމަ ހިތްދަތި ނަތީޖާއަކާ ކުރިމަތިލާނެ ކަމަށް.

ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 14:40
އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސްގެ ޗީފް ކޮމާންޑަރ މޭޖަރ ޖެނެރަލް މުޙައްމަދު ޕަކްޕޯ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސްގެ ޗީފް ކޮމާންޑަރ މޭޖަރ ޖެނެރަލް މުޙައްމަދު ޕަކްޕޯ. | ޕްރެސްޓީވީ

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން ކަމަށާއި، ނުބައި ހިސާބެއް ހަދައިގެން ގޯހެއް ނުހެއްދުމަށް އީރާނުގެ ޗީފް ކޮމާންޑަރު އެމެރިކާ އަށާއި އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އީރާނުގެ އިސްލާމީ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޗީފް ކޮމާންޑަރު، ދުޝްމަނުންނަށް އިންޒާރު ދެއްވަމުން ވިދާޅުވީ، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ އަމުރުފުޅުތައް ތަންފީޒު ކުރުމަށްޓަކައި އެ ގައުމުގެ ސިފައިން ތިބީ  ކޮންމެ ވަގުތަކު ވެސް ހަމަލާދޭން ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ.

މޭޖަރ ޖެނެރަލް މުޙައްމަދު ޕަކްޕޯ ބުރާސްފަތި ދުވަހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މުޖުރިމު، ނުލަފާ އަދި އިންސާނިއްޔަތާ ޚިލާފު ދުޝްމަނުން، ޚާއްޞަކޮށް އެމެރިކާ އާއި ނަސްލީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ ފޭކް ޒަޔަނިސްޓް އިސްތިޢުމާރީ ބާރުން، ތާރީޚީ ތަޖުރިބާތަކުންނާއި ޖޫން މަހުގެ 12 ދުވަހުގެ ހަނގުރާމައިގައި ކުރިމަތިވި ކަންކަމުން ފިލާވަޅު ލިބިގަންނަން ޖެހޭނެ ކަމަށެވެ. އަދި ހިސާބުތައް ޖެހުމުގައި އެފަރާތްތަކުން އެއްވެސް ގޯހެއް ނުހެދުމަށް އޭނާ ގޮވާލެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެފަރާތްތަކުން އެއްވެސް ގޯސް ހިސާބެއް ޖަހައިފި ނަމަ، އެބައިމީހުންނަށް ކުރިމަތި ވާނީ މާ ހިތްދަތި އަދި މާ ބޮޑަށް ހިތާމަކުރަން ޖެހޭ ފަދަ ނަތީޖާއަކާ ކަމަށެވެ.

އެމެރިކާ އާއި ޒަޔަނިސްޓުންގެ ދެކޮޅުވެރިކަމާއި ނުބައި އަމަލުތަކުން ޤައުމު ސަލާމަތްކުރުމަށާއި، ދިފާޢީ ބާރު ވަރުގަދަކުރުމަށް އައި.އާރު.ޖީ.ސީ އިން ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑިސެމްބަރު މަހުގެ ފަހުކޮޅު އީރާނުގައި އިޤްތިޞާދީ ދަތިތަކާ ގުޅިގެން ފެށުނު މުޒާހަރާތައް، އެމެރިކާ އާއި އިޒްރޭލުގެ ލީޑަރުންގެ ހިތްވަރު ދިނުމާ އެކު ހަމަނުޖެހުން ހިންގާ ބަޔަކު ވަނީ މުޒާހަރާތައް އަމިއްލަ މަންފާ އަށް ބަދަލުކޮށްލާފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދައުލަތުގެ މުއައްސަސާތައް ހިފުމަށް ހަތިޔާރު އެޅި ހަމަނުޖެހުން ހިންގާ މީހުންނަށް ފާޅުގައި ގޮވާލައްވައި، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ "ވޯލް ސްޓްރީޓް ޖާނަލް" ގައި ލިޔުއްވާފައިވާ ގޮތުގައި، ޓްރަމްޕްގެ އިންޒާރުތަކަކީ އިޒްރޭލުގެ ފަރާތުން އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް ވައްދައި، "ބޮޑު ލޭއޮހޮރުވުމެއް" ހިންގުމަށްޓަކައި ޓެރަރިސްޓް ޖަމާޢަތްތަކަށް ދިން ހިތްވަރެކެވެ.

އީރާނުގެ ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާ އާއި އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން އަޑީގައި ތިބެގެން ހިންގި މި "ނުލަފާ ޢަމަލުތަކުގައި" އާންމުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭހެން 2,427 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި ހަމަނުޖެހުންތަކުގެ ތެރޭގައި އިތުރު 690 މީހުން މަރުވެ، ޖުމްލަ 3,117 މީހުން މަރުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އީރާން-އެމެރިކާއީރާން-އިސްރާއީލުއާޔަތުﷲ އަލީ ޚާމަނާއީއީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްއައްބާސް އަރަގްޗީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި

31 ޖުލައި 2026
އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި
30 ޖުލައި 2026

އީރާނު ހަނގުރާމައިގެ މަގްސަދާ ބެހޭ ގޮތުން ސަރުކާރުގެ އިސްވެރިންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ، ހަޑިހުތުރު ބަހުން މުޚާތަބު ކުރައްވައި އަޑުގަދަކުރައްވައިފި

އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

30 ޖުލައި 2026
އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި
30 ޖުލައި 2026

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

30 ޖުލައި 2026
އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ
30 ޖުލައި 2026

އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

30 ޖުލައި 2026
އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
30 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި ދެ ތެޔޮ ޓޭންކަރެއް އީރާން އިން ހުއްޓުވައިފި

30 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި ދެ ތެޔޮ ޓޭންކަރެއް އީރާން އިން ހުއްޓުވައިފި
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖުލައި 2026

އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި

29 ޖުލައި 2026
އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި
29 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

29 ޖުލައި 2026
އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް