Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

ތެހެރާނު ގައި ބޭއްވި ހުކުރު ނަމާދުގެ ބޮޑު ޖަމާއަތެއްގައި ވާހަކަދައްކަވަމުން، އިމާމް މުހައްމަދު ޖަވާދު ހާޖީ އަލީ އަކްބަރީ ވިދާޅުވީ، "ކަލޭމެން މި ސަރަހައްދުގައި އިންވެސްޓްކޮށްފައިވާ އެއް ޓްރިލިއަން ޑޮލަރަކީ އަހަރެމެންގެ މިސައިލްތަކުގެ ފާރަވެރިކަމުގެ ދަށުގައިވާ ތަކެތި" ކަމަށް.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 08:16
މުހައްމަދު ޖަވާދު ހައްޖު އަލީ އަކްބަރީ - ތެހެރާން ގެ އިމާމް

މުހައްމަދު ޖަވާދު ހައްޖު އަލީ އަކްބަރީ - ތެހެރާން ގެ އިމާމް | ރޮއިޓަސް

އީރާނަށް ހަމަލާ އެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އީރާނުގެ ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި އެވެ.

އީރާނުގެ ނުފޫޒުގަދަ ދީނީ އިލްމުވެރިއަކު ހުކުރު ދުވަހު އިންޒާރު ދެއްވި ގޮތުގައި، އިސްލާމީ ޖުމްހޫރިއްޔާއަށް އެމެރިކާއިން އެއްވެސް ހަމަލާއެއް ދީފިނަމަ، ބަދަލުހިފުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި އެމެރިކާއާ ގުޅުންހުރި އިންވެސްޓްމަންޓްތަކަށް އީރާނުން ހަމަލާ ދީފާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނާ ދިމާލަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް ދަތުރުކުރަމުންދާ ކަމަށާއި، ނަމަވެސް އެތަކެތީގެ ބޭނުން ކުރަން ނުޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން، މުޒާހަރާކުރާ މީހުން މެރުމާއި ނިއުކްލިއާ ޕްރޮގްރާމް އަލުން ފެށުމާ ދެކޮޅަށް އޭނާ ވަނީ ތެހެރާނަށް ދެއްވާ އިންޒާރުތައް އާކުރައްވާފަ އެވެ.

ތެހެރާނު ގައި ބޭއްވި ހުކުރު ނަމާދުގެ ބޮޑު ޖަމާއަތެއްގައި ވާހަކަދައްކަވަމުން، އިމާމް މުހައްމަދު ޖަވާދު ހައްޖު އަލީ އަކްބަރީ ވިދާޅުވީ، "ކަލޭމެން މި ސަރަހައްދުގައި އިންވެސްޓްކޮށްފައިވާ އެއް ޓްރިލިއަން ޑޮލަރަކީ އަހަރެމެންގެ މިސައިލްތަކުގެ ފާރަވެރިކަމުގެ ދަށުގައިވާ ތަކެތި" ކަމަށެވެ. ނަމަވެސް އޭނާ އިޝާރާތް ކުރެއްވީ ސީދާ ކޮން އިންވެސްޓްމަންޓްތަކަކަށް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

މީގެ އިތުރުން، ފަހަކަށް އައިސް އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި 800 މީހެއްގެ މަރުގެ އަދަބު ދިނުން އީރާނުން ހުއްޓާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަ، އީރާނުގެ ޕްރޮސިކިއުޓާ ޖެނެރަލް މުހައްމަދު މުވައްހިދީ ވަނީ ދޮގުކުރައްވާފަ އެވެ. މުވައްހިދީ ވިދާޅުވި ގޮތުގައި އެއީ މުޅިން ދޮގު ވާހަކައެކެވެ. އެފަދަ އަދަދެއްގެ ބަޔަކު ނެތް ކަމަށާއި، އަދި އަދުލު އިންސާފުގެ ދާއިރާއިން އެފަދަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވެސް މިދިޔަ ހަފުތާގައި ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މުޒާހަރާތަކާ ގުޅިގެން އެއްވެސް މީހަކު ދަންޖެއްސުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްމުހައްމަދު ޖަވާދު ހައްޖު އަލީ އަކްބަރީއައްބާސް އަރަގްޗީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް އީރާނުގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

ގްރީންލޭންޑާ ގުޅޭ ގޮތުން ޓްރަމްޕް އާއި، ނޭޓޯގެ މަޝްވަރާގެ ތަފްސީލެއް ފްރާންސް އަކަށް ނުލިބޭ

24 ޖެނުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

ޓްރަމްޕްގެ ބޯޑު އޮފް ޕީސްގައި ބައިވެރި ނުވާން ސްޕެއިން އިން ނިންމައިފި

24 ޖެނުއަރީ 2026
އީރާނަށް އެމެރިކާގެ އިންޒާރު - އީރާނަށް އެނގެންޖެހޭ ވަގުތު ޖެހުމުން އެކަން އެނގޭނެ: ހަކަބީ

އީރާނަށް އެމެރިކާގެ އިންޒާރު - އީރާނަށް އެނގެންޖެހޭ ވަގުތު ޖެހުމުން އެކަން އެނގޭނެ: ހަކަބީ

23 ޖެނުއަރީ 2026
އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ

އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ

23 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު