Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާ އާ މަޝްވަރާ ކުރަން އެދި ހުށަހަޅާފަ އެއް ނޯންނާނެ: އީރާނުގެ ޚާރިޖީ ވަޒީރު

28 ޖެނުއަރީ 2026 | ބުދަ 10:02

އީރާނުގެ ޚާރިޖީ ވަޒީރު އަރަގްޗީ ވިދާޅުވީ ބިރުދެއްކުންތަކާއި މަޝްވަރާއަކީ އެކުގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި ވާހަކަ ދެއްކޭނީ ބިރުދެއްކުން ހުއްޓާލުމުން ކަމަށް.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 10:02
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ. | އޭއެފްޕީ

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއާ ފާއިތުވި ދުވަސްތަކުގައި އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާ ކަމަށާއި، މަޝްވަރާއަކަށް އެދިވަޑައިގެންފައި ނުވާނެ ކަމަށް ބުދަ ދުވަހު އެގައުމުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވީ، އަސްކަރީ މަނަވަރުތަކުގެ އިތުރު ފައުޖެއް އީރާނާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށާއި، އީރާނުން އެމެރިކާ އާ އެކު އެއްބަސްވުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

1979 ގެ އިސްލާމީ އިންގިލާބަށްފަހު އީރާނުގައި ހިނގި އެންމެ ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކަށް މަގުފަހިވި މުޒާހަރާތަކާ ގުޅިގެން، އެމެރިކާ އިން ވަނީ ގަލްފް ސަރަހައްދުގައި އެގައުމުގެ އަސްކަރީ ބާރުތައް ވަރުގަދަކޮށްފަ އެވެ.

"ފާއިތުވި ދުވަސްތަކުގައި އަޅުގަނޑާއި ވިޓްކޮފްއާ ދެމެދު އެއްވެސް މުއާމަލާތެއް ހިނގާފައެއް ނުވޭ. އަދި މަޝްވަރާއަކަށް އެދި އަޅުގަނޑުމެން ހުށަހަޅާފަ އެއް ވެސް ނޯންނާނެ،" އަރަގްޗީ ވިދާޅުވި އެވެ. ނަމަވެސް، އެކި މެދުވެރިން މެދުވެރިކޮށް މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، އެ ފަރާތްތަކުން ތެހެރާނާ ގުޅުން ބާއްވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ސިޔާސަތަކީ ސާފު ސިޔާސަތެއް ކަމަށާއި، ބިރުދެއްކުންތަކާއި މަޝްވަރާއަކީ އެކުގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ވާހަކަ ދެއްކޭނީ ބިރުދެއްކުމާއި ނުޙައްގު ޑިމާންޑްތައް ކުރިމަތިކުރުން ހުއްޓާލުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާ އަންގާރަ ދުވަހު ފޯނުން ދެއްކެވި ވާހަކަފުޅު ގައި ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިމުގެ ތެރެއިން ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް ތެހެރާނުން މަރުހަބާ ކިޔާނެ ކަމަށެވެ.

އައްބާސް އަރަގްޗީއީރާން-އެމެރިކާއީރާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
28 ޖެނުއަރީ 2026

އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

28 ޖެނުއަރީ 2026
އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި
28 ޖެނުއަރީ 2026

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ
28 ޖެނުއަރީ 2026

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

28 ޖެނުއަރީ 2026
އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން
27 ޖެނުއަރީ 2026

ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް އޮތް ހަމައެކަނި ޔަގީން ކަމަކީ އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމާއި ގުޅުން ދެމެހެއްޓުން ކަމަށް އީރާނުގެ ރައީސް ސައުދީ ވަލީ އަހުދަށް ދަންނަވައިފި

އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ

27 ޖެނުއަރީ 2026
އިރާނުން އީޔޫ އަށް އިންޒާރު - އައި.އާރް.ޖީ.ސީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފި ނަމަ ނަތީޖާ ހިތިވާނެ
26 ޖެނުއަރީ 2026

އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީ ގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމަށް އެ ގައުމުން އަންގައިފި

26 ޖެނުއަރީ 2026
އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީ ގެ އެއްވެސް ސަރަހައްދެއް ބޭނުން ކުރަން ހުއްދަ ނުދޭނެ ކަމަށް އެ ގައުމުން އަންގައިފި
26 ޖެނުއަރީ 2026

އީރާނަށް ދޭ ކޮންމެ ހަމަލާއަކީ ހިޒްބުﷲ އަށް ވެސް އަމާޒުކުރެވޭ ހަމަލާއެއް ކަމަށް އެ ޖަމާއަތުގެ ވެރިޔާ ވިދާޅުވެއްޖެ

26 ޖެނުއަރީ 2026
އީރާނަށް ދޭ ކޮންމެ ހަމަލާއަކީ ހިޒްބުﷲ އަށް ވެސް އަމާޒުކުރެވޭ ހަމަލާއެއް ކަމަށް އެ ޖަމާއަތުގެ ވެރިޔާ ވިދާޅުވެއްޖެ
26 ޖެނުއަރީ 2026

ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި

26 ޖެނުއަރީ 2026
ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި
26 ޖެނުއަރީ 2026

އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި

26 ޖެނުއަރީ 2026
އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް