Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލް

އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ

އިޒްރޭލުގެ ކުރީގެ ވަޒީރު އަވިގްޑޯ ލީބާމަން ވިދާޅުވީ އީރާނުގެ މިސައިލް ހަމަލާތަކުން އިޒްރޭލުގެ މުހިންމު އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ލެބޯޓްރީތައް ސުންނާފަތިކޮށްލާފައިވާ ކަމަށް.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 09:48
އިޒްރޭލުގެ ކުރީގެ މިނިސްޓަރ އަވިގްޑޯރ ލިބަރމަން

އިޒްރޭލުގެ ކުރީގެ މިނިސްޓަރ އަވިގްޑޯރ ލިބަރމަން | ގެޓީ އިމޭޖަސް

މިދިޔަ ޖޫން މަހު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކުގައި އިޒްރޭލުގެ "ސްޓްރެޓީޖިކް" ނުވަތަ އެންމެ މުހިންމު އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އިޒްރޭލުގެ ކުރީގެ މިލިޓަރީ އެފެއާޒް މިނިސްޓަރު އަވިގްޑޯރ ލިބަރމަން އެއްބަސްވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ވާހަކަދައްކަމުން ލިބަރމަން ބުނީ، "ދުނިޔޭގެ އެންމެ މޮޅު ވައިގެ ސިފައިން ތިބީ އަހަރެމެންގެ އަތުގައި ކަމަށްވީ ނަމަވެސް، ހަމައެއާއެކު އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ (އިމާދު-1، ޝަހާބް-3، އަދި ޚައްރަމްޝަހަރު ފަދަ މިސައިލްތަކުގެ) ހަގީގީ ބާރު ފެނިއްޖެ؛" ކަމަށެވެ.

އިޒްރޭލުގެ ކުރީގެ ވަޒީރު އިތުރަށް ފާހަގަކުރި ގޮތުގައި، އީރާނުން ވަނީ އިޒްރޭލުގެ މުހިންމު އަމާޒުތަކަށް ހަމަލާދީފަ އެވެ. މިކަމުގެ ތަފްސީލަށް ދާން ބޭނުންނުވާ ކަމަށާއި، މިވަގުތު އިތުރު ތަފްސީލު ދެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

"އީރާނުން ވަނީ އަހަރެމެންގެ ލެބޯޓްރީތަކާއި، އެތައް އަހަރެއް ވަންދެން އެއްކޮށްފައިވާ ހުރިހާ ދިރާސާތަކާއި މަސައްކަތުގެ ނަތީޖާތައް އެއްކޮށް ސުންނާފަތިކޮށްލާފައި؛" ލިބަރމަން ބުންޏެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބަދަލުހިފުމުގެ ގޮތުން 'އޮޕަރޭޝަން ޓްރޫ ޕްރޮމިސް III' ފެށީ 2025 ޖޫން 13 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މިއީ އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި، އަސްކަރީ އިންފްރާސްޓްރަކްޗަރ އަދި ތެހެރާނާއި އެހެނިހެން ސިޓީތަކުގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ދިން ވަރުގަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިޒްރޭލުން ވަނީ އީރާނުގެ އަސްކަރީ އިސް ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންސްވެރިން އަވަހާރަކޮށްލާފަ އެވެ. އަދި އެ ލާއިންސާނީ އަމަލުތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށްލާފައިވެ އެވެ.

އީރާނުގެ އެންމެ ފަހުގެ އޮޕަރޭޝަންގައި، އިޒްރޭލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އައި.އާރް.ޖީ.ސީ އިން ވަނީ ފުޅާދާއިރާއެއްގައި މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފަ އެވެ.

ލިބަރމަން އިތުރަށް ބުނީ، "އީރާނުން ވަނީ މުހިންމު އަމާޒުތަކަށް ހަމަލާދީފައި، އަދި އަހަރެމެން މިވަގުތު ތިބީ ދިފާއީ ގޮތުން ތައްޔާރަކަށް ނޫން؛" ކަމަށެވެ.

"ދިފާއީ ދާއިރާ އިން އަހަރެމެން ތައްޔާރު ނޫން ކަމަށްވާތީ، އީރާނަށް ދޭން އުޅޭ ހަމަލާ ފަސްކުރުމަށް ނަތަންޔާހޫ ވަނީ ޓްރަމްޕްގެ ކިބައިން އެދިފައި؛" އޭނާ ބުންޏެވެ.

ހުޅަނގުގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން އީރާނަށް ދޭން ރާވާފައިވާ އަސްކަރީ ހަމަލާ ފަސްކުރުމަށް އެދިފަ އެވެ.

އިޒްރޭލުގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި، ނަތަންޔާހޫ އެގޮތަށް އެދުމުގެ ފަހަތުގައި އެކި ސަބަބުތައް ހުރުން އެކަށީގެންވެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، ނަތަންޔާހޫ މިކަމަށް ފަސްޖެހުމުން އެނގެނީ އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުގައި އާ ބޮޑެތި ބާގަނޑުތަކެއް ހުރިކަމެވެ. އަދި އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާއަކަށް ކުރިމަތިލުމުގެ ގާބިލުކަން އިޒްރޭލުގެ ކިބައިގައި ނެތް ކަމެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް، މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ ވަރުގަދަ ރައްދެއް ލިބޭނެ އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިޢުކުރި ލިޔުމެއްގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ، ނާކާމިޔާބުވެފައިވާ އުދުވާނުތަކާއި އީރާނު ހަލަބޮލިކުރުމަށް ކުރި މަސައްކަތްތަކަށްފަހު، އެމެރިކާގެ ސިޔާސަތުތަކަށް އަސާސީ ބަދަލެއް ގެނައުމަށް ގޮވާލައްވާފަ އެވެ.

އަރަގްޗީ ވިދާޅުވީ އޭނާ "ހަނގުރާމައަށް ނަފުރަތުކުރާ" ކަމަށެވެ. ނަމަވެސް، އަލުން އަސްކަރީ ކުރިމަތިލުމަކަށް އިޒްރޭލުން މަސައްކަތްކޮށްފި ނަމަ އެކަމުގެ ނުރައްކާ ބޮޑުވާނެ ކަމަށް އިންޒާރު ދެއްވިއެވެ.

2025 ވަނަ އަހަރުގެ މެދުތެރޭގައި އީރާނުން ދެއްކި ކެތްތެރިކަމާ ޚިލާފަށް، އީރާނުގެ އަސްކަރިއްޔާއިން މިހާރު "އަތުގައި ހުރި ހުރިހާ ބާރެއް ބޭނުންކޮށްގެން ރައްދު ހަމަލާ ދިނުމަށް އެއްވެސް ޖެހިލުމެއް ނުވާނެ" ކަމަށް އަރަގްޗީ ވިދާޅުވި އެވެ.

އަދި އިޒްރޭލުގެ ހަނގުރާމަ އަށް ލޯބިކުރާ ފަރާތްތަކުން ދައްކާ ވާހަކަތައް އޭނާ ބަލައިނުގަންނަވާ ކަމަށާއި، މިފަދަ ކުރިމަތިލުމެއް ވެގެންދާނީ މުޅި ސަރަހައްދު ބަނދެލާނެ، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާންމުންނަށް އޭގެ އަސަރު ފޯރާނެ، ވަރަށް "ނުރައްކާތެރި" އަދި ދިގުދެމިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ އޭނާ އިންޒާރު ދެއްވި އެވެ.

އީރާން-އިޒްރޭލްއަވިގްޑޯ ލީބާމަންއޮޕަރޭޝަން ޓްރޫ ޕްރޮމިސްއައިއާރުޖީސީބެންޖަމިން ނަތަންޔާހޫއައްބާސް އަރަގްޗީ

ކޮމެންޓް

އިތުރަށް ކިޔާލަން

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު

22 ޖެނުއަރީ 2026
އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި

އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި

21 ޖެނުއަރީ 2026
ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

19 ޖެނުއަރީ 2026
ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު