Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޑޮލަރުގެ އަގު

ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށް ފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފި

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ އެމެރިކާ އިން ޑޮލަރު ވަރުގަދަކުރުމުގެ ސިޔާސަތު ގެންގުޅޭ ކަމަށާ، ޖަޕާނުގެ ފައިސާގެ ބާޒާރަށް އެމެރިކާ އިން ނުފޫޒު ނުފޯރުވާ ކަމަށް. މި ވާހަކަތަކުން އިންވެސްޓަރުންގެ ކަންބޮޑުވުންތަކަށް ތަސައްލީ ލިބުނު ނަމަވެސް، ޓްރަމްޕްގެ ކުއްލި ނިންމުންތަކާއި ފެޑަރަލް ރިޒާވަށް ކުރިމަތި ކުރާ ފިއްތުންތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން އެމެރިކާގެ މުދަލާއި ހިއްސާ ގަތުމަށް ފަސްޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވޭ.

ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 07:45
މަނީ އެކްސްޗޭންޖް އައުޓްލެޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެމެރިކާ ޑޮލަރުގެ ނޫޓުތަކެއް ދައްކާލަނީ.

މަނީ އެކްސްޗޭންޖް އައުޓްލެޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެމެރިކާ ޑޮލަރުގެ ނޫޓުތަކެއް ދައްކާލަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، އެމެރިކާގެ ސަރުކާރުން އެމެރިކާ ޑޮލަރު ވަރުގަދަ ފައިސާއަކަށް ހެދުމަށް ތާއީދުކުރާކަމަށް ވިދާޅުވުމާ ގުޅިގެން، ފާއިތުވި ހަފުތާގައި ޑޮލަރުގެ އަގު މެދުކެނޑުމެއްނެތި ދަށަށް ދިއުން ހުއްޓި، ނޮވެމްބަރު މަހަށްފަހު އެއް ދުވަސް ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ބްލޫމްބާގް ޑޮލަރު އިންޑެކްސް ގައި އެމެރިކާ ޑޮލަރު 0.4 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މިއީ ފާއިތުވި ހަތަރު ދުވަހު ޑޮލަރުގެ އަގަށް އައި ބޮޑު ހީނަރުކަމުން އަރައިގަތުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

އިޤްތިޞާދު ރަނގަޅުވަމުންދާ ކަމުގެ ނިޝާންތަކާ އެކު، ސެޕްޓެމްބަރު މަހުން ފެށިގެން ތިން ފަހަރެއްގެ މަތިން އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ފަހު، އެމެރިކާގެ ފެޑަރަލް ރިޒާވުން ބުދަ ދުވަހު އިންޓްރެސްޓް ރޭޓަށް ބަދަލެއް ނުގެނައުމަށް ނިންމުމުން ޑޮލަރުގެ އަގު މިހާރު ވަނީ ހިފެހެއްޓިފަ އެވެ.

މިއީ އަންގާރަ ދުވަހު ދުނިޔޭގެ މައި ރިޒާވް ފައިސާގެ އަގު ދަށަށް ދިއުމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަޖެހުން ފާޅުކުރެއްވުމާ ގުޅިގެން ކުރިމަތިވި ހީނަރުކަމަށް ލިބުނު ހައްލެކެވެ. ޓްރަމްޕްގެ އެ ވާހަކަތަކާއެކު ޑޮލަރުގެ އަގު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެންމެ ދަށްވި މިންވަރަށް ވެއްޓި، ޓްރެޜަރީ މާކެޓަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށް، ދިގު މުއްދަތުގެ ޔީލްޑްތައް ވަނީ މަތިވެފަ އެވެ.

ސީ.އެން.ބީ.ސީ އަށް ދެއްވި ބަސްދީގަތުމެއްގައި ބެސެންޓް ވިދާޅުވީ، އެމެރިކާ އިން އަބަދު ވެސް ގެންގުޅެނީ ޑޮލަރު ވަރުގަދަ ކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި ޖަޕާނުގެ ފައިސާގެ ބާޒާރަށް އެމެރިކާ އިން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވަމުން ނުދާ ކަމަށް ވިދާޅުވެ، ހުކުރު ދުވަހުން ފެށިގެން ދެކެވެމުންދިޔަ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ.

"ބެސެންޓްގެ ވާހަކަތަކުން އިންވެސްޓަރުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބުނު،" މެނޫލައިފް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ސީނިއާ ގްލޯބަލް މެކްރޯ އެނަލިސްޓް އެރިކާ ކެމިލޭރީ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި ވާހަކަތަކުގެ ސަބަބުން ސަރުކާރުގެ ފައިސާގެ ސިޔާސަތަށް އޮތް އިތުބާރު އަލުން އާވެގެން ދިޔަ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ 10 ފައިސާގެ ތެރެއިން 7 ފައިސާއާ އަޅާ ބަލާއިރު ޑޮލަރުގެ އަގު މިހާރު ވަނީ އުފުލިފަ އެވެ. މީގެ ތެރޭގައި 0.75 އިންސައްތަ ދަށްވި ޖަޕާނު ޔެން ވެސް ހިމެނެ އެވެ.

ނަމަވެސް، ޓްރެޜަރީ ސެކްރެޓަރީގެ މި ވާހަކަތަކާއެކު ވެސް، މި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑޮލަރުގެ އަގު އަދިވެސް އޮތީ 1 އިންސައްތަ ދަށުގަ އެވެ. ޖަޕާނުގެ އޮފިޝަލުން އެގައުމުގެ ފައިސާ ވަރުގަދަކުރަން މަސައްކަތް ކުރާނެ ކަމަށް ބެލެވުމާ ގުޅިގެން ޔެންގެ އަގު އުފުލުމަކީ ޑޮލަރު ބަލިކަށިވުމަށް ދިމާވި މައިގަނޑު ސަބަބެކެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޓްރަމްޕްގެ އާދަޔާ ހިލާފު ކުއްލި ނިންމުންތަކާއި، އިންޓްރެސްޓް ރޭޓް ދަށްކުރަން ފެޑަރަލް ރިޒާވަށް ކުރިމަތިކުރާ ފިއްތުންތަކުގެ އިތުރުން، ގައުމުގެ މާލީ ހާލަތު ގޯސްވެދާނެ ފަދަ ޓެކްސް ކުޑަކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މީގެ ސަބަބުން ބޭރުގެ އިންވެސްޓަރުން އެމެރިކާގެ މުދަލާއި ހިއްސާ ގަތުމަށް ފަސްޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ޑޮލަރުގެ އަގު ދަށަށް ދިއުން ދިގުލުން

ބައެއް އެނަލިސްޓުން އިންޒާރު ދޭ ގޮތުގައި، އަންގާރަ ދުވަހު ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ފަހު ޑޮލަރުގެ އަގު ދިގު މުއްދަތަކަށް ބަލާއިރު ދަށަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ފާއިތުވި 2017 ވަނަ އަހަރަށްފަހު ޑޮލަރުގެ އަގު އެންމެ ބޮޑަށް ދަށަށް ދިޔައީ މިދިޔަ އަހަރު އެވެ. އެއީ 8 އިންސައްތައިގެ ދަށްވުމެކެވެ.

އައިއޯވާ ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، ޑޮލަރުގެ އަގު ދަށަށް ދިއުމަކީ އެމެރިކާގެ ވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު ފައިދާ އެއް ކަމަށެވެ. މިއީ މީގެ ކުރިން ވެސް އެމެރިކާގެ އޮފިޝަލުން ދައްކަވާފައިވާ ވާހަކައަކަށް ވީ ނަމަވެސް، މި ފަހަރު މި ވާހަކަތަކުގެ ސަބަބުން މާކެޓަށް ބޮޑު އަސަރެއް ކުރީ، ޑޮލަރުގެ އަގު ވެއްޓެމުން ދިޔަ ދަނޑިވަޅެއްގައި އެކަމަށް ރައީސް ތާއީދު ކުރެއްވުމުންނެވެ.

ސްކޮޓް ބެސެންޓްއެމެރިކާ ޑޮލަރުރައީސް ޑޮނަލްޑް ޓްރަމްޕްފެޑެރަލް ރިޒާވް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

އެމެރިކާ އިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަނީ: ނުކުމެދާނެ ނަތީޖާތަކަކީ ކޮބައި؟

29 ޖެނުއަރީ 2026
އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

އީރާނުގެ ސަރުކާރުގެ "ދުވަސްތައް މިހާރު ވަނީ ގުނަން ފެށިފައި" ކަމަށް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

ދެން ދޭ ހަމަލާ އެއް ކުރިއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އީރާނަށް އަނެއްކާ ވެސް ވަރުގަދަ އިންޒާރެއް ދެއްވައިފި

28 ޖެނުއަރީ 2026
އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

28 ޖެނުއަރީ 2026
އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު