Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާ މި ދެކެނީ ރަން ޒަމާނެއް، މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ ވަރަށް ގޯސް ވާނެ: ޓްރަމްޕް

ޓްރަމްޕް ވެރިކަން ކުރައްވަމުން އަންނަ ގޮތުން އޭނާގެ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮތްއިރު، ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީ އަށް މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ، ވަރަށް ގިނަ ގޯސް ކަންކަން ވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 09:02
އައިއޯވާގައި ކުރިއަށް ދިޔަ ކެމްޕެއިން ރެލީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ

އައިއޯވާގައި ކުރިއަށް ދިޔަ ކެމްޕެއިން ރެލީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ | ރޮއިޓާސް

މިއަހަރު އޮންނަ އެމެރިކާގެ މިޑް ޓާމް އިންތިޚާބުގައި، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ ބަލިވެއްޖެ ނަމަ ވަރަށް ގޯސް ކަންކަން ވާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

މިނިއަޕޮލިސްގައި ހިނގި އަނިޔާވެރި ހާދިސާ ތަކާއި، އެމެރިކާގެ އިޤްތިޞާދަށް ދިމާވެފައިވާ ގޮންޖެހުން ތަކުގެ ސަބަބުން އާންމު ރައްޔިތުން ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ވަނިކޮށް، އަންގާރަ ދުވަހު ޓްރަމްޕް ވަނީ މިޑް ޓާމް އިންތިޚާބުގެ ކެމްޕެއިން ފައްޓަވައިފަ އެވެ. 

އައިއޯވާގައި އޮތް ކެމްޕެއިން ރެލީއެއްގައި ބައިވެރިވެ ވަޑައިގެން، ޓްރަމްޕް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީ އިން، މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިޚާބުގައި ސެނެޓާއި، ހައުސްގެ މެޖޯރިޓީ ހޯދަން ޖެހޭ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ ޚިޔާލު ހޯދުމުގެ ވޯޓު ތަކުން ދައްކަނީ ޓްރަމްޕްގެ ތާއީދު ދަށްވަމުން އަންނަ ކަމަށެވެ. 

ވެރި ކަމުގެ ދެ ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ޓްރަމްޕް ވިދާޅުވީ އައިއޯވާ އަށް ވަޑައިގެންނެވީ ހަމައެކަނި އެ ސްޓޭޓް ދެކެ ލޯބިވާތީ ނޫން ކަމަށެވެ. އެކަމަކު، މިޑް ޓާމް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކެމްޕެއިން ފެށުމަށް ވަޑައިގެންނެވީ ކަމަށާއި، މިޑް ޓާމް އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް ވެރިކަން ކުރައްވަމުން އަންނަ ގޮތުން އޭނާ ގެ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮތްއިރު، ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީ އަށް މިޑް ޓާމް އިންތިޚާބު ގެއްލިއްޖެ ނަމަ، ވަރަށް ގިނަ ގޯސް ކަންކަން ވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ވާހަކަ ދައްކަމުން އައި ވަރަށް ގިނަ ރަނގަޅު ވާހަކަ ތަކާއި، ރަނގަޅު ކަންކަން ކުރުމުގެ ފުރުސަތު ގެއްލިގެން ދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ކެމްޕެއިން ކުރެއްވުމަށް ޓްރަމްޕް ދެއްކެވި ވާހަކަ އަށް ވުރެ ބޮޑަށް، މިނިސޯޓާގައި މި މަހު ހިނގި ހާދިސާ ތަކަށް ވަނީ މާ ބޮޑު ސަމާލު ކަމެއް ލިބިފަ އެވެ. އެ ސަރަހައްދުގައި އާންމުންގެ ތެރެއިން ދެ މީހަކު މަރުވެފައިވާއިރު، އެކަމާ ދެކޮޅަށް މުޒާރަރާ ވެސް އަންނަނީ ކުރަމުންނެވެ. އެންމެ ފަހުން ދެ ވަނަ މީހަކު މަރާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ފޮކްސް ނިއުސް އަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އައިއޯވާގައި ދެއްކެވި ވާހަކައިގައި އެ ހާދިސާގެ ވާހަކަ އޭނާ ދައްކާވަފައި ނުވެ އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި މިޑް ޓާމް އިންތިޚާބުގެ ކެމްޕެއިންގައި ޓްރަމްޕް ވަރަށް ގިނަ ދަތުރު ތަކެއް ކުރައްްވާނެ އެވެ. އެގޮތުން ކޮންމެ ހަފުތާ އަކު ވެސް، އެކި ހިސާބު ތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ. އެމެރިކާގެ ތާރީޚަށް ބަލާއިރު، މިޑް ޓާމް އިންތިޚާބުގައި ސަރުކާރަށް ނޫނެކޭ ބުނެ ރައްޔިތުން ވޯޓު ދީފައި އެބަ ހުއްޓެވެ. 

އައިއޯވާގައި ވާހަކަ ދައްކަވަމުން އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ މިހާރު ދެކެމުން އަންނަނީ އައު ރަން ޒަމާނެއް ކަމަށެވެ. އެގޮތުން ޤައުމުގައި ތަކެތީގެ އަގު ދަށް ވަމުން އަންނަ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، ވޯޓުލާން ތިބި ރައްޔިތުންނަށް އެކަން ޤަބޫލު ކުރަން ދަތި ވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާމިޑް ޓާމް އިންތިޚާބުޖުމްހުރީ ޕާޓީއައިއޯވާމިނިއަޕޮލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާ ދިމާލަށް އެމެރިކާގެ އިތުރު ވަރުގަދަ ލަޝްކަރެއް ދަތުރު ކުރަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

އީރާނުގެ ޑްރޯންތަކުގެ ސަބަބުން އެމެރިކާ ގެ މަނަވަރުތަކަށް ނުރައްކާ އޮތްކަމުގެ އިންޒާރު މާހިރަކު ދީފި

28 ޖެނުއަރީ 2026
އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

އިރާނުގެ އިސް ލީޑަރަށްޓަކައި ޤުރުބާންވުމަށް މިލިއަނުން މީހުން ތިބީ ތައްޔާރަށް ކަމަށް ބަޙްރޭނުގެ އެންމެ އިސް ދީނީ ޢާލިމު ވިދާޅުވެއްޖެ

28 ޖެނުއަރީ 2026
އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

28 ޖެނުއަރީ 2026
އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު