Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ޓީސީ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް އިން މަގާމު ދަމަހައްޓައިފި

މޮޅާއެކު ނިއު ރޭޑިއަންޓް އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި. އެއީ މިހާތަނަށް ކުޅެފައިވާ 14 މެޗުން 27 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2026 | ހޯމަ 03:18
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ހޯދި އުނދަގޫ މޮޅާ އެކު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މަގާމު ދަމަހައްޓައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިއު ރޭޑިއަންޓް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. ޓީސީ އަތުން އުނދަގޫ މޮޅެއް ނިއު ރޭޑިއަންޓަށް ލިބުނު މެޗުގެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މެޗުގައި ނިއު ރޭޑިއަންޓް އިން ލަނޑު ޖެހުމަށް ގިނަ މަސައްކަތް ތަކެއް ކުރި ނަމަވެސް، ޓީސީގެ ކުޅުންތެރިން ވަނީ ޑިފެންސްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޓީސީ އިން ވެސް ވަނީ އެ ޓީމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފުމަށް މަސައްކަތް ކޮށްފަ އެވެ. ނަަމަވެސް، މެޗު އެއްވަރުވާން ދަނިކޮށް ނިއު ރޭޑިއަންޓް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. 

އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ނިއު ރޭޑިއަންޓް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެގޮތުން އެ ދެ ލަނޑު ވެސް ނިއު ރޭޑިއަންޓް އަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަލްހާޖީ ގޭރޯ އެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓުގަ އެވެ. އެއީ ޓީސީގެ ކުޅުންތެރިޔަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ޖެހި ލަނޑެކެވެ. އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި ގޭރޯ ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

މޮޅާއެކު ނިއު ރޭޑިއަންޓް އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 14 މެޗުން 27 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި ބުރު ސްޕޯޓްސް ކުލަބަށް ލިބެނީ 26 ޕޮއިންޓެވެ. އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ލިބެނީ 14 މެޗުން 40 ޕޮއިންޓެވެ. 

މިފަހަރުގެ ލީގުގައި ނިއު ރޭޑިއަންޓް ވަނީ އަށް މެޗުން މިހާތަނަށް މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްޓީސީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2026

ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް

12 ޖެނުއަރީ 2026
ވެލެންސިއާ އަތުން ބުރަށް ހަތަރު ލަނޑުގެ މޮޅެއް
11 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި

11 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، އީގަލްސް ކުރިއަށް ޖެހިލައިފި
11 ޖެނުއަރީ 2026

ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

11 ޖެނުއަރީ 2026
ވިކްޓަރީ ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
07 ޖެނުއަރީ 2026

މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި

07 ޖެނުއަރީ 2026
މައްސަލަ ޖެހި، ޑައިމަންޑް ޖުބްލީ ކޮމެޓީ އިން މުބީން ވަކި ކޮށްފި
07 ޖެނުއަރީ 2026

ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ

07 ޖެނުއަރީ 2026
ދެ ވަނަ ބުރުގައި ނިއު ރޭޑިއަންޓާއި އޮޑި ހަމަހަމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު