Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި

26 ޖެނުއަރީ 2026 | ހޯމަ 11:58

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ، ގަލްފް ސަރަހައްދުގައި އެމެރިކާ ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް ރައްދު ދެއްވައި، އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވި.

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 11:58
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އިސްމާއީލް ބަގާއީ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އިސްމާއީލް ބަގާއީ. | ޕްރެސްޓީވީ

އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "ނުހަނު ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމުގެ އިންޒާރު އެގައުމުން ދީފިއެވެ. އަދި އީރާނަކީ ކުރިއަށްވުރެ މާ ގާބިލު ގައުމެއް ކަމަށްވެސް އެގައުމުން ވަނީ ފާހަގަކޮށްފަ އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ހޯމަ ދުވަހު ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމެރިކާ އިން ގަލްފް ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި ތަމްރީނުތަކަށް ވަނީ ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރިއަށްދަނީ "ހައިބްރިޑް" ނުވަތަ އެކި ގޮތްގޮތުން ދެވޭ ހަމަލާތަކެއް ކަމަށާއި، ޖޫން މަހުގެ ހަމަލާތަކަށް ފަހު ފާއިތުވި މަސްތަކުގައި އެމެރިކާ އާއި ޒަޔަނިސްޓު އިސްތިއުމާރުގެ ސަބަބުން އާ ނުރައްކާތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އީރާނުގެ ބާޒާރުތަކުގައި ތަކެތީގެ އަގުބޮޑުވުމާއި ފައިސާގެ އަގު ދަށްވުމާ ގުޅިގެން، ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ވިޔަފާރިވެރިން ކުރި ސުލްހަވެރި މުޒާހަރާތަކަށް ފަހު، ބޭރުގެ ނުފޫޒާއެކު ޖެނުއަރީ 8 ގައި ފެށުނު ހަމަނުޖެހުންތައް އެތައް ދުވަހަކަށް ދެމިގެންދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

އިޒްރޭލުންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފާޅުކަން ބޮޑު ހިތްވަރު ދިނުމާއެކު ހިންގި މި ހަމަނުޖެހުންތަކުގައި އާންމުންގެ މުދަލާއި ސަރުކާރުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. އަދި މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ މީހުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ހާސް އާންމުންނެއް މަރާލާފައިވާ ކަމަށް ބަގާއީ ވިދާޅުވި އެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މި ހަމަނުޖެހުންތަކުގައި އެމެރިކާ އާއި އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން ވަނީ ސީދާ ގޮތެއްގައި ބައިވެރިވެ، ހަމަނުޖެހުން ހިންގި މީހުންނާއި ހަތިޔާރު އެޅި ޓެރަރިސްޓުންނަށް ފައިސާ އާއި ތަމްރީނު އަދި މީޑިއާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ބަގާއީ އިތުރަށް ވިދާޅުވީ، ސަރަހައްދުގެ ހަމަޖެހުން ގެއްލުމަކީ ހަމައެކަނި އީރާނަށް އޮތް ނުރައްކަލެއް ނޫންކަން ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އެނގޭ ކަމަށާއި، އެހެންކަމުން މިއީ އެ ހުރިހާ ގައުމުތަކެއްގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

"އީރާނުގެ އަމިއްލަ ގާބިލުކަމަށް ފުރިހަމަ އިތުބާރު އެބައޮތް. އަދި ޖޫން މަހުގެ ތަޖުރިބާތަކުގެ އަލީގައި، ކޮންމެ ހަމަލާއަކަށް ވެސް ކުރިއަށްވުރެ ވަރުގަދަ އަށް ތައްޔާރު އަދި ހިތާމަކުރަންޖެހޭ ފަދަ ރައްދެއް ދޭނަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ދާދި ފަހުން އީރާނާ ދެކޮޅަށް ފާސްކުރި ގަރާރު ބަގާއީ ވަނީ ކުށްވެރިކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ ގަރާރުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި ބައިބައިވުން އުފެދިފައިވާ ކަމަށެވެ.

އީރާންއިސްމާޢީލް ބަޣާއީއެމެރިކާއީރާން-އިޒްރޭލްރައީސް ޑޮނަލްޑް ޓްރަމްޕްއދ. ހިއުމަން ރައިޓްސް ކައުންސިލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2026

އެމެރިކާގެ ލަޝްކަރު އީރާނާ ގާތައް - ހޫނުވަމުންދާ މަސްރަހާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް؟

26 ޖެނުއަރީ 2026
އެމެރިކާގެ ލަޝްކަރު އީރާނާ ގާތައް - ހޫނުވަމުންދާ މަސްރަހާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް؟
26 ޖެނުއަރީ 2026

އިރާގުގެ ކަތާއިބު ހިޒްބުﷲ އިން އީރާނުގެ ދިފާއުގައި "ހަނގުރާމަ އަށް ތައްޔާރުވުމަށް" ދުނިޔޭގެ ކަންކޮޅުތަކުގެ މުޖާހިދުންނަށް ގޮވާލައިފި

26 ޖެނުއަރީ 2026
އިރާގުގެ ކަތާއިބު ހިޒްބުﷲ އިން އީރާނުގެ ދިފާއުގައި "ހަނގުރާމަ އަށް ތައްޔާރުވުމަށް" ދުނިޔޭގެ ކަންކޮޅުތަކުގެ މުޖާހިދުންނަށް ގޮވާލައިފި
26 ޖެނުއަރީ 2026

ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

26 ޖެނުއަރީ 2026
ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ
26 ޖެނުއަރީ 2026

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026
"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ
25 ޖެނުއަރީ 2026

އީރާނުގެ ވެރިރަށް ތެހެރާނުގެ އިންގިލާބީ މައިދާނުގައި އާދީއްތަ ދުވަހު ހާމަ ކުރި ބޮޑު ކުރެހުމަކުން، އީރާނަށް އަސްކަރީ ހަމަލާ އެއް ނުދިނުމަށް އެމެރިކާ އަށް ސީދާ އިންޒާރެއް ދީފި

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

25 ޖެނުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ
25 ޖެނުއަރީ 2026

ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ

25 ޖެނުއަރީ 2026
ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ
25 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ބާރުގަދަ ފިނީގެ ތޫފާނެއްގެ ސަބަބުން 160،000 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ހިދުމަތް މެދުކެނޑި، އެތައް ހާސް ފްލައިޓްތަކެއް ކެންސަލްކުރަން ޖެހިއްޖެ

25 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ބާރުގަދަ ފިނީގެ ތޫފާނެއްގެ ސަބަބުން 160،000 އަށްވުރެ ގިނަ ގޭބިސީން ކަރަންޓުގެ ހިދުމަތް މެދުކެނޑި، އެތައް ހާސް ފްލައިޓްތަކެއް ކެންސަލްކުރަން ޖެހިއްޖެ
24 ޖެނުއަރީ 2026

ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖެނުއަރީ 2026
ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
24 ޖެނުއަރީ 2026

އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި

24 ޖެނުއަރީ 2026
އެމެރިކާގެ މިނިއަޕޮލިސް ގައި ހިންގަމުންދާ އިމިގްރޭޝަން އޮޕަރޭޝަނެއްގެ ތެރެއިން، ފެޑަރަލް އެޖެންޓުން ބަޑިޖަހައި އިތުރު މީހަކު މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް