Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

ލެވިޓް ވިދާޅުވީ، ޤާނޫނާ ޚިލާފަށް އުޅޭ މީހުން ފޮނުވާލުމާއި، އެމެރިކާ އަކީ އަލުން ސަލާމަތާއި ރައްކާތެރިކަން އޮތް ޤައުމަކަށް ހެދުމަށް ޓްރަމްޕް ކުރައްވާ މަސައްކަތް ހުއްޓައި ނުލައްވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 07:21
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅު ނުވާ ކަމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފި އެވެ.

އެމެރިކާގެ ފެޑަރަލް އޮފިސަރުން ހޮނިހިރު ދުވަހު ވަނީ އުމުރުން 37 އަހަރުގެ ނަރުހެއް ކަމަށްވާ، އެލެކްސް ޕްރެޓީ މަރާލައިފަ އެވެ. އެކަމާ ގުޅިގެން އެމެރިކާގެ ގިނަ ރައްޔިތުން ތަކެއް ނުރުހުން އަމާޒުވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވީ، އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބެލުމަކީ ރައީސް ޓްރަމްޕް ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، އިންތިހާ އަށް ކުށް ކުރާ އަދި ޤާނޫނާ ޚިލާފަށް އުޅޭ މީހުން ފޮނުވާލުމަށް ކުރާ މަސައްކަތަށް ފަސް ޖެހުމެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ހޮނިހިރު ދުވަހު ހިނގި މި ހާދިސާ އަކީ، މިނެސޯޓާގައި މި މަހު މަރާލި ދެ ވަނަ މީހާ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލެވިޓް ވިދާޅުވީ، ހޮނިހިރު ދުވަހު ހިނގައި ދިޔަ ކަންތައްތަކާ ގުޅޭ ގޮތުން އިތުރަށް ސާފު ކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ. ލެވިޓް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ  މިނެސޯޓާގައި ޑިމޮކްރެޓުންގެ ލީޑަރުން ގަސްތުގައި ހަފުތާ ތަކެއް ވަންދެން ހެދި ދެކޮޅު ވެރި ކަމުގެ ނަތީޖާގެ ސަބަބުން ހިނގާފައިބާ ހިތާމަވެރި ހާދިސާއެއް ކަމަށެވެ. 

ރޮއިޓާސް އިން ބުނެފައި ވަނީ، ޕްރެޓީ ބިން މައްޗަށް ވައްޓާލާފައި ވަނިކޮށް އޭނާގެ އަތުން ފެނުނީ ފޯނެއް ކަމަށާއި އެއީ ހަތިޔާރެއް ނޫން ކަމަށެވެ. ޕްރެޓީ އަކީ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވެސް އޮންނަ މީހަކަށް ވާއިރު، އޮފިސަރުން އޭނާ މަރާލާފައި ވަނީ ހަތިޔާރު ހަމަލާ ދޭން އުޅުނު ކަމަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް، އެއީ ދޮގެއް ކަމަށް ވީޑިއޯ ފުޓޭޖާ ހަވާލާދީ ގިނަ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

ލެވިޓް ވިދާޅުވީ، ޤާނޫނާ ޚިލާފަށް އުޅޭ މީހުން ފޮނުވާލުމާއި، އެމެރިކާ އަކީ އަލުން ސަލާމަތާއި ރައްކާތެރިކަން އޮތް ޤައުމަކަށް ހެދުމަށް ޓްރަމްޕް ކުރައްވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ. އަދި އެކަމުގައި ފަސް ޖެހުމެއް ވެސް ނެތް ކަމަށާއި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވެސް މަރުޙަބާ ދަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމެރިކާގެ އެކި ސްޓޭޓް ތަކުގައި ޓްރަމްޕްގެ އެންގެވުމަށް މި އޮޕަރޭޝަން ކުރިއަށް ގެންދަމުން އަންނައިރު، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އާއި ގިނަ އާންމުން ވެސް އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

މަސްދަރު: ރޮއިޓާސް

ރައީސް ޑޮނަލްޑް ޓްރަމްޕްކެރޮލިން ލެވިޓްޑިމޮކްރެޓިކް ޕާޓީއެމެރިކާ'އައިސް' (އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި

ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި

26 ޖެނުއަރީ 2026
އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި

އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކާ ގުޅިގެން، ދޭ ކޮންމެ ހަމަލާއަކަށް "ހިތާމަކުރަންޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށް އީރާނުން ބުނެފި

26 ޖެނުއަރީ 2026
އެމެރިކާގެ ލަޝްކަރު އީރާނާ ގާތައް - ހޫނުވަމުންދާ މަސްރަހާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް؟

އެމެރިކާގެ ލަޝްކަރު އީރާނާ ގާތައް - ހޫނުވަމުންދާ މަސްރަހާ ގުޅޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް؟

26 ޖެނުއަރީ 2026
ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

26 ޖެނުއަރީ 2026
"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު