Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާލު ކިހިނެއް ޕްރޮގްރާމް

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން: ވަހީދު

ހާލު ކިހިނެއް ޕްރޮގްރާމް ވަހީދު ފާހަގަކުރެއްވިއިރު، ގިނަ ބައެއްގެ މަގުބޫލުކަން މިޕްރޮގްރާމަށް ވަނީ ލިބިފައި. މި ޕްރޮގްރާމުން ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތަކާއި، ރަށްރަށުގެ ހާލަތު ވަރަށް ރަނގަޅަށް ގެނެސްދޭ. މީގެ އިތުރުން ވަހީދު ވަނީ ރައްޔިތުންގެ ހައްގުގައި ބަސްބުނެ ކަންކަމުގައި ވަކާލާތު ކުރާނެ ބަޔަކަށް ފުރުސަތު ދިނުމަށް ގޮވާލާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2026 | ބުދަ 08:52
ހާލު ކިހިނެއް ޕްރޮގްރާމްގެ ހޯސްޓް، ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމްއާ ރަށެއްގެ ރައްޔިތަކު ވާހަކަ ދައްކަނީ

ހާލު ކިހިނެއް ޕްރޮގްރާމްގެ ހޯސްޓް، ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމްއާ ރަށެއްގެ ރައްޔިތަކު ވާހަކަ ދައްކަނީ

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު ކަމަށާއި، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން ކަމަށް އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ކައުންސިލަށް މަލާމަތްކޮށް ފުރައްސާރަ ކުރާ ސަރުކާރެއް ކަމަށާއި، އަގު ވައްޓާލުމުގެ ގޮތުން މިހާރު ވެސް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ކައުންސިލްގެ މަސައްކަތްތަކާއި، ކުރާ ހަރަދުތަކަކީ ވެސް ބޭކާރު އެއްޗެއްގެ ގޮތުގައި ސިފަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ކައުންސިލްތަކުގެ ބާރު ހަނި ކުރަމުންދާއިރު، އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު ކަމަށާއި، އެއްވެސް ބަހެއް ރައްޔިތުންގެ ހައްގުގައި ބަހެއް ނުބުނާ ކަމަށެވެ. އަދި ހަގީގަތް ހާމަވެގެން ދަނީ ރާއްޖެޓީވީން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމުން ކަމަށް ވަހީދު ވިދާޅުވި އެވެ. 

ކުރީސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ފަށާފައި ހުރި މަޝްްރޫއުތައް ކުރިއަށް ނުދޭ. އެހެންނަމަވެސް ސަރުކާރު އޮތް ކައުންސިލްތަކުން އެއާމެދު އެއްވެސް ވާހަކައެއް އެއްވެސް ބަހެއް ނުބުނޭ. އެމްޑީޕީގެ ކައުންސިލަރުން ތިބި ތަންތަނުގައި ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ވެސް އަޅުގަނޑުމެންނަށް ފެނިގެން ދަނީ އެތައް ވާހަކަތަކެއް ދައްކާތަން. އެ ޕްރޮޖެކްޓްތައް ނުހިނގާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅު ކުރަމުންދާތަން. އެހެންނަމަވެސް ސަރުކާރުގެ ކެންޑިޑޭޓުން ސަރުކާރުގެ ކައުންސިލަރުން ތިއްބެވި ތަންތަނުގައި އަޅުގަނޑުމެންނަށް ނުފެނޭ ރައްޔިތުންގެ ހައްގުގައި އެބަސް ބުނާ ތަނެއް. އެވާހަކަ ދައްކާތަނެއް. އެހެންވީމަ ތިބޭފުޅުން ވިސްނަވާ ރައްޔިތުން ވިސްނަވާ ކުރިއަށް އޮތް އިންތިޚާބުގައި ކިހިނެތްތޯ އަމަލު ކުރަނީ.
އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު

ހާލު ކިހިނެއް ޕްރޮގްރާމް ވަހީދު ފާހަގަކުރެއްވިއިރު، ގިނަ ބައެއްގެ މަގުބޫލުކަން މިޕްރޮގްރާމަށް ވަނީ ލިބިފަ އެވެ. މި ޕްރޮގްރާމުން ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތަކާއި، ރަށްރަށުގެ ހާލަތު ވަރަށް ރަނގަޅަށް ގެނެސްދެ އެވެ. އެއާއެކު  ސަރުކާރުން ސިއްރު ކުރުމަށް ނުވަތަ ހަގީގަތް ފޮރުވުމަށް މަސައްކަތް ކުރާ ގިނަ ކަންކަން ރައްޔިތުންނަށް ހާމަވަގެން ދެ އެވެ.

މީގެ އިތުރުން ވަހީދު ވަނީ ރައްޔިތުންގެ ހައްގުގައި ބަސްބުނެ ކަންކަމުގައި ވަކާލާތު ކުރާނެ ބަޔަކަށް ފުރުސަތު ދިނުމަށް ގޮވާލާފަ އެވެ. އަދި އެމްޑީޕީ ކައުންސިލަރުން އިންތިޚާބު ކޮށްގެން ރައްޔިތުންނަށް ދެރައެއް ނުލިބޭނެ ކަމަށާއި، ރައްޔިތުންގެ ހައްގުގައި އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކޮށްފިނަމަ އެ ކައުންސިލަރުން ޖަވާބުދާރީ ވާނީ ސަރުކާރާއި، ސަރުކާރުގެ ވަޒީރުންނަށް ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ކައުންސިލްތައް ހިންގަމުންދާނީ ޕީއެންސީގެ ޖަގަހައިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަބްދުﷲ ވަހީދުހާލު ކިހިނެއް ޕްރޮގްރާމް

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

29 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު
28 ޖެނުއަރީ 2026

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

28 ޖެނުއަރީ 2026
ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު