Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިން ހިއްކުން

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026 | އަންގާރަ 10:32

އެމްޑީޕީގެ މަޖިލިސް މެންބަރު މާޒް ސަލީމް ވިދާޅުވީ ސަރުކާރުން ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ އީއާރުއޭގެ ފަންނީ މުވައްޒަފުންނަށް ވަޒީރުގެ ހުއްދައަކާނުލައި ޝަކުވާތައް ނުބެލުމަށް އެންގުމަށް ފަހުގައި ކަމަށް. އަދި އެ މައްސަލަ އޭސީސީ އިން ބަލަން ޖެހޭ ކަމަށް ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖެނުއަރީ 2026 | އަންގާރަ 10:32
ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025

ރައީސުލްޖުމްހޫރިއްޔާ، ރަސްމާލެ ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުން - 12-11-2025 | ރާއްޖެއެމްވީ

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސިޔާސީ މަންފާތަކެއް ހޯދުމަށް ބިންހިއްކުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާތީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ އެއް ހުށަހެޅުއްވުމަށް ފަހު ރާއްޖެ އެމްވީ އަށް ދެއްވި އިންޓަރވިއު އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މި ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫޢުތައް ސަރުކާރުން ހިންގަމުން ގެންދަނީ ތިމާވެށީގެ މިފަދަ ކަންކަމަށް ފާރަވެރިވެ މިފަދަކަންކަން ބަލާ ތަޙުޤީގު ހިންގުމަށް ޤާނޫނުނުން މަތިކޮށްފައިވާ މުއައްސަސާތަކު ގެ ބާރު ކަނޑުވާލުމަށް ފަހު ގަވައިދުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ. ހަމައެހެންމެ، ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ފަންނީ މުވައްޒަފުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ތާށިކޮށްފައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެފަދަ އެއް މިސާލަކީ ރަސްމާލެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ރަސްމާލެ ހިއްކަމުންދާ ގޮތުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާއިރު ސަރުކާރުން އެކަމަށް ފަރުވާލެއް ނުބަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުންނަށް އަންގާފައި ވަނީ ތިމާވެށީގެ ކަންކަން ބެލެހެއްޓުމަށް މަތިކޮށްފައިވާ ވަޒީރު ގެ ހުއްދަ ނެތި ޝަކުވާ ތައް ނުބެލުމަށް. އަދި ވަޒީރު އަންގާ ގޮތެއްގެ މަތީން މަޝްރޫއުތަކަށް ހުއްދަ ދެމުން ގެންދިއުމަށް. ތިމާވެށީގެ ކަންކަމަށް ބެލުމެއް ނެތި ހިތު ހުރި ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް މި ސަރުކާރުން މަގު ތަނަވަސް ކޮށްދީފައި އޮތުމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ދަނީ ލިބެމުން. އޭސީސީ އިން މި މައްސަލަ ބަލަން ޖެހޭ." ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ އެކަންކަމާ އިހުތިޖާޖު ކުރުމުން ވެސް ސަރުކާރުން އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތި ބޭނުން ގޮތަކަށް ކަންކަން ކުރަމުންދާ ކަމަށެވެ. ހަދަންޖެހޭ ދިރާސާތައް ފުރިހަމަ ނުކޮށް، އަދި އީއައިއޭ ރިޕޯޓު ހެދިނަމަވެސް ދޭން ޖެހޭ ހުއްދަ އަށް ބެލުމެއްނެތި، އަދި ބައެއް ފަހަރު ޝަރުތު ކޮށްފައިވާ ކަންކަމަށް އެއްވެސް ބެލުމެއްވެސް ނެތި ކަންކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ލިބެމުންދާ ގެއްލުންތައް ބަލާ ފިޔަވަޅު އަޅަން އުފައްދާފައިވާ އީއާރުގެ މަސައްކަތައް ސިޔާސީ ނުފޫޒު ފޯރުވާ އެ ތަނުގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ. އެއްވެސް ރިޕޯޓެއް ނުހަދާ އެމަސައްކަތްތައް ހިންގުމުގެ ނަތީޖާއަކީ އަގުބޮޑު ޑައިވް ސައިޓްތައް މުޅިން ހަލާކުވެެގެން ދިއުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ތިމާވެށި ރަށްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު އާއި ޚިލާފަށްކަމަށް ވާތީއާއި އަދި އަވަސްއަރުވާލައިގެން ތިމާވެއްޓަށް މިވަރުގެ ބޮޑު ގެއްލުމެއް ދީގެން ބިންހިއްކަން ޖެހޭ ޙާލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއެންޓި ކޮރަޕްޝަން ކޮމިޝަންއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީރަސްމާލެދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުމާޒް ސަލީމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2026

ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި

27 ޖެނުއަރީ 2026
ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
25 ޖެނުއަރީ 2026

އަޑި ނޭނގޭ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ތިމާވެށީގެ މުހިންމު މާހައުލުތައް ސަރުކާރުން ހަލާކު ކުރަމުންދާއިރު އެކަން ބަލާނެ ފަރާތެއް ނެތް!

25 ޖެނުއަރީ 2026
އަޑި ނޭނގޭ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ތިމާވެށީގެ މުހިންމު މާހައުލުތައް ސަރުކާރުން ހަލާކު ކުރަމުންދާއިރު އެކަން ބަލާނެ ފަރާތެއް ނެތް!
25 ޖެނުއަރީ 2026

ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"

25 ޖެނުއަރީ 2026
ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"
24 ޖެނުއަރީ 2026

ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

24 ޖެނުއަރީ 2026
ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި
23 ޖެނުއަރީ 2026

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ

23 ޖެނުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ
23 ޖެނުއަރީ 2026

ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް

23 ޖެނުއަރީ 2026
ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް
23 ޖެނުއަރީ 2026

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި

23 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި
23 ޖެނުއަރީ 2026

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ

23 ޖެނުއަރީ 2026
އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ
22 ޖެނުއަރީ 2026

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

22 ޖެނުއަރީ 2026
"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް