Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒާޔާ ފުލުހަށް ހާޒިރުކުރުން

ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ

27 ޖެނުއަރީ 2026 | އަންގާރަ 13:41

މި މައްސަލާގައި މީގެ ކުރިން ވެސް ސުވާލުކޮށް ބަޔާން ނަގައި ފޯނު އަތުލައި ޕާސްވޯޑް ތައްވެސް އަތުލާފައިވާތީ އަލުން ހާޒިރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޒާޔާ ވިދާޅުވި އެވެ. އިންތިހާބުގައި ވާދަކުރާތީ ހުރަސްއަޅަން މަސައްކަތްކުރާ ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށް ޒާޔާ ފާހަގަކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން | 27 ޖެނުއަރީ 2026 | އަންގާރަ 13:41
ޒާޔާ

ޒާޔާ | އެކްސް

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 4 މަސް ކުރީގެ މައްސަލައެއްގައި ސުވާލުކުރަން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒާޔާ ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވައިފި އެވެ. 

ފުލުހުން ޒާޔާ އަށް ފޮނުވި ޗިޓް ގައި މައްސަލައިގެ ހުލާސާގައި ބުނެފައިވަނި، ޒާޔާ ފުލުހަށް ހާޒިރު ކުރަނީ 2025 އޮކްޓޯބަރު 4 ވަނަ ދުވަހުގެ 23:08 ހާއިރު ފޭސްބުކްގައި ޒާޔާ ފާތިމަތު ގެ ނަމުގައި ހިންގަމުންގެންދާ އެކައުންޓަކުން ދިވެހި ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. 

Advertisement - newsAdvertisement

މި މައްސަލާގައި މީގެކުރިން ވަނީ ކޯޓު އަމުރެއްގެ ދަށުން ޒާޔާގެ ފޯނު ފުލުހުން އަތުލާފަ އެވެ. އަދި ހަމަ އެ ދުވަހު އިރު އޮއްސުނު ފަހުން ގަލޮޅު ފުލުހަށް ހާޒިރު ކޮށް އިތުރު ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ޕާސްވޯޑް ވެސް ވަނީ އަތުލާފަ އެވެ. އެ ދުވަހު ކަންހިނގާ ދިޔަގޮތް ހާމަކުރައްވާ ޒާޔާ ވިދާޅުވީ ފަނަރަ ވަރަކަށް ފުލުހުންގެ ފައުޖަކުން އައިސް ޒާޔާ ގާތު ވަރަށް ހަރުކަށި ކޮށް ސައިކަލުން ފައިބަން އެންގި ކަމާށާއި އަދި ބަލާ ފާސް ކުރަން ބޭނުންވާ ކަމަށް ބުނި ކަމަށެވެ.

ހަމަ އެ މައްސަލާގައި އަނެއްކާވެސް އަންނަ ބުދަ ދުވަހު ޒާޔާ ފުލުހަށް ހާޒިރު ވުމަށް އެންގުމާއި ގުޅިގެން ޒާޔާ ރާއްޖެ އެމްވީ އަށް ވިދާޅުވީ، މި މައްސަލާގައި މީގެ ކުރިން ވެސް ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށާއި އަނެއްކާވެސް ހަމަ އެއް މައްސަލައެއްގައި ފުލުހަށް ހާޒިރު ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އޭރު ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް ޒާޔާ ވިދާޅުވި އެވެ. 

މީގެ އެތައް މަސްދުވަހެއް ކުރިން ބަލަންފެށި މައްސަލައެއް އަނެއްކާ އަލުން ފަށައިގެން މައްސަލަ ބަލަން މިއުޅޭނީ އަޅުގަނޑު ކައުންސިލް އިންތިހާބު ގައި ވާދަ ކުރާތީ ހުރަސް އެޅުމުގެ ގޮތުން. އެއުޅެނީ ރައްޔިތުން އަޅުގަނޑާ ދޭތެރޭ ދެކޭގޮތް ބަދަލުކުރަން. ފަހަތަކަށް ނުޖެހޭނަން.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒާޔާ

ޒާޔާ ވިދާޅުވީ، ބިރުދައްކައިގެން ފަހަތަށް ޖައްސަން އުޅުނަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ފޭސްބުކް ގައި ޒާޔާ ކުރި ޕޯސްޓުގެ މައްސަލަ ބަލަނީ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ބަލާ ޑިޕާޓްމަންޓުން ކަމަށް ޒާޔާ ވިދާޅުވި އެވެ. 

މި މައްސަލާގައި މީގެ ކުރިން ފުލުހުން އަމަލުކޮށްފައިވާގޮތް ހާމަ ކުރައްވާ ޒާޔާ ވިދާޅުވީ، ދަރިފުޅާ އެކު ހުއްޓާ އަންގި ލައްވައިގެން ތިބި ފުލުހުން ޒާޔާ މަޑު ކުރުމަށްފަހު ހަށިގަނޑާއި، ދަބަހާއި، ސައިކަލު ގެ މަޑިދަށަށް ދަންދެން ބަލާ ފާސް ކުރި ކަމަށެވެ. ޒާޔާ ފާހަގަ ކުރި ގޮތުގައި އެ ދުވަހު ފުލުހުން ކަންތައް ކުރި ގޮތުން ކައިރީގައި ހުރި ދަރިފުޅަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ފާތިމަތު ޒާޔާއެމްޑީޕީދިވެހި ފުލުހުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި
27 ޖެނުއަރީ 2026

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026
ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
25 ޖެނުއަރީ 2026

ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"

25 ޖެނުއަރީ 2026
ޣަފޫރުގެ ޗެލެންޖެއް ސަރުކާރަށް: "ޑޮލަރުގެ ދަތިކަން ދިމާވަނީ ޑޮލަރު ނެތިގެނެއް ނޫން، ހިސާބުތަކުން އެކަން ދައްކާނަން"
24 ޖެނުއަރީ 2026

ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

24 ޖެނުއަރީ 2026
ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި
23 ޖެނުއަރީ 2026

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ

23 ޖެނުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ
23 ޖެނުއަރީ 2026

ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް

23 ޖެނުއަރީ 2026
ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް
23 ޖެނުއަރީ 2026

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި

23 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި
23 ޖެނުއަރީ 2026

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ

23 ޖެނުއަރީ 2026
އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ
23 ޖެނުއަރީ 2026

މާލޭގައި ފުޅާ ދާއިރާ އެއް ގައި ބަނގުރާ ވިޔަފާރި ކުރާކަމުގެ ތުހުމަތު ގައި ބަންގްލަދޭޝްގެ ހަތަރު މީހުން ހައްޔަރުކޮށް ޑީޕޯޓު ކޮށްލަނީ!

23 ޖެނުއަރީ 2026
މާލޭގައި ފުޅާ ދާއިރާ އެއް ގައި ބަނގުރާ ވިޔަފާރި ކުރާކަމުގެ ތުހުމަތު ގައި ބަންގްލަދޭޝްގެ ހަތަރު މީހުން ހައްޔަރުކޮށް ޑީޕޯޓު ކޮށްލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް