Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒާޔާ

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

28 ޖެނުއަރީ 2026 | ބުދަ 08:00

ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ އުތުރަށް އެމްޑީޕީން ވާދަކުރާ ޒާޔާ އަށް ފުލުހުން ފޮނުވި ޗިޓު ކެންސަލް ކޮށްފި. ފޭސްބުކުން ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ބަޔާން ނަގަން ބުދަ ދުވަހު ހާޒިރުވުމަށް އަންގާފައި އޮތް ނަމަވެސް އަލުން ވަރަށް އަވަހަކަށް ޗިޓު ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވޭ. މީގެ ކުރިން ކޯޓު އަމުރުގެ ދަށުން ޒާޔާގެ ފޯނާއި ޕާސްވޯޑް އަތުލާފައި ވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖެނުއަރީ 2026 | ބުދަ 08:00
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެމްޑީޕީގެ ހަރަކާތްތެއްގައި ބައިވެރިވެވަޑަިއގަންނަނަވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެމްޑީޕީގެ ހަރަކާތްތެއްގައި ބައިވެރިވެވަޑަިއގަންނަނަވަނީ | ރާއްޖެއެމްވީ

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 4 މަސް ކުރީގެ މައްސަލައެއްގައި ސުވާލުކުރަން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ފުލުހަށް ހާޒިރުވުމަށް އަންގާ،  ފޮނުވި ޗިޓު ކެންސަލްކޮށްފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ޒާޔާ އަށް އަންގާރަ ދުވަހު ފުލުހުން ވަނީ ޗިޓެއް ފޮނުވާފަ އެވެ. ފުލުހުން ޒާޔާ އަށް ފޮނުވި ޗިޓް ގައި މައްސަލައިގެ ހުލާސާގައި ބުނެފައިވަނީ، ޒާޔާ ފުލުހަށް ހާޒިރު ކުރަނީ 2025 އޮކްޓޯބަރު 4 ވަނަ ދުވަހުގެ 23:08 ހާއިރު ފޭސްބުކްގައި ޒާޔާ ފާތިމަތު ގެ ނަމުގައި ހިންގަމުންގެންދާ އެކައުންޓަކުން ދިވެހި ފުލުހުންނަށް އިންޒާރު ދީފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.  

Advertisement - newsAdvertisement

އެހެން ކަމުން ބުދަ ދުވަހުގެ މެންދުރު 2:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އޭނާ އަށް ވަނީ އަންގާފަ އެވެ. 

ނަމަވެސް ބުދަ ދުވަހު ސޯޝަލް މީޑީއާ ގައި ކުރި ޕޯސްޓެއްގައި ޒާޔާ ވިދާޅުވީ އޭނާ ފުލުހަށް ހާޒިރު ވުމަށް ފޮނުވި ޗިޓު ކެންސަލް ކޮށްފައިވާ ކަމަށާ އެ ބަޔާން ނަގަން އަނެއްކާ ވެސް ވަރަށް އަވަހަކަށް ޗިޓު ފޮނުވާނެ ކަމަށް ފުލުހުން އޭނާ އަށް ގުޅުމަށްފަހު ބުނެފައިވާ ކަމަށެވެ.  

މި މައްސަލާގައި މީގެ ކުރިން ވަނީ ކޯޓު އަމުރެއްގެ ދަށުން ޒާޔާގެ ފޯނު ފުލުހުން އަތުލާފަ އެވެ. އަދި ހަމަ އެ ދުވަހު އިރު އޮއްސުނު ފަހުން ގަލޮޅު ފުލުހަށް ހާޒިރު ކޮށް އިތުރު ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ޕާސްވޯޑް ވެސް ވަނީ އަތުލާފަ އެވެ. އެ ދުވަހު ކަންހިނގި ގޮތް ހިއްސާކޮށް ޒާޔާ ވިދާޅުވެފައި ވަނީ 15 ވަރަކަށް ފުލުހުންގެ ފައުޖަކުން އައިސް ޒާޔާ ގާތު ވަރަށް ހަރުކަށި ކޮށް ސައިކަލުން ފައިބަން އެންގި ކަމާށާއި އަދި ބަލާ ފާސް ކުރަން ބޭނުންވާ ކަމަށް ބުނި ކަމަށެވެ.

ޒާޔާ ވިދާޅުވީ، ބިރުދައްކައިގެން ފަހަތަށް ޖައްސަން އުޅުނަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ފޭސްބުކް ގައި ޒާޔާ ކުރި ޕޯސްޓުގެ މައްސަލަ ބަލަނީ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ބަލާ ޑިޕާޓްމަންޓުން ކަމަށް ޒާޔާ ވިދާޅުވި އެވެ. 

މި މައްސަލާގައި މީގެ ކުރިން ފުލުހުން އަމަލުކޮށްފައިވާގޮތް ހާމަ ކުރައްވާ ޒާޔާ ވިދާޅުވީ، ދަރިފުޅާ އެކު ހުއްޓާ އަންގި ލައްވައިގެން ތިބި ފުލުހުން ޒާޔާ މަޑު ކުރުމަށްފަހު ހަށިގަނޑާއި، ދަބަހާއި، ސައިކަލު ގެ މަޑިދަށަށް ދަންދެން ބަލާ ފާސް ކުރި ކަމަށެވެ. ޒާޔާ ފާހަގަ ކުރި ގޮތުގައި އެ ދުވަހު ފުލުހުން ކަންތައް ކުރި ގޮތުން ކައިރީގައި ހުރި ދަރިފުޅަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ފާތިމަތު ޒަހިއްޔާލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީހުޅުމާލެ އުތުރުމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބާ ދިމާކޮށް ކުރީގެ މައްސަލައެއްގައި އަނެއްކާވެސް ޒާޔާ ފުލުހަށް ހާޒިރު ކުރަނީ
27 ޖެނުއަރީ 2026

ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި

27 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި
27 ޖެނުއަރީ 2026

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!
27 ޖެނުއަރީ 2026

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް

27 ޖެނުއަރީ 2026
ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެށީގެ ޤާނޫނުތަކަށް ގޮންޖެހުމަށް ފަހު، ފާރަވެރިވާ އިދާރާތައް ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެން: މާޒް ސަލީމް
26 ޖެނުއަރީ 2026

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ
26 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކަންކަން ހަމަ އެކަނި އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް ގެ މައްޗަށް ދައުވާކޮށްފި

ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ

26 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް