Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

ވަހީދު ވިދާޅުވީ، އިންތިޚާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލު ކޮށްދިނުމަށް އީސީގެ ހެޔޮ ނިޔަތެއް ނެތް ކަމަށާއި، އެކޮމިޝަނުން މަސައްކަތް ކުރަނީ ސަރުކާރުގެ ހިންގާ ޕާޓީ، ޕީއެންސީއަށް ކަންކަން ފަހިވާ ގޮތަށް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 06:59
އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅުމުގެ ވަގުތު އިލެކްޝަން ކޮމިޝަން (އީސީ)ން އިތުރު ކުރި ނަމަވެސް މައްސަލައަށް ހައްލު ނުލިބޭ ކަމަށާއި، ދުވަސް އިތުރު ކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަނެއްކާ ވެސް ގޮވާލައިފި އެވެ. 

ބުދަ ދުވަހު ހެނދުނު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އިންތިޚާބަށް ކުށުގެ ރިކޯޑު ސާފު ކުރުމަށް މަސައްކަތް ކުރާއިރު ގުޅުންހުރި މުއައްސަސާތައް ކަމަށްވާ، ކަރެކްޝަނަލް ސަރވިސް އާއި ޖުޑީޝަލް ސަރވިސްއިން އެ ފޯމް ލިބުމަށް ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށާއި، މި މުއައްސަސާތަކުން އިންތިޚާބަށް ތައްޔާރުވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އިންތިޚާބަށް ފޯމް ހުށަހަޅުމަށް އިތުރު ދުވަސް ބޭނުންވާ ކަމަށާއި، އިތުރަށް 10 ދުވަސް ދިނުމަށް އޭނާ ގޮވާލެއްވި އެވެ. އަދި ވިދާޅުވީ އިތުރަށް ދުވަސް ނުދޭ ކަމަށްވާ ނަމަ އެހެން ގޮތަކަށް އެ ހައްގު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިއާއެކު ބުދަ ދުވަހުގެ މެންދުރުފަހުން އީސީން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ކޮންމެ ދުވަހަކު ހުށަހެޅޭނެ ވަގުތު 2 ގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން 28 ޖެނުވަރީ 2026 ދުވަހުން ފެށިގެން 1 ފެބްރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30ން ހަވީރު 05:30ށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30ން ރޭގަނޑު 08:00ށް އިތުރުކޮށްފައިވާ ކަމަށެވެ. 

މިކަމަށް އިޝާރާތް ކުރައްވައި ރާއްޖެއެމްވީއަށް ވަހީދު ވިދާޅުވީ، އިންތިޚާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލު ކޮށްދިނުމަށް އީސީގެ ހެޔޮ ނިޔަތެއް ނެތް ކަމަށާއި، އެކޮމިޝަނުން މަސައްކަތް ކުރަނީ ސަރުކާރުގެ ހިންގާ ޕާޓީ، ޕީއެންސީއަށް ކަންކަން ފަހިވާ ގޮތަށް ކަމަށެވެ.

ވަހީދު ވިދާޅުވީ އިންތިޚާބަށް ފޯމް ހުށަހަޅުމަށް ދުވަސް އިތުރު ކޮށް ދިނުމަށް އެދިފައިވަނީ ގިނަ ކެންޑިޑޭޓުންގެ އެދުމުގެ މަތީން ކަމަށާއި، މިހާރު އޮންލައިން ކޮށް ހުށަހަޅާ ފޯމް ދެ ދުވަސް ނުވަތަ 3 ދުވަސް ފަހުން ރިޖެކްޓްވާ ކަމަށެވެ. އަދި ގިނަ ފަހަރު ފޯމް ރިޖެކްޓް ވަނީ އައިޑީކާޑު ނުވަތަ ކުށުގެ ރިކޯޑު ފޯމްގައި ދިމާވާ މައްސަލަ އަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަގުތު ދެ ގަޑިއިރަށް އިތުރު ކުރި ނަމަވެސް މައްސަލައަށް ހައްލު ނުލިބޭ ކަމަށް ވަހީދު ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިލެކްޝަންސް ކޮމިޝަންއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ރައްޔިތުންނާ މަޝްވަރާ ކޮށްގެން ވަރަށް ފުރިހަމަ މެނިފެސްޓޯއެއް އާއްމު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އެމްޑީޕީ

28 ޖެނުއަރީ 2026
ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން: ވަހީދު

ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ ކައުންސިލަރުން ތިއްބަވަނީ ހަނު، މަސައްކަތް ކުރިއަށް ނުދާކަން ހާމަ ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުން: ވަހީދު

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު

28 ޖެނުއަރީ 2026
ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

ކުރީގެ މައްސަލައެއްގައި ޒާޔާ ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު ކެންސަލް ކޮށްފި

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު