Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

މި ސަރުކާރުން ރައްޔިތުންގެ ބާރުވެރިކަން ވަނީ ގެއްލުވާލާފައި، ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމްގެ ބާރުތައް އިއާދަކުރާނެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 18:56
ރައްޔިތުން ގެ މަޖިލީހުގެ އަލިފުށީ ދާއިރާ ގެ ކުރީ ގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެމްޑީޕީ ގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ.

ރައްޔިތުން ގެ މަޖިލީހުގެ އަލިފުށީ ދާއިރާ ގެ ކުރީ ގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެމްޑީޕީ ގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މިހާރު ގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި ކަމަށް ރައްޔިތުން ގެ މަޖިލީހުގެ އަލިފުށީ ދާއިރާ ގެ ކުރީ ގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާ ގައި ވާހަކަދައްކަވަމުންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ކޯރަމް ހަމަ ނުވެގެން އުޅެނީ ކައުންސިލް މެމްބަރުން ގެ ފަރުވާކުޑަކަމުން ނުވަތަ މަސައްކަތަށް ޒިންމާދާރު ނުވެގެން އެކަނި ނޫން ކަމަށް ބިގޭ ވަނީ ފާހަގަކުރައްވާފަ އެވެ. ކައުންސިލް ގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު އާ ގުޅުން ހުރި މައްސަލަތައް އެޖެންޑާ ކުރާތީ އެކަންކަން ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ މުއިއްޒު ގެ މޭޔަރ ކަމުގައި ކޮށްފައިވާ ވައްކަންތައް ބެލުން ކުރިއަށް ގެންދިއުމަށް ޕީއެންސީ ގެ ކައުންސިލް މެމްބަރުން ފުރުސަތު ނުދެނީ ރައްޔިތުންނަށް އެކަންކަން ހިނގައި ދިޔަ ގޮތް ސާފު ވެދާނެތީ ބިރުން ކަމަށް ވެސް ވިދާޅުވެފަ އެވެ.

"މާލޭ ސިޓީ (ކައުންސިލް) ގައި ކަންކަން ހިނގަނީ ރަނގަޅަކަށް ނޫން. ކަންކަން ބައްލަވާ ދާ ގޮތް. އަޅުގަނޑުމެން ގެ ވަށައިގެން މި ފެންނަނީ.  ކައުންސިލް ގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މައްސަލަތައް އެޖެންޑާ ކުރަން ފެށި ހިސާބުން ގަސްތުގައި. ހަމައެކަނި އެންމެ ކަމެއް ނޫން. ކިތަންމެ ކިތަންމެ ކަމެއް އެގޮތަށް އެބަ ކުރޭ." އޭނާ ވިދާޅުވި އެވެ.

ބިގޭ އިތުރަށް ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ގެ ބާރުވެރިކަން ގެއްލުވާލާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ ބާރު ވެސް ސަރުކާރުން ނިގުޅައިގަނެފައިވާ ކަމަށް ބިގޭ ވަނީ ފާހަގަކުރައްވާފަ އެވެ.

"މިއީ އެމްޑީޕީ ގެ މެޖޯރިޓީ އެއް ކައުންސިލްތަކުގައި އޮންނަން ޖެހޭ ހިސާބަކީ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން އަޅުގަނޑުމެން ފުރުސަތު ހޯދާ ދިނިން. އެ ހުރިހާ ފުރުސަތެއް މި ވަނީ އެ ރަށެއް ގެ ފުއްޓަރުން އޮޔާލާފައި." ބިގޭ ވިދާޅުވި އެވެ.

 މިއީ މަޑުމަޑުން ބަލަހައްޓައިގެން ތިބެވޭނެ ކަމެއް ނޫން ކަމަށާއި ދެން އަންނަ އެމްޑީޕީ ގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމް ގެ ބާރުތައް އިއާދަކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް އާއްމުން ވޯޓު ދޭން ޖެހޭ ކަމަށާއި ކައުންސިލްތަކުގެ ބާރު ކިރިޔާ ވެސް ދެމި އޮންނާނީ އޭރުން ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްމުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެމްޑީޕީޕީއެންސީލާމަރުކަޒީ ނިޒާމުމުއިއްޒުގެ ސަރުކާރުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

26 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކަންކަން ހަމަ އެކަނި އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް ގެ މައްޗަށް ދައުވާކޮށްފި

ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކަންކަން ހަމަ އެކަނި އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް ގެ މައްޗަށް ދައުވާކޮށްފި

26 ޖެނުއަރީ 2026
އެއް އަހަރު ދުވަހުން ނިންމާނަމޭ ބުނި ހެނބަދޫ މިސްކިތުގެ މަސައްކަތް، ބިންގާ އެޅިފަހުން 6 މަސް ވީއިރު ނުވެސް ނުފަށާ

އެއް އަހަރު ދުވަހުން ނިންމާނަމޭ ބުނި ހެނބަދޫ މިސްކިތުގެ މަސައްކަތް، ބިންގާ އެޅިފަހުން 6 މަސް ވީއިރު ނުވެސް ނުފަށާ

26 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ

ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ

26 ޖެނުއަރީ 2026
ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟

ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު