Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

ވަހީދު ވިދާޅުވީ އިންތިޚާބަށް ކުށުގެ ރިކޯޑު ސާފު ކުރުމަށް މަސައްކަތް ކުރާއިރު ގުޅުންހުރި މުއައްސަސާތައް ކަމަށްވާ، ކަރެކްޝަނަލް ސަރވިސް އާއި ޖުޑީޝަލް ސަރވިސްއިން އެ ފޯމް ލިބުމަށް ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 07:45
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ކައުންސިލް އިންތިޚާބުގެ ތަރުޖަމާން އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ކައުންސިލް އިންތިޚާބުގެ ތަރުޖަމާން އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފި އެވެ.

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ކައުންސިލް އިންތިޚާބާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އިލެކްޝަން ކޮމިޝަން (އީސީ)ން ފޯމް ހުށާހެޅުމަށް ހުޅުވާލި ހިސާބުން އެކަންބޮޑުވުތައް ކޮމިޝަންގެ ސަމާލު ކަމަށް ގެންނަމުންދާ ކަމަށެވެ. ނަމަވެސް އީސީން އެކަންކަމަށް ސަމާލުކަން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ އިންތިޚާބަށް ކުށުގެ ރިކޯޑު ސާފު ކުރުމަށް މަސައްކަތް ކުރާއިރު ގުޅުންހުރި މުއައްސަސާތައް ކަމަށްވާ، ކަރެކްޝަނަލް ސަރވިސް އާއި ޖުޑީޝަލް ސަރވިސްއިން އެ ފޯމް ލިބުމަށް ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށާއި، މި މުއައްސަސާތަކުން އިންތިޚާބަށް ތައްޔާރުވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. 

އެހެންކަމުން އިންތިޚާބަށް ފޯމް ހުށަހަޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި، އިތުރަށް 10 ދުވަސް ދިނުމަށް އޭނާ ގޮވާލެއްވި އެވެ. އަދި ވިދާޅުވީ އިތުރު ވަގުތު ނުދޭ ކަމަށްވާ ނަމަ އެހެން ގޮތަކަށް އެ ހައްގު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. 

އެއިން ކޮންމެ ތަނަކަށް ފޯމެއް ހުށަހެޅުމަށްފަހު ތިން ދުވަސް، ހަތަރު ދުވަސް ނޫނީ ފަސް ދުވަސް އެބަ ވޭ. އަޅުގަނޑުމެން އިންތިޚާބަށް ފޯމް ލުމަށްޓަކައި މިއޮތީ 16 ދުުވަހުގެ މުއްދަތެއް އިލެކްޝަނުން ދީފައި. ދީފައި އޮތް ކަމަށްވާއިރުގަ ހަތަރު ދުވަސް 5 ދުވަސް މި ކުށުގެ ރިކޯޑު ސާފު ކުރުމަށްޓަކައި ދޫކޮށްލާފައި ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި އިލެކްޝަނަށް ފޯމް ހުށަހަޅާއިރުގައި އިލެކްޝަނުން މިހާރު އީފާސް މެދުވެރިވެގެން ހުށަހަޅާއިރުގައި ކޮންމެވެސް ކަހަލަ މައްސަލައެއް ދިމާވެއްޖެއްޔާ އަޅުގަނޑުމެންނަށް އެބަ އަންގާ އެ ފޯމް ރިޖެކްޓްވީ ކަމަށް. އެހެންވީމަ މިދީފައި އޮތް މުއްދަތަކީ ވަރަށް ކުރު މުއްދަތެއް. އަދި ޚާއްސަކޮށް މި މުއްދަތުގެ ތެރޭގައި ހަމައެކަނި އޮންލައިން ހުށަހަޅުމަށްޓަކައި ޖާގަ ދީފައި އޮތުމަކީ މިއިންތިޚާބަށް ގިނަ ކެންޑީޑޭޓުންގެ އިންތިޚާބީ ހައްގު ނިގުޅައިގަނެވިގެންދާނެ ކަމެއްގެ ގޮތުގައި އެބަ ފެނޭ. 
އަބްދުﷲ ވަހީދު

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލީ، 17 ޖެނުއަރީން ފެށިގެން 01 ފެބްރުއަރީ، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ. 

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30ން މެންދުރުފަހު 15:30ށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30ން ހަވީރު 18:00ށް ފޯމް ހުށަހެޅޭނެ ކަމަށް އީސީން ބުނެ އެވެ. އަދި ފޯމް ހުށަހަޅަން ޖެހެނީ އޮންލައިންކޮށް، މައި ޕޯޓަލް މެދުވެރިކޮށެވެ.

މެނުއަލް ކޮށް ވެސް ފޯމް ހުށަހެޅޭ ގޮތް ހަދައިދިނުމަށް އެމްޑީޕީ ގެ އިތުރުން ޕީއެންއެފް އިން ގޮވާލާފައިވެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިލެކްޝަންސް ކޮމިޝަންއަބްދުﷲ ވަހީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

ކައުންސިލް އިންތިޚާބުގައި މާލެސިޓީ ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ކުރީގެ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި

ކައުންސިލް އިންތިހާބަށް އެތައް ބަޔަކަށް ކުރިމަތި ނުލެވިދާނެ ކަމުގެ ބިރު ހީވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އެމްޑީޕީ އިން ގޮވާލައިފި

27 ޖެނުއަރީ 2026
ހައްތަހާ ވެސް ނޭތާޖީ!

ހައްތަހާ ވެސް ނޭތާޖީ!

27 ޖެނުއަރީ 2026
މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

މާލޭ ސިޓީ ކައުންސިލް ގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލަނީ މުއިއްޒު ގެ މޭޔަރކަމުގައި ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލާތީ ގަސްތުގައި: ބިގޭ

26 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

ކައުންސިލް އިންތިޚާބަށް މުއިއްޒު ނެރުއްވާ ކެންޑިޑޭޓުން ޕްރޮމޯޓު ކުރުމަށް މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯތީގެ ވާހަކަ ދައްކަވަން މުލީއާގޭ ގައި ބައްދަލުވުމެއް ބާއްވައިފި

26 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު