Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބަށް 1600ށް ވުރެ ގިނަ ފޯމު، މިހާތަނަށް ގަބޫލުކުރީ 1324 ކެންޑިޑެސީ

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިޚާބަށް މިހާތަނަށް 1633 ފޯމު ހުށަހަޅާފައިވާ ކަމަށް. އޭގެ ތެރެއިން 750 ކައުންސިލް ފޯމާއި 574 ޑަބްލިއުޑީސީ ފޯމު ގަބޫލުކޮށްފައިވޭ. ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 17 ޖެނުއަރީން ފެށިގެން 01 ފެބްރުއަރީ 15:30 ގެ ނިޔަލަށް. ވޯޓުލުން 2026 އެޕްރީލް 04 ގައި ބާއްވާއިރު، ރަސްމީ ނަތީޖާ އިއުލާނުކުރާނީ އެޕްރީލް 11 ގައި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 05:30
ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ "މައިޕޯޓަލް" މެދުވެރިކޮށް

ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ "މައިޕޯޓަލް" މެދުވެރިކޮށް | އިލެކްޝަންސް ކޮމިޝަން

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1633 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ. 

އެ ކޮމިޝަނުން ބުނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ޖުމްލަ 1633 ފޯމު ލިބިފައިވާ ކަމަށެވެ. އެއީ ކައުންސިލަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ 933 ފޯމުގެ އިތުރުން ޑަބްލިއުޑީސީ އަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ 700 ފޯމު ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

އީސީ އިން ބުނީ ކައުންސިލަށް ކުރިމަތިލުމަށް އެދި ހުށަހެޅި ޖުމްލަ ފޯމުގެ ތެރެއިން 750 ފޯމަކީ ކެންޑިޑެސީ ގަބޫލު ކޮށްފައިވާ ފޯމު ކަމަށެވެ. އަދި ކެންޑިޑެސީ ގަބޫލު ނުކުރާ 183 ފޯމު ގެ ތެރެއިން އަލުން 77 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ސިޔާސީ ޕާޓީތަކުން ހުށަހެޅީ 730 ފޯމެވެ. އޭގެތެރެއިން 617 ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލު ކޮށްފައިވާއިރު 113 ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކޮށްފައެއް ނުވެ އެވެ. އޭގެ ސަބަބުން ސިޔާސީ ޕާޓީތަކުން ވަނީ 41 ފޯމު އަލުން ހުށަހަޅާފަ އެވެ. 

ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި 203 ފޯމުގެ ތެރެއިން 133 ކެންޑިޑޭޓުންގެ ކެންޑިޑެސީ އީސީ އިން ވަނީ ގަބޫލު ކޮށްފަ އެވެ. 70 ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކޮށްފައި ނުވާއިރު އަލުން 36 ފޯމު ހުށަހަޅާފައިވެ އެވެ.

ޑަބްލިއުޑީސީ އަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ 700 ފޯމުގެ ތެރެއިން 574 ފޯމަކީ ކެންޑިޑެސީ ބަލައިގެންފައިވާ ފޯމެވެ. ކެންޑިޑެސީ ގަބޫލު ނުކުރާ 126 ފޯމުގެ ތެރެއިން 34 ފޯމު އަލުން ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. 

ސިޔާސީ ޕާޓީތަކުން ޑަބްލިއުޑީސީ ގައި ވާދަކުރަން ހުށަހަޅާފައި ވަނީ 565 ފޯމެވެ. އޭގެތެރެއިން 488 ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލު ކޮށްފައިވާ އިރު އެ ކޮމިޝަނުން 77 ކެންޑިޑޭޓުން ގެ ކެންޑިޑެސީ ގަބޫލު ކޮށްފައެއް ނުވެ އެވެ. އެހެންކަމުން 15 ފޯމު އަލުން ހުށަހަޅާފައި ވެ އެވެ. 

އެ ކޮމިޝަނުން ބުނެފައި ވަނީ އަމިއްލަ ގޮތުން ޑަބްލިއުޑީސީ އަށް ވާދަކުރަން ހުށަހެޅި 135 ފޯމުގެ ތެރެއިން 86 ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލު ކޮށްފައިވާ ކަމަށެވެ. އަދި 49 ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުކޮށްފައި ނުވާއިރު އަލުން 19 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. 

ކެންޑިޑެސީ ގަބޫލުނުކުރާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަހަޅާފައި ނުވުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތް ނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނުވުމުގެ އިތުރުން ކަރެކްޝަނަލް ސަރވިސް އިން ފުރިހަމަކޮށް ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ހުށަނާޅާތީ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފަ އެވެ. 

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ 17 ޖެނުއަރީން ފެށިގެން 01 ފެބްރުއަރީ، ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30ން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30ން ހަވީރު 18:00ށް ފޯމް ހުށަހެޅޭނެ ކަމަށް އީސީން ބުނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ސިޓީ ކައުންސިލްގެ މެންބަރުންނާއި ސިޓީ ކައުންސިލްގެ އަންހެން މެންބަރުން ހޮވާނެ އެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ އަންހެން މެންބަރު ވެސް އިންތިޚާބު ކުރާނެ އެވެ. މީގެ އިތުރުން ޑަބްލިއުޑީސީގެ އިންތިޚާބު ގައި ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާއިރު، ސިޓީތަކުގައި ވެސް ޑަބްލިއުޑީސީގެ ރައީސުންނާއި ކޮމިޓީ މެންބަރުން އިންތިޚާބު ކުރާނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ 8:00ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގަ އެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހު ކަމަށް އީސީން ބުނެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންޑަބްލިއުޑީސީސިޓީ ކައުންސިލްރަށު ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟

ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟

25 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

25 ޖެނުއަރީ 2026
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޤައުމު އިނދަ ޖައްސާލައި، ވެރިކަން ހޯދަން އުޅުމަކީ ޤައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން: ފައިސަލް

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޤައުމު އިނދަ ޖައްސާލައި، ވެރިކަން ހޯދަން އުޅުމަކީ ޤައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން: ފައިސަލް

25 ޖެނުއަރީ 2026
ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

24 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު