Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއެކު، މިހާރު ގައުމުގައި ހަމަޖެހުން ގާއިމް ކުރެވިފައިވާ ކަމަށް. އަދި ކައުންސިލް އިންތިޚާބުގައި އިންތިޚާބު ކުރާ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވާން ޖެހޭ ކަމަށާއި، ތަރައްގީ މަޑު ޖައްސައި، މުޖުތަމައުގެ ހަމަނުޖެހުން އަނބުރާ ގެނެސްދޭނެ ބައެއް އިންތިޚާބު ކޮށްގެން ނުވާނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 08:02
ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ

ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސިފަ ކުރައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި އިވެންޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިހުންނެވީ ރައްޔިތުންނާއެކު ކަމަށާއި، ރައްޔިތުންނާއެކު ބައްދަލު ކުރެއްވުންތައް ބާއްވައި، ރައްޔިތުންނާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ މުއައްސަސާތަކުގެ ވެރިންނާ ގުޅިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއެކު، މިހާރު ގައުމުގައި ހަމަޖެހުން ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބު ކުރާ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވާން ޖެހޭ ކަމަށާއި، ތަރައްގީ މަޑު ޖައްސައި، މުޖުތަމައުގެ ހަމަނުޖެހުން އަނބުރާ ގެނެސްދޭނެ ބައެއް އިންތިޚާބު ކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑު މިހުރީ ރައްޔިތުންނާ އެކީގައޭ. ރައްޔިތުންނާ ބައްދަލު ކުރަމުން ރައްޔިތުންގެ މުއައްސަސާތަކާއި، ހުރިހާ ތަނެއްގެ ވެރިންނާއެކު ގާތުން މިސަރުކާރުން މިދަނީ މަސައްކަތް ކުރަމުންނޭ. އަޅުގަނޑު ވެފައިވާ ހުރިހާ ވައުދެއް އެހުރީ ލިޔެވިފައި. އެއާ އެއްގޮތަށް ކަންކަން ބާރު ސްޕީޑްގައި އެކި މަރުހަލާތަކުގައި ކުރިއަށް އެދަނީ. ދާއިރުގައި މިކަންކަމުގައި ހިފައި، އެކަންކަމުގައި ބާރުއަޅައިދީ، ހިތްވަރު ދީ ނޫނިއްޔާ މަގުފަހިކޮށްދޭނެ ބައެއް ކައުންސިލަށް ވައްދަންވާނީ. އެއަށް ހުރަސްއަޅައި، އެކި ކަހަލަ އުޒުތައް ދައްކާ އެކިކަހަލަ ހުރަސްތައް ކުރިމަތިކޮށް، ތަރައްގީ މަޑު ޖައްސަން މުޖުތަމައުގެ ހަމަނުޖެހުން އަނބުރާ ގެނެސްދޭނެ ބައެއް ނޫނޭ. މިރާއްޖޭއަށް މި މުޖުތަމައުއަށް މިހާރު މިވަނީ ހަމަޖެހުން އިރާދަކުރެއްވިއްޔާ ގާއިމް ކުރެވިފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިގައުމުގައި މިހާރު ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށާއި، ސިޔާސީ ކުށްވެރިންނެތ ކަމަށެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަން ކުރިއަށް ވުރެ ބޮޑަށް ފަހި ކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް ރައީސް މުއިއްޒު މަސްވެރީންނަށް ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރި މުޒާހަރާ ރޫޅާލުމަށް ކުރި މަސައްކަތުގެ ތެރެއިން އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު 11 ޑިސެންބަރު 2025 ގައި ހައްޔަރުކޮށްފައިވެ އެވެ. އަދި އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާ ވެސް ވެފައިވެ އެވެ.

މީގެ އިތުރުން "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ވެސް 7 މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ފޮނުވި އެވެ. ނަމަވެސް ފަހުން ވަނީ ދައުވާ ނުކުރަން ނިންމާފަ އެވެ. މީގެ ތެރޭގައި ވެސް ކުރީގެ މަޖިލިސް މެންބަރުންނާއި، ކައުންސިލަރުން ހިމެނެ އެވެ. 

އެމްޑީޕީން ބޭއްވި މި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެ، މަޖީދީމަގުން ހިނގާފައި ދާން އުޅުމުން، ފުލުހުން ނުކުމެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖަހައި، އަދި މުޒާހަރާއިގެ ބައިވެރިންނާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ވަނީ ބޭނުންކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް

ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް

25 ޖެނުއަރީ 2026
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޤައުމު އިނދަ ޖައްސާލައި، ވެރިކަން ހޯދަން އުޅުމަކީ ޤައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން: ފައިސަލް

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޤައުމު އިނދަ ޖައްސާލައި، ވެރިކަން ހޯދަން އުޅުމަކީ ޤައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން: ފައިސަލް

25 ޖެނުއަރީ 2026
ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

24 ޖެނުއަރީ 2026
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

24 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު