Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލޯކަލް ކައުންސިލް އިންތިޚާބު

ސަރުކާރުގެ ކެނޑިޑޭޓުންގެ ކެމްޕޭނުގައި އޭޖީ ވެސް، މި ވަރުން ދަންޏާ އިލެކްޝަން ކޮމިޝަންގެ ރައީސް ވެސް އަދި ފާޅުގައި ކެމްޕޭނުގައި އުޅުއްވާނެ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއެއްގައި ދައުލަތުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިލިމާލެ ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންނާ އެކު ނަގާފައިވާ ފޮޓޯ އަކަށް އެތައް އާއްމުންނެއް ވަނީ ފާޑު ކިޔާފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 14:51
އެޓަރނީ ޖެނެރަލް ހުޝާމް އާއި ބައެއް ކެނޑިޑޭޓުން ބައްދަލުކުރަނީ

އެޓަރނީ ޖެނެރަލް ހުޝާމް އާއި ބައެއް ކެނޑިޑޭޓުން ބައްދަލުކުރަނީ | ރާއްޖެ އެމްވީ

ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބެވެ. އެންމެން ވެސް އަތު ކުރި އޮޅާލާ ތައްޔާރު ވަމުން ދަނީ މި އިންތިޚާބަށެވެ. މި ދަނޑިވަޅުގައި ކެނޑިޑޭޓުން ވެސް ދަނީ ކެނޑިޑޭޓުންގެ ވައުދުތަކާއި ގުޅުން ހުރި މައުލޫމާތުތައް ވެސް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. މީހަކާއި ބައްދަލު ކުރިޔަސް، ކެމްޕެއިން ގެ އެހެން ހަރަކާތަކަސް އެކަން މީޑީއާގައި ހިއްސާކުރެ އެވެ.

ސޯޝަލް މީޑިއާ އިން މިދާކަށް ދުވަހު ފެނުނު މި ފަދަ ޕޯސްޓެކެވެ. އެއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންނާއި އެކު ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރ އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ނަންގަވާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯގައި މިހާރު ވިލިމާލެ ދާއިރާގެ މެމްބަރު ވެސް ހުންނެވި އެވެ. ފޮޓޯ މީސްމީޑިއާ ގައި ހިއްސާކޮށްފައި ވަނީ ވެރިކަން ކުރާ ޕީއެންސީގެ ކެމްޕެއިން އާއި ގުޅުން ހުރި އެކި ޕޯސްޓްތައް ހިއްސާ ކުރާ އެކައުންޓަކުންނެވެ. ކެޕްޝަންގައި ޖަވާފައި އޮތީ ދާއިރާގެ ތަރައްޤީ އާއި މެދު މަޝްވަރާ ކުރަން ބަދައްލު ކުރި ކަމަށެވެ.

އަޖައިބު އަންތަރީސް ބަޔަކު ނުވާނެ ހެއްޔެވެ. ބަންޑާރަ ނައިބަކަށް ހުންނަވާ ބޭފުޅަކާއި ތަރައްޤީ އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެ ފޮޓޯ އަށް ކޮމެންޓް ކޮށްފައިވާ އާއްމު މީހަކު ބުނެފައިވެ އެވެ. "ދައުލަތުގެ ބަންޑާރަ ނައިބު ސިޔާސީ ހަރަކާތަށް ސީދާ ނުކުތީމަ ވަރަށް ހުތުރު" އެވެ. ހުޝާމް އަކީ ދައުލަތު ގެ ބަންޑާރަ ނައިބެވެ.

ކެބިނެޓްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެއް ކަމަކު އެހެނިހެން ވަޒީރުންނާއި ބަންޑާރަ ނައިބެއްގެ ޒިންމާ އާއި ހައިސިއްޔަތާއި ވެސް ވަރަށް ތަފާތެވެ. ސަރުކާރުގެ ގޮނޑި އެއް ފުރުއްްވިޔަސް ބަންޑާރަނައިބަކަށް ހުންނަވާ ބޭފުޅާ ރައްޔިތުންނާއި މެދު ފުރިހަމަ ކުރަން ޖެހޭ ޒިންމާ އެއަށް ވުރެ ބޮޑެވެ. މި ވަރުން ދާނަމަ ރައީސުލް ޖުމްހޫރިއްޔާގެ ނުފޫޒުގައި އައްޔަނު ކުރާ ގޮތައް މިހާރު ހަމަ ޖައްސާފައި ހުންނަވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ވެސް އަދި މިވެރިންގެ ކެމްޕޭނުގައި ފާޅުވާނެ އެވެ. 

މި ވަރުން ދަންޏާ ޕްރޮސެކިއުޓަރ ޖެނެރަލް އަކަށް ހުންނަވާ ބޭފުޅާ ވެސް ނުކުމެ ސަރުކާރަށް ކެމްޕެއިން ކުރުން އޯކޭ ކަމަކަށް ހަދާފާނެ އެވެ. ޕީޖީ އިން އެ ދާއިރާ އެއްގައި ދައުވާކޮށްފައިވާ މީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސާ ދޭނެ ކަމަށް ވައުދު ވެގެން ވެސް އިންތިޚާބު ކާމިޔާބު ކުރަން ވަރިހަަމަ ކަމަށް ހަދަންވީ އެވެ. މިހާރުވެސް ސިއްރުން އެކަން ނުކުރާނެ އެކޭ ބުނާކަށް ނޭނގެ އެވެ. އޭސީސީ އާއި ބައްދަލުކޮށް އެ ދާއިރާ އަކަށް ކުރިމަތިލާ ކެނޑިޑޭޓުން ގެ ކޮރަޕްޝަންގެ މައްސަލަތައް ހުރިއްޔާ ނުބަލާނެ ވާހަކަ ވެސް ބުންނަންވީ ހެއްޔެވެ؟ ދެން ހުރި މިނިވަން މުއައްސާތައް ވެސް ކެމްޕެއިން އަށް ނުކުންނަންވީ ހެއްޔެވެ؟

މިއީ ޕީއެންސީ ފިކުރުގެ ސަރުކާރެއްގައި އަލަކަށް ހިނގާ ކަމެއް ނޫނެވެ. ކުރިން ވެސް މީޑިއާތައް ރެގިއުލޭޓް ކުރަން ތިއްބެވި ބޭފުޅުން ޕާޓީ ޖަލްސާތަކުގެ އިންތިޒާމްތަކުގައި އުޅުމާއި، މިނިވަން މުއައްސަސާތަކުގެ ވެރިން ކެމްޕެއިންގައި ބައިވެރުވުމަކީ ހިނގާފައިވާ ކަންކަމެވެ.

ކުންފުނިތަކުގައި ތިބި މީހުންނަށް ނުފޫޒު ފޯރުވައިގެން ކެމެޕްއިން ޖަގަހަތައް ހެދުމާއި، ޖަލްސާތަކަށް ގެންދިއުމުގެ ވާހަކަ ކުރިން ވެސް އައީ ދެކެވެމުންނެވެ. މިހާރު މި ފެންނަނީ އިސް މަޤާމުތަކުގައި ތިބި މީހުން ފަރާތުން ވެސް އާއްމުން ސުވާލު އުފައްދާނެ ކަންކަން ހިނގާ މަންޒަރެވެ. ސަރުކާރު ކެނޑިޑޭޓުންނަށް ހުރިހާ އެޑްވާންޓޭޖެއް ލިބޭކަން ޔަޤީންކޮށްގެން ކައުންސިލް އިންތިޚާބަށް ނުކުންނަ އިރު ވެސް ފެންނަނީ ސަރުކާރު ތެޅި ފޮޅޭ މަންޒަރެވެ.

އެއްވެސް އުސޫލެއް ގޮތެއް ފޮތެއް ނެތް ތަނެއްގައި ނުވާނެ އެއްވެސް ކަމެއް ނޯންނާނެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026ވިލިމާލެ ޕީއެންސީބަންޑާރަނައިބު އަހުމަދު އުޝާމްބަންޑާރަ ނައިބުޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި ބަންގްލަދޭޝް މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި ބަންގްލަދޭޝް މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

25 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

25 ޖެނުއަރީ 2026
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޤައުމު އިނދަ ޖައްސާލައި، ވެރިކަން ހޯދަން އުޅުމަކީ ޤައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން: ފައިސަލް

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޤައުމު އިނދަ ޖައްސާލައި، ވެރިކަން ހޯދަން އުޅުމަކީ ޤައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން: ފައިސަލް

25 ޖެނުއަރީ 2026
ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

24 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު