Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ސަލާމަތީ ޔަގީންކަން ދިނުމަށް އެމެރިކާގެ ލިޔެ ކިޔުންތައް ހުރީ ނިމިފައި، އިންތިޒާރު ކުރަނީ ސޮއި ކުރުމަށް: ޒެލެންސްކީ

ލިތުއޭނިއާގެ ވެރި ރަށް ވިލްނިއަސް އަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިން އަށް ސަލަމާތީ ޔަގީންކަން އަދި ސަލާމަތީ ރައްކާތެރިކަން ލިބުމަކީ އެމެރިކާގެ ފަރާތުން އެންމެ ބޭނުންވާ ކަންތައް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 08:35
ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ | ރޮއިޓަސް

އެމެރިކާާ އިން ޔޫކްރެއިން އަށް ސަލާމަތީ ޔަގީންކަން ދިނުމަށް ބޭނުންވާ ލިޔެ ކިޔުންތައް ހުރީ މުޅިން ނިމިފައި ކަމަށާއި، މިހާރު އިންތިޒާރު ކުރަމުން އަންނަނީ ސޮއި ކުރެވޭނެ ދުވަހަކަށް ކަމަށް، ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ. 

ޒެލެންސްކީ މިހެން ވިދާޅުވެފައި މި ވަނީ، މި ނިމުނު ހަފުތާ ބަންދުގައި ރަޝިޔާ އާއި، އެމެރިކާ އަދި ޔޫކްރެއިން ހިމެނޭހެން ތިން ޤައުމުގެ ދެ މެދުގައި ސީދާ މަޝްވަރާތައް ބާއްވާފައިވާ ދަނޑިވަޅެއްގަ އެވެ. އެއާ އެކު، ޒެލެންސްކީގެ ވާހަކަ އިން ދޭހަވަނީ އެ މަޝްވަރާ ތަކުން ކުރިއެރުމެއް ލިބިފައިވާކަން ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

ލިތުއޭނިއާގެ ވެރި ރަށް ވިލްނިއަސް އަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިން އަށް ސަލަމާތީ ޔަގީންކަން އަދި ސަލާމަތީ ރައްކާތެރިކަން ލިބުމަކީ އެމެރިކާގެ ފަރާތުން އެންމެ ބޭނުންވާ ކަންތައް ކަމަށެވެ. އެކަަމަށް ބޭނުންވާ ލިޔެ ކިޔުންތަކުގެ 100 އިންސައްތަ ތައްޔާރުވެފައިވާ ކަަމަށާއި، އެ ލިޔުމުގައި ސޮއި ކުރާނެ ތަނަކާއި، ތާރީޚެއް ކަށަވަރު ކޮށްދިނުމަށް ބައިވެރިން އަދި އިންތިޒާމު ކުރާ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށެވެ. 

އެކަން ފާހަގަ ކުރައްވައި ޒެލެންސްކީ ވިދާޅުވީ، އެ ލިޔުމުގައި ސޮއި ކުރުމަށް ފަހު، އެ ލިޔުން ތަސްދީގު ކުރުމަށް އެމެރިކާގެ ކޮންގްރެސް އާއި، ޔޫކްރެއިންގެ ޤާނޫނު ހަދާ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

ހުކުރު ދުވަހާއި، ހޮނިހިރު ދުވަހު ވަނީ ޔޫކްރެއިން އާއި ރަޝިޔާގެ އޮފިޝަލުން ހިމެނޭހެން އެމެރިކާގެ މަންދޫބުންނާ އެކު ތިން ފަރާތުގެ ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ހަތަރު އަހަރަށް ދެމިގެންދާ މި ހަނގުރާމަ ނިންމުމަށް އެމެރިކާ އިން ހުށަހަޅާފައިވާ އަމަލީ ފްރޭމްވޯކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވީ ނަމަވެސް، އެއްވެސް އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ. 

ނަމަވެސް، ރަޝިޔާ އާއި ޔޫކްރެއިން އިން ވެސް ބުނީ އިތުރު މަޝްވަރާ ތަކަށް ތައްޔާރަަށް ތިބި ކަމަށާއި، އަންނަ އާދީއްތަ ދުވަހު އިތުރު މަޝްވަރާ ތަކެއް ބޭއްވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެމެރިކާ އިން ވެސް ވަނީ، އިތުރު މަޝްވަރާ ތަކެއް ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ދީފަ އެވެ. 

އިތުރަށް ޒެލެންސްކީ ވިދާޅުވެފައި ވަނީ، 20 ނުކުތާގެ މައްޗަށް އެކުލެވިގެންދާ ޕްލޭން އާއި، އެ ޕްލޭންގައި ހުރި މައްސަލަތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މަޝްވަރާ ތަކުގައި ވަރަށް ގިނަ މައްސަލަ ތަކެއް ހުރި ނަމަވެސް، މިހާރު އެ މައްސަލަތައް ވަރަށް މަދުވެފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ. މީގެ ކުރިން އެމެރިކާ އިން ވެސް ވަނީ މައްސަލަތައް މަދު ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.

ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް ބޮޑު ވައުދުފުޅަކަށްވާއިރު، ހަނގުރާމަ ނިންމުމަށް ޓްރަމްޕް އަންނަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-ޔޫކްރެއިންވުލޮޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިންރައީސް ޑޮނަލްޑް ޓްރަމްޕްރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026
އީރާނުގެ ވެރިރަށް ތެހެރާނުގެ އިންގިލާބީ މައިދާނުގައި އާދީއްތަ ދުވަހު ހާމަ ކުރި ބޮޑު ކުރެހުމަކުން، އީރާނަށް އަސްކަރީ ހަމަލާ އެއް ނުދިނުމަށް އެމެރިކާ އަށް ސީދާ އިންޒާރެއް ދީފި

އީރާނުގެ ވެރިރަށް ތެހެރާނުގެ އިންގިލާބީ މައިދާނުގައި އާދީއްތަ ދުވަހު ހާމަ ކުރި ބޮޑު ކުރެހުމަކުން، އީރާނަށް އަސްކަރީ ހަމަލާ އެއް ނުދިނުމަށް އެމެރިކާ އަށް ސީދާ އިންޒާރެއް ދީފި

25 ޖެނުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

25 ޖެނުއަރީ 2026
ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ

ޣައްޒާ އަށް އެތެރެވާ ފަލަސްތީނު މީހުންގެ އަދަދު އިޒްރޭލުން ކޮންޓްރޯލު ކުރަނީ

25 ޖެނުއަރީ 2026
ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާ އިން އަތުލައިގަތް ތެޔޮ ޓޭންކަރު ތަކުން އެމެރިކާ އިން ތެޔޮ ނަގައިފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު