Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާ-އިޒްރޭލް

އިޒްރޭލް އިން އެމެރިކާއާ އެކު 10 އަހަރުގެ ސަލާމަތީ އެއްބަސްވުމެއް ޤާއިމު ކުރަން މަޝްވަރާ ކުރަނީ

އިޒްރޭލްގެ ސިފައިންނާއި، ދިފައީ ވުޒާރާގެ މާލީ މަޝްވަރާދޭ އިސް މަގާމުން ވަކިވުމުގެ ކުރިން ފައިނޭންޝަލް ޓައިމްސްއަ ވާހަކަ ދައްކަމުން ގިލް ޕިންޗަސް ބުނެފައި ވަނީ، އެ މަޝްވަރާތައް އަންނަ ހަފުތާ ތަކުގެ ތެރޭގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 07:23
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ | ގެޓީ އިމޭޖަސް

އެމެރިކާ އާއެކު ދިގު މުއްދަތުގެ ސަލާމަތީ އެއްބަސްވުމެއް ޤާއިމު ކުރުމަށް އިޒްރޭލް އިން މަޝްވަރާ ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި އެވެ. 

މިކަން ރިޕޯޓު ކޮށްފައި ވަނީ ފައިނޭންޝަލް ޓައިމްސްގަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ، އެމެރިކާ ސަރުކާރާ އެކު އިޒްރޭލް އިން މަޝްވަރާ ކުރުމަށް ބޭނުން ވަނީ 10 އަހަރު ދުވަހުގެ ސަލާމަތީ އެއްބަސްވުމެއް އެކުލަވާލުމަށެވެ. ނަމަވެސް، އިޒްރޭލްގެ ލީޑަރުން ބޭނުން ވަނީ އެމެރިކާ އިން ހޯދަމުން އަންނަ ފައިސާގެ އެހީގެ އަދަދު މަދު ކުރަން ކަމަށާއި، އެއާ އެކު ވެސް އެމެރިކާ ސިފައިންގެ އެހީތެރިކަން ދިގު މުއްދަތަކަށް ގެންދިޔުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

އިޒްރޭލްގެ ސިފައިންނާއި، ދިފައީ ވުޒާރާގެ މާލީ މަޝްވަރާދޭ އިސް ބޭފުޅާގެ މަގާމުން ވަކިވުމުގެ ކުރިން ފައިނޭންޝަލް ޓައިމްސްއަ ވާހަކަ ދައްކަމުން ގިލް ޕިންޗަސް ބުނެފައި ވަނީ، އެ މަޝްވަރާތައް އަންނަ ހަފުތާ ތަކުގެ ތެރޭގައި އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އެ މަޝްވަރާ ތަކުގައި ފައިސާގެ އެހީ އަށް ވުރެ، ގުޅިގެން ކުރާ ސިފައިންގެ އަދި ދިފާއީ ޕްރޮޖެކްޓު ތަކަށް އިސްކަން ދިނުމަށް އިޒްރޭލް އިން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. 

އެކަމާ ގުޅިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބަހެއް ހޯދުމަށް ރޮއިޓާސް އިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ. 

ފައިނޭންޝަލް ޓައިމްސްއާ ވާހަކަ ދައްކަމުން ޕިންޗަން ބުނެފައި ވަނީ، އެ ކޮންޓެކްސްޓުގައި މި ޕާޓްނާޝީޕް އަކީ ހަމައެކަނި ފައިސާގެ މައްސަލަ އަށް ވުރެ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފައިސާއާ އެއްވަރުގެ ގިނަ ކަންކަން އެބަހުރި ކަމަށާއި، އެއީ އިތުރު ފުޅާ ކަމެއްގައި ކުރިއަށް ގެންދެވޭނެ ކަންކަން ކަމަށް އޭނާ ބުންޏެވެ. 

އެމެރިކާގެ އަސްކަރީ ހަތިޔާރުތައް ގަތުމަށް އިޒްރޭލަށް އަހަރަކު ބޭނުން ކުރެވޭ 3.3 ބިލިއަން އެމެރިކާ ޑޮލަރުގެ ސީދާ މާލީ އެހީ، ނުވަތަ "ފްރީ މަނީ" އަކީ އެއްބަސްވުމުގެ އެއްބައި ކަމަށްވާއިރު، އެއީ ހަލުވި ގޮތެއްގައި މަދު ވާނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

2016 ވަނަ އަހަރުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލް އިން ވަނީ، 2028 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް 10 އަހަރަށް 38 ބިލިއަން އެމެރިކާ ޑޮލަރިގެ ސިފައިންގެ އެހީތެރިކަން ދިނުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއް ގައި ސޮއި ކޮށްފަ އެވެ. މި އެހީގެ ތެރެއިން 33 ބިލިއަން އެމެރިކާ ޑޮލަރަކީ ސިފައިންގެ ހަތިޔާރު ގަތުމަށް ދޭ ގްރާންޓް ކަމަށްވާއިރު، ފަސް ބިލިއަން އެމެރިކާ ޑޮލަރަކީ ދިފާއީ ނިޒާމު ތަކަށް ދޭ އެހީ އެވެ. 

މި ހިނގާ ޖަނަވަރީ މަހުގެ ކުރީ ކޮޅު އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އިޒްރޭލް އިން އެމެރިކާގެ އަސްކަރިއްޔާ އަށް ބާރޯސާވެފައިވާ އޮތުން، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި އިންތިހާ އަށް މަދު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާ-އިޒްރާއީލްބެންޖަމިން ނަތަންޔާހޫގިލް ޕިންޗަސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

27 ޖެނުއަރީ 2026
"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

"ލިމިޓެޑް" ގޮތެއްގައި ރަފަޙް ކްރޮސިން ހުޅުވާލަން އިޒްރޭލް އިން އެއްބަސްވެއްޖެ

26 ޖެނުއަރީ 2026
އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ

އީރާނުން މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެއްބަސްވެއްޖެ

23 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައި ހުރި ނިޝާންތަކެއް ފެނުމާ ގުޅިގެން އެއީ މޭޒެއްގައި އަތްޕުޅު ޖެހިގެން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައި ހުރި ނިޝާންތަކެއް ފެނުމާ ގުޅިގެން އެއީ މޭޒެއްގައި އަތްޕުޅު ޖެހިގެން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެ

23 ޖެނުއަރީ 2026
ބިލް ކްލިންޓަން އާއި ހިލަރީ ކްލިންޓަން އަށް ފިޔަވަޅު އަޅަން ކޮމެޓީ އިން ފާސްކޮށްފި

ބިލް ކްލިންޓަން އާއި ހިލަރީ ކްލިންޓަން އަށް ފިޔަވަޅު އަޅަން ކޮމެޓީ އިން ފާސްކޮށްފި

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު