Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ޝަހީދު ޢަލީ" ސްކޫލް ހުޅުވުން

"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!

މި ސްކޫލް ނިންމީ މި ސަރުކާރުން ކަމަށް ދައްކަން މަސައްކަތް ކުރައްވާއިރު، މި މަޝްރޫޢު ހަވާލުކޮށް ފެށީ ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 10:25
ދަރިވަރަކު ދިވެހި ދިދަ، ސްކޫލް ގެ ދިދަ އަދި މުއިއްޒު ގެ ފޮޓޯ އާއި އެކު ހިމަނާފައިވާ ލިޔުން ހިމެނޭ ފޮޓޯ އެއް ހިފައިގެން ހުރި މަންޒަރު ފެންނަ ފޮޓޯ އެއް

ދަރިވަރަކު ދިވެހި ދިދަ، ސްކޫލް ގެ ދިދަ އަދި މުއިއްޒު ގެ ފޮޓޯ އާއި އެކު ހިމަނާފައިވާ ލިޔުން ހިމެނޭ ފޮޓޯ އެއް ހިފައިގެން ހުރި މަންޒަރު ފެންނަ ފޮޓޯ އެއް | ސޯޝަލް މީޑިއާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލު ކުރި، "ޝަހީދު ޢަލީ" ސްކޫލް ގެ މަސައްކަތް ނިންމާ، އެ މަޝްރޫޢު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމެއް ދިނުމުން، އެކަމަށް އެތައް ބައެއް ގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ. މި ސްކޫލް ގެ މަސައްކަތަކީ ރައީސް މުއިއްޒު ގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް ދީފައިވާ ލުއި ފޮތެއް ފަދަ ލިޔުމުގައި ވެސް ހިމަނާފައި ވަނީ މި ސްކޫލް އިމާރާތް ކޮށް ނިންމީ މި ވެރިކަމުގައި ކަން ހާމަކުރުމަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މީ ގެ ކުރިން ސްކޫލްތައް ހުޅުވާ އިރު ވެސް ސްކޫލް ގެ ބިންގާ އެޅި ތާރީހާއި ގުޅޭ މައުލޫމާތު ދަރިވަރުންނާއި ސީދާ ހިއްސާކޮށް އެފަދަ ލިޔުންތަކާއި އެކު ދަރިވަރުން ގެ ފޮޓޯ ނަގާފަ އެއް ނެތް ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. 

އެ ލިޔުމުގައި ވަނީ ރައީސް މުއިއްޒު އެ ސްކޫލް ގެ ބިންގާ އަޅާ މަންޒަރު ފެންނަ ފޮޓޯ އެއް ހިމަނާފަ އެވެ. އަދި އެ ފޮޓޯ އާއި އެކު ހިމަނާފައިވާ ލިޔުމުގައި ވަނީ،އެ ތަނުގެ ބިންގާ އަޅުއްވައިދެއްވީ އެމަނިކުފާނު ކަމަށެވެ. އެހެންކަމަށް ވާއިރު މިއީ ދަރިވަރުންނާ އެއްވެސް ގުޅުމެއް ހުރިކަމެއް ނޫން ކަން ބައެއް ބެލެނިވެރިން ވަނީ ފާހަގަކޮށްފަ އެވެ. ހަމައެހެންމެ މިއީ މީ ގެ ކުރިން އެއްވެސް ސްކޫލެއް ހުޅުވާ އިރު ވެސް ހިނގާފައި ނުވާ ކަމެއް ކަމަށް އާއްމުން ބުނެ އެވެ.

ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު ގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ޑިޒައިން އެންޑް ބިލްޑް އުސޫލުން ޢިމާރާތް ކުރުމަށް ޙަވާލު ކޮށްފައިނީ އާރުސީސީ އާ އެވެ.  243،119،269.20 (ދުއިސައްތަ ސާޅީސް ތިން މިލިއަން އެއްލައްކަ ނަވާރަ ހާސް ދުއިސައްތަ ފަސްދޮޅަސް ނުވަ ރުފިޔާ ވިހި ލާރި) އަށް މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސް ގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭ ގޮތަށެވެ.  

ނަމަވެސް ސަރުކާރުން ދަނީ މި ސްކޫލް އެއްކޮށް ތަރައްޤީކޮށް ނިންމީ މި ދައުރު ގެ ތެރޭގައި ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އާއްމުން ބުނަނީ ދަރިވަރުންނަށް ދިން ލިޔުމަކީ ވެސް މިއީ މި ސަރުކާރު ގެ ޕްރޮޖެކްޓެއް ގެ ގޮތުގައި ދެއްކުމަށް ކުރި މަސައްކަތުގެ ބައެއް ކަމަށެވެ. ނަމަވެސް ދަރިވަރުން ގެ ކިޔެވުމާއި އަދި އެހެނިހެން ގޮތަކުން ވެސް ގުޅުން ނެތް ކަމެއް މިގޮތަށް ކުރުމުގެ ހަގީގީ މަގްސަދާއި މެދު ފާޑު ކިޔާފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި މިއީ ދަރިވަރުން ސިޔާސީ ބޭނުމަށް ބޭނުން ކުރުން ކަމަށް އެފަދަ ފަރާތްތަކުން ޤަބޫލު ކުރެ އެވެ. އާއްމުން މިކަމަށް ފާޑުކިޔަމުން ދިޔަ ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ އިން މިހާތަނަށް މިކަމަށް ކޮމެންޓެއް ކޮށްފަ އެއް ނުވެ އެވެ.

އިބްރާހިމް މުހައްމަދު ސާލިހުޝަހީދު ޢަލީ ސްކޫލްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާރުސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

27 ޖެނުއަރީ 2026
 ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

ފުޓުބޯޅަ އާއި ފުޓްސަލް ޤައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދިނުމަށް ރައީސް މުޢިއްޒު ނިންމަވައިފި

26 ޖެނުއަރީ 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

25 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު