Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ. މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް

މެންބަރު މީކާއީލް ވިދާޅުވީ ރައީސް މުއިއްޒު ކެމްޕޭން ކުރުމުގައި ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވި ކަންކަން މިހާރު އަމިއްލަފުޅަށް ކުރައްވަމުން ގެންދަވާ ކަމަށް. މިސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އޭގެ އުސޫލަކީ ބޮޑު ޖޯކެއް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 07:03
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ސްޕްލިޓް ވެފައި ކަމަށާއި، އެއްވެސް އިހުލާސްތެރިކަމެއް އެމަނިކުފާނުގެ ކިބައިން ނުފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ، ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެންޕޭން ތެރޭގައި ވަރަށް ބޮޑަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެސަރުކާރުގެ ބޭފުޅުންނަށް ފާޑު ވިދާޅުވި ކަމަށެވެ. ކަނޑުފަޅުން ގޯތިދޭ ކަމަށާއި، ނުފެންނަ އެއްޗެއް ރައްޔިތުންނަށް ދެމުންދާތީ އެކަމަށް ޖޯކު ޖަހާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް މިސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި، ފްލެޓް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް މުއިއްޒަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ ނުކުރައްވާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެމަނިކުފާނުގެ މުޅި ޕަރސަނަލިޓީ އެއްކޮށް ސްޕްލިޓް ވެފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް މުއިއްޒާއި، މިސަރުކާރުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރު މި އިއުލާން ކުރެއްވި ބިންތައް ކޮބައިތޯ.  މިހާރު މިއިއުލާން ކުރެއްވި ފްލެޓުތައް ކޮބައިތޯ އެނގޭތޯ. މިއީ ހަމަ އެ ކެންޑީޑޭޓުތޯ. ހަމަ އެ ރައީސް ޑރ.މުހައްމަދު މުއިއްޒު ތޯ.  އަޅުގަނޑަށް ހިޔެއް ނުވޭ. މުޅި މީހާ ބަދަލު ވެއްޖެ އެނގޭތޯ. އައިޑެންޓިޓީ އޮޅިއްޖެ. މުޅި ޕާސަނަލިޓީ ސްޕްލިޓް ވެއްޖެ.  މުޅިން އެހެން މީހެއް މިއީ މިހާރު. މުޅިން އެހެން ޕާސަނަލިޓީއެއް ގޮތަށް މިހާރު ފެންނަނީ. މިބޭފުޅާ ކަން ކުރައްވަނީ ކުރިން ނުކުރައްވާނެ ކަމަށް ކުރިން ރައީސް ސޯލިހު ކަންކުރެއްވީ ގޯސްކޮށް ކަމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ކަންކަން އަމިއްލަ ފުޅަށް ކުރައްވަނީ އެނގޭތޯ. އެެހެންވީމަ އަޅުގަނޑުމެންނަށް ކުރިއަށް އޮތްތަނުގައި ވެސް އަމަލު ކުރަައްވާނެ ގޮތަކާ މެދު އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ. 
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް

މި ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އޭގެ އުސޫލަކީ ބޮޑު ޖޯކެއް ކަމަށާއި، ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު އާއްމުކުރި އުސޫލު ދެކޮޅު ނުޖެހޭ ކަމަށެވެ. އެއީ ޕީއެންސީ ޖަގަހާގެ ތެރޭގައި އެކްޓިވިސްޓުން މަސައްކަތް ކުރުމުން ނުކުންނާނެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ މިދުވަސްވަރު ބޯހިޔާވަހިކަމުގެ އަޑުތައް ގަދަވެފައިވަނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ކަމަށާއި، މިއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމީކާއިލް އަހުމަދު ނަސީމްބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

ދިވެހީންގެ ރާއްޖެ، ދިވެހީންގެ ބޭންކު، އެކަމަކު ހުރިހާ މޮޅެއް ޗައިނާ ގެ ކުންފުނިތަކަށް!

24 ޖެނުއަރީ 2026
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

24 ޖެނުއަރީ 2026
2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

24 ޖެނުއަރީ 2026
ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

24 ޖެނުއަރީ 2026
ޑޮލަރުގެ އަގު ހުއްޓުމެއް ނެތި އަރާއިރު ވެސް ރައީސް މުއިއްޒު ވިދާޅުވަނީ އިގްތިސާދު ހަމަ މަގަށް އެޅުވިއްޖެ ކަމަށް: މެންބަރު މީކާއިލް

ޑޮލަރުގެ އަގު ހުއްޓުމެއް ނެތި އަރާއިރު ވެސް ރައީސް މުއިއްޒު ވިދާޅުވަނީ އިގްތިސާދު ހަމަ މަގަށް އެޅުވިއްޖެ ކަމަށް: މެންބަރު މީކާއިލް

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު