Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުޅުމާލެ-ފޭސް 3

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި

ހުޅުމާލެ ފޭސް 3ގެ 63 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 23 ސެޕްޓެންބަރު 2023 ގައި. ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާއެކު، އެމަސައްކަތް ކުރިއަށް ގެންގޮސްފައިނުވޭ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެސަރަހައްދުން ގޯތި ލިބުނު މީހުން މުޒާހަރާއަށް ނުކުތުމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 08:46
ހުޅުމާލެ ފޭސް-3

ހުޅުމާލެ ފޭސް-3 | އެމްއޭސީއެލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފެށި ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިންމާލައިފި އެވެ. 

މިކަން އިއުލާން ކުރެއްވީ ހޮނިހިރު ދުވަހު ޕީއެންސީން ބޭއްވި އިވެންޓެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލޭ ތިންވަނަ ފިޔަވެހި ހިއްކާ ނިމިފައިވާއިރު، ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއު ހަލުއި ދުވެލީގައި ގައި ކުރިއަށްދާ ކަމަށެވެ.

ހުޅުމާލެ ފޭސް 3ގެ 63 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 23 ސެޕްޓެންބަރު 2023 ގަ އެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާއެކު، އެމަސައްކަތް ކުރިއަށް ގެންގޮސްފައިނުވެ އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެސަރަހައްދުން ގޯތި ލިބުނު މީހުން މުޒާހަރާއަށް ނުކުތުމުންނެވެ.

12 އޯގަސްޓް 2024 ގައި އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ޑރ.އަލީ ހައިދަރު ވިދާޅުވެފައިވަނީ ހުޅުމާލެ- ފޭސް3 ގެ ފަޅުން ގޯތި ލިބުނު 699 މީހުންނަށް ގޯތި އެ އަހަރުގެ ނޮވެންބަރު މަހު ދޫކުރާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރާއި ބައި ވެގެންދާއިރު، މި ސަރަހައްދުތައް އަވަހަށް ހިއްކައި، ގޯތި ދިނުމުގެ ބަދަލުގައި އިސްކަން ދީފައިވަނީ ފުށިދިއްގަރުފަޅު ހިއްކައި ރަސްމާލެ ތަރައްގީ ކުރުމަށެވެ. އެކަމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެގެން ދިޔަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުހުޅުމާލޭ ފޭސް 3

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

ކައުންސިލް އިންތިޚާބުގައި ސަރުކާރާ އިދިކޮޅަށް ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުންނަކީ ގައުމުގެ ހަމަޖެހުން ނަގާލާނެ ކެންޑިޑޭޓުންގެ ގޮތުގައި ރައީސް ސިފަ ކުރައްވައިފި

25 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް

ރައީސް މުއިއްޒުގެ ''ޕަރސަނަލިޓީ'' އެއްކޮށް ވަނީ ސްޕްލިޓްވެފައި، އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ: މެންބަރު މީކާއީލް

25 ޖެނުއަރީ 2026
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

24 ޖެނުއަރީ 2026
2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

24 ޖެނުއަރީ 2026
ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު