Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނ ވެލިދޫ

ވެލިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތައް ގެނައި މީހުންނެއް ވެސް ތަކެއްޗެއް ވެސް މިހާރަކު ނެތް

ކައުންސިލުން އެއްބާރުލުން ނުދިނުމުގެ ސަބަބުން މަސައްކަތް ހުއްޓިފައި ނޯންނާނެ ކަމަށާއި ރައީސް މުޢިއްޒު ވިދާޅުވި ބަހުގެ މާނައެއް ނޭނގޭ ކަމަށް އާތިފް ވިދާޅުވި. މިދިޔަ ޖުލައި މަހު ރައީސް ފެއްޓެވި މަސައްކަތް 6 މަސްވާން ކައިރިވެފައިވާއިރު ކޮންކްރިޓް ތަނބު ޖަހުން ނޫން އިތުރު މަސައްކަތެއް ފެންނާކަށް ނެތް.

އަލީ ޝާހީން
އަލީ ޝާހީން | 20 ޖެނުއަރީ 2026 | އަންގާރަ 14:16
ނ. ވެލިދޫ ޕޮލިސް ސްޓޭޝަން

ނ. ވެލިދޫ ޕޮލިސް ސްޓޭޝަން | ރާއްޖެ އެމްވީ

ނ. ވެލިދޫގައި ތަރައްގީ ކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ ތަކެއްޗާއި މީހުން ވެސް ނެތިގެން ކަމަށް ވެލިދޫ ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި އާތިފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ވިދާޅުވާ ބަހުގެ މާނައެއް ނޭނގޭ ކަމަށާއި ކައުންސިލް އިން ހުރަސް އަޅައިގެން ނުވަތަ ކައުންސިލް އިން އެއްބާރުލުން ނުދީގެން މަސައްކަތް ހުއްޓިފައި ނޯންނާނެ ކަމަށެވެ. ވެލިދޫ  ޕޮލިސް ސްޓޭޝާން ގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ހުއްޓިފައި އޮތް ސަބަބު ހާމަކޮށްދެއްވަމުން އާތިފް ވިދާޅުވީ  އެ އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތީ ތަކެތި ހުސްވެގެން ކަމަށެވެ. 

އަޅުގަނޑުމެން އައިސް ކޮންކްރިޓް ގަށާއިރު ހުރަހެއް ނާޅަން. މަސައްކަތް ކުރާއިރު އައިސް އުނދަގުލެއް ނުކުރަން. ކައުންސިލް އިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީގެން އަޅުގަނޑުމެންގެ ކަންކަން މި ކުރިއަށް ގެންދަނީ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވާ ބަހެއްގެ މާނައެއް ހަމަ އޮޅުން ފިލާގޮތެއް ނުވޭ އިނގޭތޯ.
ވެލިދޫ ކައުންސިލް ގެ ރައީސް އާތިފް ހުސައިން

އާތިފް ވިދާޅުވީ ޕޮލިސް ސްޓޭޝަން ގެ މަސައްކަތަކީ މިދިޔަ އަހަރު ޖުލައި މަހު ރައީސް މުޢިއްޒު އެރަށަށް ވަޑައިގެން ފެއްޓެވި މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރަމުންދިޔައީ ވަރަށް ލަސްލަހުން ވަރަށް ދަށްކޮށް ކަމަށެވެ. އަދި އަބަދުވެސް ތަކެތީގެ ދަތިކަމާ ހެދި މަސައްކަތް ނުކުރެވޭކަމަށް އާތިފް ވިދާޅުވި އެވެ. 

ވެލިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތް ފެށިތާ 6 މަސްވާން ކައިރިވެފައިވާއިރު، އިމާރަތް ކުރާ ސަރަހައްދުން ފެންނަ  ގޮތުގައި އެތަނުގައި ކޮންކްރިޓް ތަނބު ޖެހުމަށް ފަހު އިތުރު މަސައްކަތެއް ކޮށްފައިވާތަނެއް ނުފެނެ އެވެ. އަދި މަސައްކަތް ކުރާ މީހުން ވެސް ފެންނަން ނެތްއިރު މަސައްކަތައް ބޭނުންވާ ތަކެތި ވެސް ނެތެވެ. 

އާތިފް ހުސެއިން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުވެލިދޫ ކައުންސިލް

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2026

ނ. ވެލިދޫ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ވަރަށް ސްލޯ، ހުރީ މަސައްކަތް ހިނގާ ގޮތް ނުފެންނާނެ ހެން ފެންސު ޖަހާ ބަންދުކޮށްފައި!

20 ޖެނުއަރީ 2026
ނ. ވެލިދޫ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ވަރަށް ސްލޯ، ހުރީ މަސައްކަތް ހިނގާ ގޮތް ނުފެންނާނެ ހެން ފެންސު ޖަހާ ބަންދުކޮށްފައި!
19 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

19 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!
19 ޖެނުއަރީ 2026

8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

19 ޖެނުއަރީ 2026
8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ
19 ޖެނުއަރީ 2026

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

19 ޖެނުއަރީ 2026
ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް
18 ޖެނުއަރީ 2026

ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!

18 ޖެނުއަރީ 2026
ނ. ވެލިދޫ މަގު ހެދުމުގެ މަސައްކަތް: މިސަރުކާރުގައި މަސައްކަތް ކުރިއަކަށް ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު