Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުﷲ ނާޒިމް

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

މި ސަރުކާރު ފެށިއިރު ލެބޯޓްރީ ހިދުމަތް ނުލިބޭ 76 ރަށެއް އޮތް ނަމަވެސް މިހާރު އެ ރަށްތަކުގައި ޕޮއިންޓް އޮފް ކެއާގެ އުސޫލުން އާންމު ޓެސްޓުތައް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. އަތޮޅުތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމަށް.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 07:41
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް | ރައީސް އޮފީސް

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، އާންމު ޓެސްޓުތައް ހަދަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ތަރުޖަމާނާ އެކު" ޕޮޑްކާސްޓުގައި މިނިސްޓަރު ވިދާޅުވީ، މި އަހަރު ނިމޭއިރު ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ގާއިމުކޮށް މުވައްޒަފުން އެތަނަށް ނަގައި އާންމުކޮށް ބޭނުންވާ ހުރިހާ ޓެސްޓެއް އެ ލެބޯޓްރީ ތަކުގައި ހެދޭނެ ކަމަށެވެ. އަދި މިދޔަ މަހުގެ ތެރޭގައި 4 ރަށަކަށް ގޮސް ލެބޯޓްރީ ހުޅުވައިދެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އަދި ކޮންއިރެއްގައި ފެށި މަޝްރޫއުއެއްކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. 

ނާޒިމް ވިދާޅުވީ، އަތޮޅުތަކުގެ ޚިދުމަތްތައް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމަށެވެ. މި ގޮތުން، އަތޮޅުތެރެއަށް ސިއްހީ ނިޒާމު ފުޅާކުރުމުން މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެ، މާލޭގެ ހޮސްޕިޓަލުގެ ކިޔޫ ކުޑަވުމަށް މަގުފަހިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީހެއްގެ ބަލި ބޭސްފަރުވާ ފެށޭ ހިސާބަކީ ރަނގަޅު ޑައިގްނޯ ސިސްޓަމަކުން. ޑައިގްނޯ ސިސްޓަމަށް ކުރެވޭ އިތުބާރަކީ ބަލިމީހަގެ ބޭސްފަރުވާ އަށް ކުރެވޭ އެންމެ މުހިންމު އިތުބާރު. ޑައިގްނޯ ސިސްޓަމް އަށް އިތުބާރު ނުކުރެވޭ ކަމަށް ވަންޏާ އެ ލިޔެވޭ ޕްރިސްކްރިޕްޝަނަކަށް އެއްވެސް ޕޭޝާންޓެއްގެ އިތުބާރެއް ނޯންނާނެ. ނަތީޖާއަކަށް ވަނީ ޑައިގްނޯސް ސިސްޓަމް ހަރުދަނާ ނުކޮށް ހެލްތު ނިޒާމުގެ ވާހަކަ ނުދެއްކޭނެކަން.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ނާޒިމް ވިދާޅުވި ގޮތުގައި އެ މަސައްކަތް މި ސަރުކާރުން ފެށިއިރު، ލެބޯޓްރީގެ ޚިދުމަތް ނުލިބޭ 76 ރަށެއް އޮތެވެ. މި ގޮތުން، ޕޮއިންޓް އޮފް ކެއާގެ އުސޫލުން އާންމު ޓެސްޓުތައް އެ ރަށްތަކުގައި ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރަށް، ސަރުކާރުގެ ދެވަނަ އަމާޒަކަށްވީ ހުރިހާ ލެބޯޓްރީތައް ގާއިމުކުރުމުގެ މަސައްކަތް ފެށުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަބްދުﷲ ނާޒިމް އިބްރާހިމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލެބޯޓްރީ ތަރުޖަމާނާ އެކު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

24 ޖެނުއަރީ 2026
ވެލިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތައް ގެނައި މީހުންނެއް ވެސް ތަކެއްޗެއް ވެސް މިހާރަކު ނެތް

ވެލިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތައް ގެނައި މީހުންނެއް ވެސް ތަކެއްޗެއް ވެސް މިހާރަކު ނެތް

20 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

19 ޖެނުއަރީ 2026
8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

19 ޖެނުއަރީ 2026
ވީކްއެންޑް ނުނިމޭތީ އަދިވެސް ބޯހިޔާވަހިކަމުގެ ސިޔާސަތު ގެ މައުލޫމާތު ސަރުކާރަށް ދެވޭ ވަރެއް ނުވޭ! ބުނަނީ 30 މިނިޓު ކޯލްގައި މަޑުކޮށްލަން!

ވީކްއެންޑް ނުނިމޭތީ އަދިވެސް ބޯހިޔާވަހިކަމުގެ ސިޔާސަތު ގެ މައުލޫމާތު ސަރުކާރަށް ދެވޭ ވަރެއް ނުވޭ! ބުނަނީ 30 މިނިޓު ކޯލްގައި މަޑުކޮށްލަން!

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު