Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައިނަލްއަޤްވާމީ ތައުލީމީ ދުވަސް

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި: ރައީސް

ރައީސް ވިދާޅުވީ ތަރައްގީގެ އެންމެ މުހިންމު ބަހާއަކީ ތައުލީމު ކަމަށާއި ތައުލީމީ ފުރުސަތުތައް ފުޅާކުރުމަކީ ތަނަވަސް އަދި ހަމަހަމަކަން ގާއިމުވެފައިވާ ގައުމެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް. ފާހަގަކޮށްލެވޭ ގޮތުގައި "ތަރުޖަމާނާ އެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފަވަނީ، ބޭރުގައި ކިޔަވާ ރާއްޖޭގެ ދަރިވަރުންނަށް ގަވައިދުން ފައިސާ ނުލިބޭތީ އެ ޝަކުވާ ކުރާ ކަމަށް.

އަލީ ޝާހީން
އަލީ ޝާހީން | 24 ޖެނުއަރީ 2026 | ހޮނިހިރު 08:32
ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން (ފައިލް ފޮޓޯ)

ޤައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަނެއްގެ ތެރެއިން (ފައިލް ފޮޓޯ) | ރައީސް އޮފީސް

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަތީ ތައުލީމް ފޯރުކޮށްދިނުމަށް ކޯސްތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަ ކުރެވުނުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތައުލީމީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުގައި ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އެއް ބަހާއަކީ ތަޢުލީމު ކަމަށާއި، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގެ ދަށުން އެކަނިވެސް 6،000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނި ވެފައިވާކަމަށެވެ. އަދި އެ ދަރުވަރުންގެ ޑިގްރީ ޕްރޮގްރާމްތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނެވި ތަރައްގީ އާއި ދުނިޔޭގެ ތަރައްގީގެ ބިންގަލަކީ ތައުލީމު ކަމަށެވެ. އޭގެ ތެރެއިން، ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު ކަމަކަށް ތައުލީމް އިސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތަޢުލީމީ ނިޒާމު ބައްޓަން ކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެކުދިން ބާރުވެރިކުރުވުމަށާއި، އެންމެހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ލިބޭ، މުޖުތަމަޢާ ގުޅޭ، އަދި ހެޔޮ ބަދަލުތަކެއް ގެނެސްދޭފަދަ ތަޢުލީމީ ނިޒާމެއް ކަށަވަރުކުރަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ވިދާޅުވީ، ދަރިވަރުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމައެކަނި ފަރުދުންގެ މުސްތަޤްބަލު ބައްޓަންކުރުމެއް ނޫން ކަމަށާއި، އެއީ ތަނަވަސް، ހަމަހަމަކަން ޤާއިމުވެފައިވާ، އަދި ދަތި ހާލަތްތަކުން އަރައިގަތުމުގެ ޤާބިލުކަން ލިބިގެންވާ ޤައުމެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ތަރުޖަމާނާ އެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ،  ބޭރުގައި ކިޔަވާ ރާއްޖޭގެ ދަރިވަރުންނަށް ގަވައިދުން ފައިސާ ނުލިބޭތީ އެ ޝަކުވާ ކުރާ ކަމަށެވެ. އަދި ފައިސާ ދޫކުރަން ހަމަޖެހިފައިވާ މުއްދަތަށް ވުރެ ދެ މަސް ކުރިން އެ މަސައްކަތް ފެއްޓެވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އަށް ހަފުތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ވާ ކަމަށް ހައިދަރު ވަނީ އެއްބަސްވެފަ އެވެ. އެކަން އެހެންވީ ބައެއް މައްސަލަތައް ދިމާވެގެން ކަމަށް ހައިދަރު ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުބައިނަލްއަޤްވާމީ ތައުލީމީ ދުވަސްހިލޭ ފުރަތަމަ ޑިގްރީޢަލީ ޙައިދަރުހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ތަރުޖަމާނާ އެކު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް

24 ޖެނުއަރީ 2026
2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމު ކުރެވޭނެ: މިނިސްޓަރު އަބްދުﷲ ނާޒިމް
24 ޖެނުއަރީ 2026

ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް

24 ޖެނުއަރީ 2026
ފުށިދިއްގަރުފަޅު ވެސް ހިއްކަނީ ވައްކަން ކުރަން، 200 މިލިއަން ޑޮލަރު ކާލަން ކުރާ ކަމެއް: މެންބަރު މައުރޫފް
20 ޖެނުއަރީ 2026

ކުރިން ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެއް ލިބިފަ ނުވާކަމަށް، މިހާރު ވިދާޅުވަނީ ފައިސާ ނުލިބެނީ ދަރިވަރުންގެ ސަބަބުން ކަމަށް

20 ޖެނުއަރީ 2026
ކުރިން ވިދާޅުވީ ދަރިވަރުންނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެއް ލިބިފަ ނުވާކަމަށް، މިހާރު ވިދާޅުވަނީ ފައިސާ ނުލިބެނީ ދަރިވަރުންގެ ސަބަބުން ކަމަށް
20 ޖެނުއަރީ 2026

ވެލިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތައް ގެނައި މީހުންނެއް ވެސް ތަކެއްޗެއް ވެސް މިހާރަކު ނެތް

20 ޖެނުއަރީ 2026
ވެލިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތައް ގެނައި މީހުންނެއް ވެސް ތަކެއްޗެއް ވެސް މިހާރަކު ނެތް
19 ޖެނުއަރީ 2026

ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

19 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު