Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަހީދު އަލީ ސްކޫލް

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

ހުޅުމާލޭގައި އަލަށް ހުޅުވި ޝަހީދު އަލީ ސްކޫލަށް 2100 ކުދިން އެންރޯލް ވެފައިވާއިރު، އޭގެ 77 އިންސައްތަ ދަރިވަރުންނަކީ އަތޮޅު ތެރޭގެ ރަށްތަކަށް ނިސްބަތްވާ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި. މިނިސްޓަރު ވިދާޅުވީ މި ސްކޫލަކީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށްތައް ޝާމިލު ކުރާ ސްކޫލެއްގެ ގޮތުގައި އޮންނާނެ ކަމަށް.

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 06:42
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ތަޢުލީމާ ބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ތަޢުލީމާ ބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ. | ރައީސް އޮފީސް

ހުޅުމާލޭ ގައި އަލަށް ހުޅުވި ޝަހީދު އަލީ ސްކޫލް ގެ ދަރިވަރުންގެ 77 އިން ސައްތަ އަކީ ރާއްޖޭގެ އަތޮޅުތައް ތަމްސީލު ކުރާ ދަރިވަރުންކަން ފަޚުރުވެރިކަމާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލު ޝަފީއު ފާހަގަ ކުރައްވައިފި އެވެ.

ތައުލީމީ އައު އަހަރު ފެށުނު ދުވަހު އެ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަރަށް ހިނުތުންވެ ހުންނަވާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ސްކޫލަށް މިހާރުވެސް 2000ށް ވުރެ ގިނަ ކުދިން އެންރޯލް ވެއްޖެ ކަމަށާއި އޭގެ ތެެރެއިން 77 އިން ސައްތަ ދަރިވަރުންނަކީ އަތޮޅު ތެރޭގެ ރަށްތަކަށް ނިސްބަތްވާ ދަރިވަރުން ކަމަށެވެ.

"އިއްޔެ ނިމިގެން ދިޔަ އިރުގައި، 2100 އާ ކައިރިވެއްޖެ، އެ 2100 ދަރިވަރުންގެ ތެރެއިން، 77 އިން ސައްތަ ދަރިވަރުންނަކީ، އަތޮޅު ތެރޭގެ ރަށްތަކަށް ނިސްބަތްވާ ދަރިވަރުން، އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާލޭގައި މި ސްކޫލް ގާއިމުވެފައި އޮތަސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ސްކޫލް ގާއިވެފައި ހުރި ކަމުގައި ވިޔަސް، މި ސްކޫލަކީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށްތައް ޝާމިލު ކުރާ ސްކޫލެއްގެ ގޮތުގައޭ  އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަންވާނެ ކަމަށް ގާނޫނު އަސާސީ ގައި ކަނޑައެޅިފައިވިޔަސް، ސަރުކާރުން ގެންދަނީ މާލެ އަށް ރާއްޖޭގެ އާބާދީ ތޮއްޖެއްސުމަށް އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންކަން ފާހަގަ ކުރެވެއެވެ. ރާއްޖޭގެ ރަށްތަކުން މާލެ އަށް ދަރިވަރުންނާ އެކު އާއިލާތައް ހިޖުރަ ކުރަމުން ދަނީ ދިރިއުޅޭ ރަށްރަށުގައި ހުރިހާ ގްރޭޑް ތަކެއް ނެތުމާއި، ރަނގަޅު ޓީޗަރުން ނެތުމާއި، ވަސީލަތްތައް މަދުވުމުން ކަމަށް ބެލެނިވެރިން ބުނެ އެވެ. ބައެއް ރަށްރަށުގައި އެންމެ އަސާސީ ތައުލީމުގެ ހަރުފަތް ކަމުގައިވާ ޕްރީ ސްކޫލުގެ ޚިދުމަތް ވެސް ދެވެމުން ނުދާކަން ފާހަގަ ކުރެވެ އެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޝަހީދު އަލީ ސްކޫލު ހުޅުވި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އިރު ރަށްރަށުގައި އެތައް އަހަރެއްވެ ދިގުލައިގެން ގޮސްފައިވާ މަސައްކަތްތައް ނުނިމި ހުރިކަން ވެސް ރަށްރަށުގެ ކައުންސިލުތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މިނިސްޓަރު އިތުރަަށް ފާހަގަ ކުރެއްވި ގޮތުގައި އަތޮޅު ތެރޭގެ 77 އިންސައްތަ ނިސްބަތްވާ ދަރިވަރުންގެ އަދަދަކީ އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. 

އަލަށް ހުޅުވި މި ސްކޫލު އަކީ އޭސީ ކުރެވިފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ޒަމާނީ އެކި ވަސީލަތްތަކުން ފުރިހަމަވެފައިވާ ތަނެކެވެ. މި ސްކޫލާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތައުލީމީ ފުރުސަތުތައް ވަރަށް ބޮޑަށް ފުޅާވެ، ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ޝަހީދު ޢަލީ ސްކޫލްއިސްމާއީލް ޝަފީއުލާމަރުކަޒުކުރުންތައުލީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

 ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

27 ޖެނުއަރީ 2026
ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް

ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް

23 ޖެނުއަރީ 2026
"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

22 ޖެނުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

22 ޖެނުއަރީ 2026
ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު