Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއެލާގެ ރައީސް ޑެލްސީ، އެމެރިކާ އަށް ވަޑައިގަންނަވަނީ

ބުދަ ދުވަހު ޑެލްސީ ވިދާޅުވެފައި ވަނީ، އެއްވެސް ބިރެއް އަދި ޖެހިލުމެއް ނެތި އޭނާ ގެންދަވަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރައްވަމުން ކަމަށް. ތަފާތު ގިނަ ދަތި ކަންތައްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މަސައްކަތް ކުރަނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ކަމަށް ވެސް ޑެލްސީ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 08:28
ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް

ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް | ގެޓީ އިމޭޖަސް

ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް، ވަރަށް އަވަހަށް އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓު ކޮށްފި އެވެ. 

މީޑިއާ ތަކުގައި މިގޮތަށް ރިޕޯޓު ކޮށްފައި ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ އެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއެލާއާ އެކު ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ވެސް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. 

މިއީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުޒަކަށް ވަޑައިގެންނެވުން ފިޔަވައި، ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަސްގެ ތެރޭގައި ވެނެޒުއެލާގެ ރައީސް އަކު އެމެރިކާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ވެނެޒުއެލާގެ ވަގުތީ ރައީސް ކަމުގެ ހުވާ ޑެލްސީ ކުރެއްވީ، އެމެެރިކާ އިން ހިންގި އޮޕަރޭޝަނެއްގައި އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްްޔަރު ކުރުމާ އެކު އެވެ. 

ބުދަ ދުވަހު ޑެލްސީ ވިދާޅުވެފައި ވަނީ، އެއްވެސް ބިރެއް އަދި ޖެހިލުމެއް ނެތި އޭނާ ގެންދަވަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރައްވަމުން ކަމަށެވެ. ތަފާތު ގިނަ ދަތި ކަންތައްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މަސައްކަތް ކުރަނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ކަމަށް ވެސް ޑެލްސީ ވިދާޅުވި އެވެ. 

ބައިނަލްއަޤުވާމީ މަސްރަހު ދިރާސާ ކުރަމުން އަންނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ކަމުގެ ސަބަބުން ދޭހަކޮށްދެނީ އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު ގޮތް ގުޅުމަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް އައިސްފައިވާ ކަމެވެ. އެގޮތުން މިއީ، އެމެރިކާ އިން ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކުރި ފަހުން އައިސްފައިވާ ބަދަލެއް ކަމަށް ވެސް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

ޑެލްސީ އަކީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ނައިބު ރައީސް އެވެ. މަދޫރޯގެ ސަރުކާރާ އެމެރިކާ އިން އަބަދު ވެސް ދެކޮޅު ހަދަމުންް އައިސްފައިވާއިރު، ޑެލްސީ އަކީ އެ ސަރުކާރުގެ ނައިބު ރައީސް އެވެ. އަދި މަދޫރޯއާ އެންމެ އަރިސް، އަދި ވެނެޒުއެލާގައި ސިޔާސީ ގޮތުން ވެސް ނުފޫޒު ގަދަ ބޭފުޅެކެވެ. 

ބުދަ ދުވަހު ޑެލްސީ ވަނީ، ވެނެޒުއެލާގެ ސިފައިންގެ ލީޑާޝިޕް އަށް އިސްލާހީ ބަދަލު ތަކެއް ގެންނަވައިފަ އެވެ. އަދި ސަރަހައްދީ ކޮމާންޑު ތަަކަށް ވަނީ 12 އޮފިސަރަކު އައްޔަން ކުރައްވައިފަ އެވެ. 

ދާދި އަވަހަށް ޑެލްސީ އެމެރިކާ އަށް ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފައި ވީ ނަމަވެސް، ސީދާ ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް ވައިޓް ހައުސްގެ މަސްދަރުން ވަނީ ބުނެފަ އެވެ. 

މަސްދަރު: އޭއެފްޕީ

ޑެލްސީ ރޮޑްރިގޭޒްވެނެޒުއޭލާއެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްނިކޮލަސް މަދޫރޯއެމެރިކާ-ވެނެޒުއެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

22 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ

ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ

22 ޖެނުއަރީ 2026
ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

22 ޖެނުއަރީ 2026
ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

21 ޖެނުއަރީ 2026
މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު