Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
އެމެރިކާ-ޑަބްލިޔުއެޗްއޯ

ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ

އެމެރިކާ ވަކިވުމާ ގުޅިގެން ޑަބްލިޔުއެޗްއޯ އަށް ވަނީ ބަޖެޓުގެ ބޮޑު ތާށިކަމެއް ކުރިމަތިވެފައި. މީގެ ސަބަބުން މެނޭޖްމަންޓް ޓީމުގެ ދެބައިކުޅަ އެއްބައި މަދުކޮށް، ގިނަ މަސައްކަތްތަކެއް ވަނީ މަޑުޖައްސާލަން ޖެހިފައި.

ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 07:52
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ މައި މަރުކަޒަށް ވަންނަން ހުންނަ މައި ދޮރާށި.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ މައި މަރުކަޒަށް ވަންނަން ހުންނަ މައި ދޮރާށި. | ގެޓީ އިމޭޖަސް

ބުރާސްފަތި ދުވަހު އެމެރިކާ ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަކިވާނެ އެވެ.

މިއީ އެ ޖަމްއިއްޔާ އަށް ދައްކަންޖެހިފައި އޮތް 260 މިލިއަން ޑޮލަރުގެ ފީ ދެއްކުމަށް އެމެރިކާގެ ގާނޫނުން ލާޒިމުކުރާ މާއްދާތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް 2025 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ވަނީ އެމެރިކާ އެ ޖަމްއިއްޔާ އިން ވަކިވާނެކަމުގެ ނޯޓިސް ދެއްވާފަ އެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުން، ޖަމްއިއްޔާ އިން ވަކިވުމުގެ އެއް އަހަރު ކުރިން އެކަން އަންގަންޖެހޭނެ އެވެ. އަދި ވަކިވުމުގެ ކުރިން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރަން ޖެހެ އެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ ސިއްހީ މާހިރުންނާއި، އެ ޖަމްއިއްޔާގެ ޑައިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދަނޮމް ގެބްރެޔޭސަސް ވަނީ މި ނިންމުން އަލުން މުރާޖައާ ކުރުމަށް އެމެރިކާ އަށް އިލްތިމާސް ކުރައްވާފަ އެވެ. ޓެޑްރޯސް ވިދާޅުވި ގޮތުގައި، ޑަބްލިޔުއެޗްއޯ އިން އެމެރިކާ ވަކިވުމަކީ އެމެރިކާއަށާއި މުޅި ދުނިޔެއަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ.

އަވަސް މުސްތަގުބަލެއްގައި އެނބުރި އައުމުގެ ފުރުސަތު ކުޑަ

ޑަބްލިޔުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުގައި 2024 އަދި 2025 ވަނަ އަހަރަށް އެމެރިކާ އިން ދައްކަންޖެހޭ ފީތައް އަދި ދައްކާފައެއް ނުވެ އެވެ. މި މައްސަލަ އާ މެދު އަންނަ ފެބުރުއަރީ މަހު ބާއްވާ އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާކުރާނެ ކަމަށް ތަރުޖަމާނަކު ވިދާޅުވި އެވެ. ނަމަވެސް، ފައިސާ ނުދައްކާ ވަކިވެވޭނެތޯ ނުވަތަ މިކަމުގެ ސަބަބުން ދުނިޔޭގެ ސިއްހީ އެއްބާރުލުމަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ޖޯޖްޓައުން ޔުނިވަރސިޓީގެ އޯނީލް އިންސްޓިޓިއުޓް ފޯ ގްލޯބަލް ހެލްތު ލޯ ގެ ޑައިރެކްޓަރ ލޯރެންސް ގޮސްޓިން ވިދާޅުވި ގޮތުގައި، މިއީ އެމެރިކާގެ ގާނޫނާ ސާފުކޮށް ޚިލާފު ކަމެކެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މިކަމުގައި ދޫ ނުދީ ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ދުނިޔޭގެ ސިއްހީ މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއް ދޭ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ މުއައްސިސް ބިލް ގޭޓްސް ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އެމެރިކާ އަލުން ޑަބްލިޔުއެޗްއޯ އާ ގުޅޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންނަމަވެސް، ދުނިޔެ އަށް މި ޖަމްއިއްޔާގެ ބޭނުންތެރިކަން އިންތިހާ އަށް އޮތުމާއެކު، އެމެރިކާ އަލުން ގުޅުމަށް ބާރުއަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކިވުމުގެ ސަބަބުން ނިކުންނާނެ ނަތީޖާ

އެމެރިކާ ވަކިވުމާ ގުޅިގެން ޑަބްލިޔުއެޗްއޯ އަށް ވަނީ ބަޖެޓުގެ ބޮޑު ތާށިކަމެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން މެނޭޖްމަންޓް ޓީމުގެ ދެބައިކުޅަ އެއްބައި މަދުކޮށް، ގިނަ މަސައްކަތްތަކެއް ވަނީ މަޑުޖައްސާލަން ޖެހިފައެވެ. އެމެރިކާ އަކީ މިހާތަނަށް ޑަބްލިޔުއެޗްއޯ އަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމެވެ. އެއީ އެ ޖަމްއިއްޔާގެ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 18% އެވެ. މި ބަދަލާއެކު މި އަހަރުގެ މެދުތެރޭގައި މުވައްޒަފުންގެ ހަތަރުބައިކުޅަ އެއްބައި ވަކިކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، މިއީ އެމެރިކާއަށާއި މުޅި ދުނިޔެއަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ. އެމެރިކާ ވަކިވުމުގެ ސަބަބުން، ދުނިޔެއަށް ކުރިމަތިވާ ސިއްހީ ނުރައްކާތައް ދެނެގަތުމަށާއި، އެކަންކަމުން ރައްކާތެރިވުމަށް ގާއިމުކޮށްފައިވާ ނިޒާމުތައް ބަލިކަށިވެގެންދާނެ ކަމަށް ބްލޫމްބާގް ފިލަންތުރޮޕީސްގެ މާހިރު ކެލީ ހެނިންގް ފާހަގަކުރެއްވިއެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާދުނިޔޭގެ ސިއްހަތު ޖަމިއްޔާރައީސް ޑޮނަލްޑް ޓްރަމްޕްޓެޑްރޯސް އަދަނޮމްބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

22 ޖެނުއަރީ 2026
ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

22 ޖެނުއަރީ 2026
ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

21 ޖެނުއަރީ 2026
މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

21 ޖެނުއަރީ 2026
ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު