Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ-އެމެރިކާ ގުޅުން

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

ސީރިއާގެ ރިޔާސީ އޮފީހުން ބުނެފައިވާ ގޮތުގައި އަލް ޝަރާ އާއި ޓްރަމްޕް ވަނީ ސީރިއާގެ ސަރަހައްދީ ހިމާޔަތާއި، މިނިވަންކަން ރައްކާތެރި ކުރުމުގެ މުހިންމު ކަމަށް ވެސް ބާރު އަޅުއްވާފައި. އަދި ސީރިއާގައި ސުލްހަ އާއި އަމާންކަން ޤާއިމު ކުރުމަށް ކުރާ ހުރިހާ މަސައްކަތަކަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2026 | އަންގާރަ 06:45
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ސީރިއާގެ ރައީސް އަލް ޝަރާ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ސީރިއާގެ ރައީސް އަލް ޝަރާ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމުގެ ތެރެއިން | ރޮއިޓަސް

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ އާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރައްވައިފި އެވެ.

ހޯމަ ދުވަހު އަލް ޝަރާ އާއި ޓްރަމްޕް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައިގެންނެވެ. އެކަން ހާމަ ކޮށްފައި ވަނީ ސީރިއާގެ ރިޔާސީ އޮފީހުންނެވެ. 

ސީރިއާގެ ރިޔާސީ އޮފީހުން ބުނީ އަލް ޝަރާ އާއި ޓްރަމްޕް، ބާރުވެރި އަދި އެކުވެރި ސީރިއާ އެއް ބިނާ ކުރުމަށް އެދިވަޑައިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ސީރިއާ އަށް ލިބިގެންދާނެ ކަމަށް ދެ ރައީސުން ވެސް އުންމީދު ކުރައްވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ސީރިއާގެ ދައުލަތުގެ ތެރޭގައި ކުރުދީޝް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމާާ ގުޅޭ ގޮތުން ވެސް ދެ ރައީސުން ވާހަކަ ދައްކަވާފައިވާ ކަމަށާއި، އައިސިސް ޖަމާއަތާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެއްބާރުލުން ދިނުމުގައި ދެމި ތިބުމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ވެސް ސީރިއާގެ ރިޔާސީ އޮފީހުން ބުނެފައިވެ އެވެ. 

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި ވަނީ، ސީރިއާގެ ސަރުކާރާއި ކުރުދީންގެ ލީޑަރުންގެ ބެލުމުގެ ދަށުން ހިންގާ ސީރިއާ ޑިމޮކްރެޓިކް ފޯސަސް އެކުވެރި ކުރުމުގެ މުހިންމު އެއްބަސްވުމަކަށް އައި ފަހުންނެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމަށް ފަހު ވެސް ދެ ފަރާތުގެ ދެމެދުގައި އަދިވެސް ނުތަނަވަސްކަން އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ސީރިއާގެ ރިޔާސީ އޮފީހުން ބުނެފައިވާ ގޮތުގައި އަލް ޝަރާ އާއި ޓްރަމްޕް ވަނީ ސީރިއާގެ ސަރަހައްދީ ހިމާޔަތާއި، މިނިވަންކަން ރައްކާތެރި ކުރުމުގެ މުހިންމު ކަމަށް ވެސް ބާރު އަޅުއްވައިފަ އެވެ. އަދި ސީރިއާގައި ސުލްހަ އާއި އަމާންކަން ޤާއިމު ކުރުމަށް ކުރާ ހުރިހާ މަސައްކަތަކަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ. 

ސީރިއާގެ ވެރިކަމާ އަލް ޝަރާ ހަވާލުވެ ވަޑައިގެންނެވި ފަހުން، އެމެރިކާ އިން އަންނަނީ އެ ޤައުމާ އެކު ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. ސީރިއާގެ ރިޔާސީ އޮފީހުން ބުނީ އެ މަޝްވަރާގައި، ސީރިއާ އަށް ފުރިހަމަ ފުރުސަތު ތަކެއް ދިނުމުގެ މުހިންމު ކަމަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. އަދި ރަނގަޅު މުސްތަޤުބަލަކާ ދިމާލަށް ސީރިއާ ދިޔުމަށް އެހީތެރިވުމުގެ މުހިންމު ކަމަށް ދެ ރައީސުން ވެސް ބާރު އަޅުއްވާފައިވާ ކަމަށް ބުނެފައިވެ އެވެ. 

މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި ޓްރަމްޕް އާއި އަލް ޝަރާގެ މި ފޯނު ކޯލަކީ މުހިންމު މަޝްވަރާ އަކަށް ވާނެ އެވެ. ޚާއްސަކޮށް ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން ރަނގަޅު ކުރުމާ އެކު، އެކުގައި މަސައްކަތް ކުރުމުގެ ބާރަކަށް ވާނެ ކަމަށް މާހިރުން ދެކެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އަހުމަދު އަލް-ޝަރާރައީސް ޑޮނަލްޑް ޓްރަމްޕްސީރިއާއެމެރިކާސީރިއަން ޑިމޮކްރެޓިކް ފޯސަސްއައިސިސްސީރިއާ-އެމެރިކާ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026
ޖަރުމަނަށް ކުރައްވަން އޮތް ދަތުރުފުޅު އަލް ޝަރާ ކެންސަލް ކުރައްވައިފި

ޖަރުމަނަށް ކުރައްވަން އޮތް ދަތުރުފުޅު އަލް ޝަރާ ކެންސަލް ކުރައްވައިފި

19 ޖެނުއަރީ 2026
ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު